އެމްއޭސީއެލްގެ އެމްޑީ
ހަބަރު
13 May 2026 | 21:17
ވީއައިއޭ ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތައް އެމްޑީ ހާމަކުރައްވައިފި

ރާއްޖޭގެ މައި ދޮރާށީގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައިވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ދައުރު ވަރުގަދަކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ހާމަކުރައްވައިފިއެވެ. 

ހޮޓެލް ޖެންގައި ބޭއްވި "އޭވިއޭޝަން ފޯރަމް 2026 - ކަނެކްޓިންގ މޯލްޑިވްސް"ގެޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، "ދަ ނިއު ޖާނީ އިން 3 ޕާޓްސް: ކެޕޭސިޓީ، ރެވެނިއު އެންޑް އެފިޝަންސީ" މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން، ވީއައިއޭ އިން ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އެމްއޭސީއެލްއިން ހިންގާ ވިޔަފާރީގެ އެކިއެކި ދާއިރާތަކާއި ކާގޯގެ ޚިދުމަތްތައް ހިމެނޭހެން އޮޕަރޭޝަނަލްދާއިރާތަކުން ބޮޑެތި ކުރިއެރުންތައް ލިބެމުން އަންނަކަން ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުޙައްމަދު ފާހަގަކުރެއްވިއެވެ.

މި ކުރިއެރުންތަކާއެކު ކުރިއަށް އޮތްތަނުގައި އަންނާނެ ޑިމާންޑަށް ބަލައި، ކާގޯގެޚިދުމަތް ފުޅާކުރުމަށާއި ފަސިންޖަރުންގެ ހިތްހަމަޖެހުމާއި ފަސޭހަކަމަށް ބޭނުންވާއިތުރު އުމްރާނީ މަސައްކަތްތައް ހިންގުމަށް އެމްއޭސީއެލް އިން އިތުރު ޕްލޭންތައް ހަދަމުން އަންނަކަންވެސް ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުޙައްމަދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެއަރޕޯޓްގެ ހިންގުން ހަރުދަނާކުރުމަށާއިފަސިންޖަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެމަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. މިކަންކަމުގެ ތެރޭގައިސެލްފް ސާވިސް ޗެކް-އިން، ސެލްފް ބެގޭޖް ޑްރޮޕް-އޮފް، އިމިގްރޭޝަން އީ-ގޭޓްސް،ޑިޖިޓަލް ވޭފައިންޑިންގ، ބަޔޯމެޓްރިކް ފެސިލިޓޭޝަން، ސްމާޓް ސެކިއުރިޓީސްކްރީނިންގ އަދި މޮބައިލް ބޯޑިން ސޮލިއުޝަންތަކުގެ އަދާހަމަ ހިއްސާކުރެއްވިއެވެ.

އެއަރޕޯޓަށް އާމްދަނީ ލިބޭނެ ތަފާތު އަދި ދެމެހެއްޓެނިވި މޮޑެލްއެއް ބިނާކުރުމުގެ މަޤްޞަދުގައި ލައުންޖްތަކާއި ރީޓެއިލް އަދި އެފްއެންޑްބީ ފަދަ ޚިދުމަތްތައްއިޝްތިހާރުކުރުން އަދި ޑިޖިޓަލް ޚިދުމަތްތަކުގެ ޕްލެޓްފޯމްތައް މެދުވެރިކޮށްނޮން-އެއިރޮނޯޓިކަލް އާމްދަނީ އިތުރުކުރުމަށް އެމްއޭސީއެލް އިން ކުރަމުން އަންނަ މަސައްކަތްތަކުގެ މަޢުލޫމާތުވެސް ހިއްސާ ކުރެއްވިއެވެ.

ބައިނަލްއަޤުވާމީ އޭވިއޭޝަން ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން، ދުނިޔޭގެ ކަންކޮޅުތަކާއި ރާއްޖެ ގުޅާލުމަށްޓަކައި އެކިއެކި އެއަރލައިންތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިންނާއެކު އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދު ފާހަގަކުރެއްވިއެވެ.

އުމްރާނީގޮތުންނާއި، ރޫޓް ޑިވެލޮޕްމަންޓްގެ ދާއިރާއިން ކުރިއަށް ގެންދަން އިސްކަންދޭ މަސައްކަތްތަކާއެކު، ވީއައިއޭ އަކީ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅޭ، ކުއްލިޙާލަތްތަކަށް ތައްޔާރުވެފައިވާ ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދޭއެއަރޕޯޓެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް މުޙައްމަދުގެ ވާހަކަފުޅުގައި ވަނީ އަރުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.
08 Sep 2026
ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން، ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 8 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ގާތްގަނޑަކަށް 300 އެއްހާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފިއެވެ.
08 Sep 2026
ހޫނުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިހްސާސް ކުރެވޭ ހޫނުމިން އިންތިހާއަށް މަތިވަމުންދާތީ، ހޫނުގެ ސަބަބުން ސިއްޙަތަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
08 Sep 2026
އަލިފާނުގެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތު ޔާމީނަށް އެނގިވަޑައިނުގަންނަވާ
އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން، އެމަނިކުފާނަށް އިތުރު އެއްވެސް މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
08 Sep 2026
އިންޑިއާގެ 175 އަހަރުވީ ފައްޅިއެއް ގަންގާ ކޯރުގެ ތެރެއަށް ފެތިއްޖެ
އިންޑިއާގެ ހުޅަނގު ބެންގާލްގެ މާލްދާ ޑިސްޓްރިކްޓަށް ކުރިމަތިވެފައިވާ ފެންބޮޑުވުމާއި ކޯރުގެ އައްސޭރިފަސް ގިރުމުގެ ހާދިސާތަކުގައި، ރަތުއާ ސަރަޙައްދުގައި ހުރި 175 އަހަރުވީ ޒަމާންވީ ފައްޅިއެއް އާދީއްތަ ދުވަހު ގަންގާ ކޯރުގެ ތެރެއަށް ވެއްޓި ފެތިއްޖެއެވެ.
08 Sep 2026
ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކޮށް ގަވާއިދަށް ބަދަލެއް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު ނުވަޔަކަށް އިތުރުކޮށް، އެ އޮފީހުގެ ހިންގާ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
08 Sep 2026
ރާއްޖޭގެ ޙާފިޡުންގެ ޢަދަދު 322 އަށް އަރައިފި
މި ވަގުތާ ހަމައަށް ރާއްޖޭގައި ކީރިތި ޤުރްއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ ޖުމްލަ ޢަދަދު 322 އަށް އަރައިފައިވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެ ޢަދަދު 500 އަށް އެރުވުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
08 Sep 2026
އެހެން މީހުންގެ އެޕާޓްމަންޓުތައް ކުއްޔަށް ދޭން އިޝްތިހާރުކޮށް، ފައިސާ ނަގަނީ
ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ދޭކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.