ބްލައިންޑް ފޯލްޑް ރަން އަށް ތައްޔާރު ވަނީ-
ކުޅިވަރު
18 May 2026 | 22:59
ރާއްޖޭގައި އަލަށް ބާއްވާ "ބްލައިންޑް ފޯލްޑް ރަން" ގައި ބައިވެރިވުމުގެ ފުރުސަތު ބުދަ ދުވަހު ހަމަވަނީ

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ "ބްލައިންޑް ފޯލްޑް ރަން" ނުވަތަ ލޮލަށް ނުފެންނަ މީހުންނާއެކު ދުވާ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ބުދަ ދުވަހު ހަމަވާނެ ކަމަށް އެ ދުވުން އިންތިޒާމްކުރާ ޕެރަ ސްޕޯޓްސް އިން ބުނެފިއެވެ.

މި ދުވުމުގެ މޮޓޯއަކީ ”ރަން ފޯ ލައިޓް“ އެވެ. މިއީ ޕެރަ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން، ލޮލަށް ނުފެންނަ މީހުން ދުވުންތަކުގައި ބައިވެރިވާއިރު ކުރެވޭ އިހްސާސްތައް އާންމުންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެކެވެ. މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ.

ޕެރަ ސްޕޯޓްސް އިން މައުލޫމާތު ދޭ ގޮތުގައި، މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މެއި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރެޖިސްޓާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. 

ތިރީގައިވާ ލިންކު މެދުވެރިކޮށް ރެޖިސްޓާ ވެވޭނެއެވެ. 

https://forms.gle/WRHkifrRJ2VyQPiUA

މި ދުވުމުގައި ބައިވެރިވާން ޖެހެނީ ދެ މީހުންގެ ޕެއާއެއް ނުވަތަ ޖޯޑެއްގެ ގޮތުގައެވެ. ދުވުމުގައި ރެޖިސްޓާ ކުރުމުގެ ފީއަކީ 700 ރުފިޔާއެވެ.

ދުވުމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް "ބްލައިންޑް ރަން ޕެކޭޖް" އެއް ލިބޭނެއެވެ. މި ޕެކޭޖުގައި ހިމެނެނީ:

ދުވުމަށް ޚާއްސަ ޖާޒީ

ބިބް

ލޯ ނިވާކުރާ މާސްކް

ދެމީހުން ގުޅުވައިދޭ ޓެތާ

ދުވުން ނިންމާ ފަރާތްތަކަށް ދެވޭ މެޑަލް

މި ހަރަކާތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ކުޅިވަރުގެ މައިދާނުގައި ކުރާ ހިތްވަރާއި، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް އަމަލީގޮތުން ތަޖުރިބާކޮށްލުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ޕެރަ ސްޕޯޓްސް އިން ފާހަގަކުރެއެވެ. އެހެންކަމުން، ވީހާވެސް ގިނަ ފަރާތްތަކަކުން މި ދުވުމުގައި ބައިވެރިވުމަށް އެ ޖަމިއްޔާއިން ވަނީ ދައުވަތު އަރުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ