މިރޭގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަަންނަވަނީ --
ހަބަރު
15 May 2026 | 00:51
އިދިކޮޅުގައި ތިބީ އެކަކު އަނެކެއްގެ ކަރުގައި ހިފައިގެން ތިބި ފެއިލިއަރުންތަކެއް: ރައީސް

އިދިކޮޅުގައި ތިއްބެވީ އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ އަނެކެއްގެ ކަރުގައި ހިފައިގެން ތިއްބެވި ފެއިލިއަރުންތަކެއް ކަމަށް ވިދާޅުވެ ރަައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

ރައީސް މިފަދައިން އިދިކޮޅު ލީޑަރުންނަށް ފާޑުވިދާޅުވީ މިރޭ ކޮންގްރެސް ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގަ އެވެ. މުޅި ސަރަހައްދަށް ކޮންގްރެެސް ޕާޓީގެ ސަޕޯޓަރުން އެއްވެ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޔާމީނާއި ރައީސް ނަޝީދާއި ރައީސް ސޯލިހް މަޝްވަރާ ކުރައްވަން ނިންމެވި ނިންމެވުމަށް ނުސީދާކޮށް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތް ކަަމަށެވެ. އިދިކޮޅުގެ ލީޑަރުން ކަމަށް ބުނެ ތިއްބެވީ ފުރުސަތު ލިބޭ ކޮންމެ ފަހަރަކު އަމިއްލަ މަންފާއަށް މަސައްކަތް ކުރި އަދި ކުރާނެ ބައެއް ކަމަށެވެ. އެއީ ދީނާއި ގައުމުގެ ހައްގުގައި ކަމެއް ކުރައްވާނެ ބައެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު އެންމެ ލެކްވާ އެއްޗަކީ ޒިންމާދާރު އޮޕޮޒިޝަންއެއް. މިތާކު ނެތް ޒިންމާދާރު އޮޕޮޒިޝަންއެއް. މިތާގަ އޮތީ ފުރުސަތު ލިބުނު ކޮންމެ ފަހަރަކު ތިމަންނާއަށް އެންމެ ބޮޑު ބައެއް ހޯދޭނެ ގޮތެއް، ތިމަންނަ ބޭނުންވާގޮތަށް ކަންކަންކުރެވޭނެ ގޮތެއް ބަލައިގެން މަސައްކަތްކުރި ފަރާތްތަކެއް," ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

ރައީސް އިތުރަށް ވިދާޅުވީ އިދިކޮޅު ލީޑަރުންގެ ގޮތުގައި ތިއްބެވީ ފެއިލްވެފައިވާ ފެއިލިއަރުންތަކެއް ކަމަށެވެ. އެއީ މިއަދު ގައުމޭ ކިޔައިގެން ވާހަކަ ދެއްކެވި ނަމަވެސް އެކަކު އަނެކެއްގެ ކަރުގައި ހިފައި އެކަކު އަނެކެއްގެ ބުރަކައްޓަށް ވަޅި ޖަހާފައި ތިއްބެވި ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

"ހުސް ފެއިލިއަރުން ނިކުމެ ގައުމުގެ ވާހަކަ ދެއްކީމަ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ޒުވާނުން މިކަންކަން ދޭ ވިލް ބީ ވެރީ ޑިޕްރެސް," ސަޕޯޓަރުން ވަރަށް ފޯރިނެގި މި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ކުރީ ސަރުކާރުންތަކުން ހިންގި ޚިޔާނާތްތައް ބަލަން ގޮވާލެއްވި

ރައީސް މިރޭ ވަނީ ކުރީ ދެ ސަރުކާރުން ހިންގި ޚިޔާނާތްތައް ބަލަން ވެސް ގޮވާލައްވާފަ އެވެ. އެގޮތުން ރައީސް ސޯލިހްގެ ވެރިކަމުގައި ހިނގި ވެންޓިލޭޓަރުގެ ޚިޔާނާތާއި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނަތް ބަލަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.

އަދި އެފަދަ މައްސަލަތައް ދައުލަތުގެ އިދާރާތަކުން ބަލަން ކުރާ މަސައްކަަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

މީގެ އިތުރުން ރައީސް ވަނީ އެމަނިކުފާނުގެ އަބުރު ކަތިލަން ކުރާ ކަންކަމުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. ދުއާ ކުރުމާއި ނަމާދުކުރުމުން ވާގި ހޯދާ ރައްޔިތުންގެ ހައްގުގައި ސާބިތުވެ ދެމި ހުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އުފާކުރަން. އަޅުގަނޑު އެދެނީ ގިނަގިނައިން ޑޮކިއުމަންޓަރީ ހަދައިގެން ނެރެން. އަޅުގަނޑާއި ބެހޭ ގޮތުން ތެދު ބަހުން ޑޮކިއުމަންޓްރީއެއް ހަދައިގެން އަޅުގަނޑުގެ އަބުރު ކަތިލާކަށް ނުނެރެވޭނެ ޔަގީނުން ވެސް. ހުސް ދޮގު ހަދަން ޖެހޭނީ. ހުސް ދޮގު ހަދައިގެން ގިނައިން ނެރެންވީ. އަޅުގަނޑަށް އޭގައި އޮތީ ހުސް ފައިދާ. މި ދުނިޔޭގައިވެސް އަދި އާހިރަތުގައިވެސް އަޅުގަނޑަށް ފައިދާ އޮތީ," ރައީސަށް ބޮޑެތި ތުހުމަތުތަކެއްކޮށް ޑޮކިއުމަަންޓަރީއެއް ހަދައިގެން މައްސަލަ ބޮޑުވެފައިވަނިކޮށް ރައީސް މިރޭ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ