ރައީސް މުޢިއްޒު- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
15 May 2026 | 17:03
ޑައިވިންއަށް ދިޔަ އިޓަލީ ފަތުރުވެރިންނަށް ދިމާވި ހިތާމަ ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒުގެ ތަޢުޒިޔާ

ވ. އަތޮޅުގައި އިއްޔެ ހިނގި ހިތާމަވެރި ޑައިވިން ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ އަށާއި އެ ޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމަޔާއެކު ކަމަށެވެ.

އަދި މި ހާދިސާގައި ނިޔާވި އިޓަލީގެ މީހާއާއި، އަދިވެސް ޚަބަރެއް ނުވެ ގެއްލިފައިވާ އިޓަލީގެ ހަތަރު ރައްޔިތުންގެ އާއިލާތަކަށް ރައީސް ވަނީ ހަމްދަރުދީ ފޮނުއްވައި، އެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.

ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ގެއްލިފައިވާ ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތަކީ ދިވެހި ސަރުކާރުން މިވަގުތު އެންމެ އިސްކަންދޭ ކަންތަކެވެ.

އަދި މި ހާދިސާއާ ގުޅިގެން ކުރިއަށްދާ ވަރުގަދަ ސާޗް އެންޑް ރެކަވަރީ އޮޕަރޭޝަންގައި އިޓަލީ ސަރުކާރުން ދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ރައީސް މުޢިއްޒު ވަނީ އިޓަލީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ޑައިވިންއަށް ގޮސް އުޅެނިކޮށް ފަސް މީހުން ގެއްލިފައިވާއިރު، އެތަނުން އެކެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އަދި، ބާކީ ތިބި މީހުން ކޭވްއެއްގެ ތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ފަތުރުވެރިންނަކީ "ޑޫކް އޮފް ޔޯކް" ނަމަކަށް ކިޔާ ސަފާރީއެއްގައި ދަތުރުކުރަމުންދިޔަ ބައެކެވެ.

މި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި އިޓަލީގެ ޔުނިވާސިޓީ އޮފް ޖެނޯއާގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 20 އަހަރުގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް ހިމެނެ އެވެ. މީގެ އިތުރުން މި ދަތުރުގައި ބައިވެރިވި މިއުރިއަލް އޮޑެނީނޯ، ޖިއަންލޫކާ ބެނެޑެޓީ އަދި ފެޑެރިކޯ ގުއަލްޓިއޭރީ ވެސް ވަނީ ގެއްލިފަ އެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ މެންދުރުފަހު 13:45 ހާއިރުއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ދަނީ ކުރަމުންނެވެ. މި އޮޕަރޭޝަނުގައި ސަފާރީއަކާއި، ވ. އަތޮޅު ޕޮލިސް ސްޓޭޝަންގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަން ލިބެމުންދާ ކަމަށް ސިފައިން މައުލޫމާތު ދެއެވެ.

ގެއްލުނު ފަސް މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވަނީ އިއްޔެ އިރުއޮއްސި 18:13 ހާއިރު، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށެވެ. ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން ފެނުނު އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ.

ސިފައިން ލަފާކުރާ ގޮތުގައި ބާކީ ތިބި ހަތަރު ޑައިވަރުން ތިބީ ގާތްގަނޑަކަށް 200 ފޫޓު ދިގު މި ކޭވްގެ ތެރޭގައެވެ.

މިއީ ވަރަށް ނުރައްކާތެރި "ހައި ރިސްކް" އޮޕަރޭޝަނަކަށް ވުމުން، ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ. އަދި މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ޣާޒީ" އެ ސަރަޙައްދުގައި ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.