ސިފައިންގެ އޮޕަރޭޝަން ރައީސް ބައްލަވާލެއްވުން
ހަބަރު
15 May 2026 | 18:48
ޑައިވަރުންތަކެއް ގެއްލުން: ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަން ރައީސް ބައްލަވާލައްވައިފި

ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު، އިޓަލީ ވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުންގެ ތެރެއިން އެކަކު މަރުވެ، އިތުރު ހަތަރު ޑައިވަރުން ގެއްލުމާއި ގުޅިގެން އެ މީހުން ހޯދުމަށް ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފި އެވެ.

ޑައިވިންއަށް ގޮސް އުޅެނިކޮށް ފަސް މީހުން ގެއްލިފައިވާއިރު، އެތަނުން އެކެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އަދި، ބާކީ ތިބި މީހުން ކޭވްއެއްގެ ތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ފަތުރުވެރިންނަކީ "ޑޫކް އޮފް ޔޯކް" ނަމަކަށް ކިޔާ ސަފާރީއެއްގައި ދަތުރުކުރަމުންދިޔަ ބައެކެވެ.

އެ މީހުން ހޯދުމަށް ސިފައިން ކުރިއަށް ގެންދާ އޮޕަރޭޝަންގެ މައުލޫމާތު ހޯއްދަވާ އެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސް ވަނީ އެ ސަރަހައްދަށް ވަޑައިގެންފަ އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހާރިޖީ ވަޒީރު އިރުދިޝާމް އާދަމް، ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން، ދާހިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙުސާންގެ އިތުރުން ސަލާމަތީ ބާރުތަކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ހާދިސާއާ ގުޅިގެން ރައީސް ވަނީ އިޓަލީގެ ރައީސް ސަރޖިއޯ މަޓަރެއްލާއަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފަ އެވެ.

އެކްސްގައި ހިއްސާކުރެއްވި ތައުޒިޔާގެ އެމަނިކުފާނު ވަނީ، މި ހާދިސާއާ ގުޅިގެން ފުން ހިތާމައެއް ލިބިވަޑައިގެންފައިވާ ކަމަށާ، ނިޔާވި މީހާއާއި ގެއްލިގެން ހޯދަމުންދާ މީހުންގެ ޢާއިލާތަކާއި ހެޔޮ އެދޭ ފަރާތްތަކަށް، ހެޔޮ ދުޢާކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

އަދި ގެއްލިފައިވާ ހަތަރު މީހުން ހޯދުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ. އަދި މިކަމަށްޓަކައި ކުރިއަށްގެންދާ ރިކަވަރީ އޮޕަރޭޝަންގައި އިޓަލީވިލާތުގެ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

ފުރަތަަމަ ޑައިވްކޮށްފި، ނިޝާނެއް ނުފެނުނު

ސިފައިން ލަފާކުރާ ގޮތުގައި ބާކީ ތިބި ހަތަރު ޑައިވަރުން ތިބީ ގާތްގަނޑަކަށް 200 ފޫޓު ދިގު މި ކޭވްގެ ތެރޭގައެވެ.

މިއީ ވަރަށް ނުރައްކާތެރި "ހައި ރިސްކް" އޮޕަރޭޝަނަކަށް ވުމުން، ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު އެ ސަރަހައްދަށް ގެންގޮސް ސިފައިން ވަނީ ފުރަތަމަ ޑައިވް ކޮށްފަ އެވެ. ސިފައިން ބުނީ ފުރަތަމަ ޑައިވުން ގެއްލުނު މީހުންގެ ނިޝާނެއް ނުފެނުނު ކަމަަށެވެ.

އަދި ދެވަނަ ޑައިވަށް ތައްޔާރު ވަމުންދާ ކަމަށެވެ.

މި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި އިޓަލީގެ ޔުނިވާސިޓީ އޮފް ޖެނޯއާގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 20 އަހަރުގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް ހިމެނެ އެވެ. މީގެ އިތުރުން މި ދަތުރުގައި ބައިވެރިވި މިއުރިއަލް އޮޑެނީނޯ، ޖިއަންލޫކާ ބެނެޑެޓީ އަދި ފެޑެރިކޯ ގުއަލްޓިއޭރީ ވެސް ވަނީ ގެއްލިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.