މަހްދީ --
ރިޕޯޓް
16 May 2026 | 18:28
މަހުދީގެ ވަކިވުމާއެކު މުޅި ގައުމަށް ފުން ހިތާމައެއް، ގެއްލުނީ އެންމެ މޮޅު އެއް ޑައިވަރު

‏ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވި ހަބަރާއެކު މުޅި ރާއްޖެއަށް ވަނީ ފުންހިތާމައެއް ލިބިފަ އެވެ.

މއ. ޖަންބުގަސްދޮށުގޭ އުމުރުން 43 އަހަރުގެ މަހްދީއަކީ ސިފައިން މިހާރު ހިންގާ ހައި ރިސްކު އޮޕަރޭޝަންގައި އެންމެ މުހިންމު ބައިވެރިޔާ އެވެ. އޭނާއަކީ ގައުމީ ހިދުމަތުގައި މިފަދަ ކިތަންމެ ނުރައްކާތެރި މަސައްކަތެއްގައި ބައިވެރިވެފައިވާ ހިތްވަރުގަދަ ބޭކަލެކެވެ.

އެކަން އެކުގައި މަސައްކަތް ކުރެއްވި ހުރިހާ އެންމެންވެސް ފާހަގަކުރެ އެވެ. 20 އަހަރާއި ހަތަރު މަސް ދުވަހު ސިފައިންގެ ހިދުމަތުގައި ހޭދަކޮށްފައިވާ މަހުދީއާއެކު ސިފައިންގެ ހިދުމަތާއި ގުޅިވަޑައިގެންނެވި އަދި މިއަދު ހޯމް މިނިސްްޓަރުގެ މަގާމުގައި ހުންނެވި އަލީ އިހްސާންގެ ނަޒަރުގައި މަހްދީއަކީ ދިވެހި އަސްކަރިއްޔާގައި އެންމެ މޮޅު އެއް ޑައިވަރެވެ.

މިނިސްޓަރު ވަނީ ވަރަށް ނުރަައްކާތެރި އޮޕަރޭޝަންތަކުގައި މަހްދީ އަދާކުރައްވާފައިވާ މުހިންމު ދައުރު ފާހަގަ ކުރައްވާފަ އެވެ. 

މަހުދީ ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްްޔާ ޑރ. މުހައްމަދު މުޢިއްޒުވެސް ތައުޒިޔާ ވިދާޅުވެފަ އެވެ. ރައީސްގެ ތައުޒިޔާގެ މެސެޖުގައި ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ އެމަނިކުފާނާއި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމުގައި ވިދާޅުވި އެވެ.

އަދި މިއީ ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ޚަބަރެއްކަން ފާހަގަކުރައްވާ މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށް، އެ ޢާއިލާއަށާއި އެމްއެންޑީއެފަށް ތަޢުޒިޔާ ވިދާޅުވި އެވެ.

"ޑިއުޓީގަައި މަޤާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ޙާލަތެއް މެދުވެރިވެ ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް، މަރުޙޫމް މުޙައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާށި. އާމީން," ރައީސްގެ ޕޯސްޓްގައިވެ އެވެ.

ނާއިބު ރަައީސް ކުރެއްވި ޕޯސްޓްވެސް ގައި ވަނީ މަހުދީ ނިޔާވި ޚަބަރު އެހީ ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ މަރްޙޫމް ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ކުރީގެ ރައީސް މައުމޫންް އަބްދުލްގައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މަހުދީ ނިޔާވި ޚަބަރު އެހީ ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ މަރްޙޫމް ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފަ އެވެ.

މީގެ އިތުރުން މުޅި ސޯޝަލް މީޑިއާގައި ވަނީ މަހްދީއަށް ހެޔޮ ދުއާތަކުން ހާއްސަކޮށްފައިވާ ޕޯސްޓްތަކެވެ. މަހްދީގެ ކުއްލި ވަކިވެ ދިއުމަކީ މުޅި ގައުމަށް ލިބުނު ފުން ހިތާމަ އެކެވެ.

ޖަނާޒާ މިރޭ 10:00 ގައި

މަރްޙޫމް ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިރޭ 10:00 ޖަހާއިރު އިސްލާމީ މަރުކަޒުގަ އެވެ.

އަދި އިރުއޮއްސި 7:00 އިން ފެށިގެން މަރުހޫމްގެ މޫނު ދެއްކުން އިސްލާމީ މަރުކަޒުގައި އޮންނާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.