ހަބަރު
14 May 2026 | 13:13
އެމްއެންޔޫގެ 2026 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކޯސްތަކަށް ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން 2026 ވަނަ އަހަރުގެ އޮގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ ދެވަނަ ޓާމުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

އެމްއެންޔޫއިން ބުނި ގޮތުގައި، މި ކޯސްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު ކުރިއަށްދާނީ 17 މޭ 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ. ކޯސްތަކަށް އެޕްލައިކުރުމުގެ ހުރިހާ މަރުހަލާއެއްވެސް ކުރިއަށްދާނީ އޮންލައިންކޮށް، އެ ޔުނިވަރސިޓީގެ ޕޯޓަލް (portal.mnu.edu.mv) މެދުވެރިކޮށެވެ.

ކޯސްތަކަށް އެދި ފޯމު ހުށަހަޅާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް އެމްއެންޔޫއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ހުށަހަޅާ އެންމެހާ ލިޔުންތައް ހުންނަންވާނީ އެއް ފައިލެއްގެ ގޮތުގައި، ކިޔަން ސާފުވާނޭހެން ޕީ.ޑީ.އެފް ފޯމެޓުގައި ސްކޭންކޮށްފައެވެ. ޔުނިވަރސިޓީން ހިންގާ އެކި ދާއިރާތަކުގެ ކޯސްތަކާ ބެހޭ ތަފްސީލީ މަޢުލޫމާތު courses.mnu.edu.mv އިން ލިބިވަޑައިގަންނަވާނެ ކަމަށްވެސް އެ ޔުނިވަރސިޓީން ބުނެއެވެ.

މީގެ އިތުރުން، ސިއްހީ ދާއިރާގެ ބައެއް މުހިންމު ކޯސްތަކަށް ހޮވޭ ފަރާތްތަކަށް އެކަމުގެ ލިޔުން ދޫކުރާނީ 30 ޖުލައި 2026 ގެ ފަހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:

އެޑްވާންސްޑް ސެޓްފިކެޓް އިން ނަރސިންގ

ބެޗްލަރ އޮފް ނަރސިންގ

ބެޗްލަރ އޮފް ފިޒިއޮތެރަޕީ

ކޯހަށް ވަނުމުގެ ޝަރުތުތައް ބެލުމަށް: https://mnu.edu.mv/wp-content/uploads/2026/05/Final-Course-Information-Sheet-2026-Term-2.pdf

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.