މިއަދު އޮތް ބައްދަލްވުމުގައި ތަރުޖަމާން މައުލޫމާތު ދެއްވަނީ --
ހަބަރު
14 May 2026 | 17:41
ވަކި ފަންނަކަށް ނިސްބަތްވީތީ ފިޔަވަޅު އެޅުމުން އިސްތިސްނާނުވާނެ: ތަރުޖަމާން

ވަކި ފަންނަކަށް ނިސްބަތްވިޔަތީ، ޤާނޫނާ ޚިލާފުވެގެން އަޅާ ފިޔަވަޅުތަކުން ވަކި ބަޔަކު އިސްތިސްނާކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ''ޕްރެސާ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ ނޫސްވެރިންގެ ބައްދަލުވުމުގައި، 10 މޭ ގައި ކްރިމިނަލް ކޯޓުން ނެރުއްވި، ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލުނުކުރުމަށް އަންގައި ކުރާ އަމުރާ ގުޅިގެން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ތަރުޖަމާން ވަނީ ގާނޫނަކާ ޚިލާފު ނުވާހާ ހިނދަކު، އެއްވެސް މުއައްސަސާއަކުން، އެއްވެސް ފަރާތަކާ ދެކޮޅަށް ފިޔަވަޅެއް ނާޅުއްވާނެކަމުގެ ޔަޤީންކަން، ދެއްވާފަ އެވެ.

އެހެންނަމަވެސް، ހުރިހާ ފަންނެއްގެ ބޭފުޅުންނަށް ވެސް، އެބޭފުޅެއްގެ ފަންނުގެ ތެރެއިން ލިބިވަޑައިގަންނަވާ ޙައްޤުތަކާއި، އިޚުތިޔާރުތަކާއި، ބާރުތަކާއި، ޒިންމާތައް ހުންނާނޭކަން ހަނދުމަފުޅުކޮށްދެއްވި އެވެ. އަދި، ސަރުކާރުގެ ވެސް، ރައީސުލްޖުމްހޫރިއްޔާގެ ވެސް ރައުޔަކީ، ކޯޓުން ނެރޭ އަމުރުތަކަށް އިޙުތާރުމުކުރެއްވުން ކަމުގައި މުންދު ވިދާޅުވިއެވެ.

ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްކަން ފާހަގަކުރައްވައި، އަދުލުއިންސާފުގެ ނިޒާމު ކުޑައިމީސްވާނޭ ގޮތަށް، ނުވަތަ އެ ބޭފުޅުންގެ ބާރު ކެނޑޭނޭ ގޮތަށް، ނުވަތަ އެ ބޭފުޅުންނަށް އޮންނަ ޤާނޫނީ ބާރުތައް ހަނިވާގޮތަށް، މި ސަރުކާރުން ޢަމަލު ނުކުރައްވާނޭކަމުގެ ޔަޤީންކަން ވެސް ތަރުޖަމާން ދެއްވި އެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ޕްރެސް ކޮންފަރަންސްތަކުގައި، އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށްދާކަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަށަވަރު ކުރެއްވިކަމުގައިވިޔަސް، ކޯޓު އަމުރާ ގުޅޭ ކަންކަން ތަންފީޒުކުރައްވާނީ، ކަމާ ގުޅުންހުރި ތަންފީޒީ އިދާރާތަކުންކަމުގައި މުންދު ވިދާޅުވި އެވެ. އަދި 10 މޭ ގައި ކްރިމިނަލް ކޯޓުން ނެރުއްވި ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލުނުކުރުމަށް އަންގައި ކުރާ ޢަމުރާ ގުޅިގެން އޮޅުން އަރާ ފަދަ ކަމެއް އޮތްނަމަ، އެކަން ސާފުކުރަން ހުށަހަޅަން ޖެހޭ އުސޫލުގެ މަތިން ހުށަހަޅައި، އެކަން ސާފުކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ