މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި ވަޒީރުން މައުލޫމާތު ދެއްވަނީ --
ހަބަރު
19 May 2026 | 19:17
ތެލުގެ ދަތިކަމެއް ނެތް، ފަތުވެރިކަން ދަނީ ރަނގަޅުވަމުން: ކޮމެޓީ

މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިކަމަށް ލިބެމުންދާ ހީނަރުކަމުން އަރައިގަތުމުގައި ކާމިޔާބީ ލިބެމުންދާ ކަމުގައި، އެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ހާއްސަ ކޮމިޓީއިން ހާމަކުރައްވައިފި އެވެ.

ކޮމެޓީގެ މަސައްކަތްތައް ހާމަކުރުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވަނީ، މިދިޔަ އަހަރާ އަޅައިބަލާއިރު، މާރިޗު މަހު ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް 22.5 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށާ އެޕްރީލް މަހު މި ނިސްބަތް 26.5 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެހެންނަމަވެސް، މި ހިނގާ މޭ މަހުގެ މިހާތަނަށް، މި ނިސްބަތް ހުރީ 8.9 ގައި ކަމަށް ވަޒީރު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި ވަޒީރުން މައުލޫމާތު ދެއްވަނީ --

މިހާލަތުގައި، ފަތުރުވެރިކަން ދަށަށް ދާ މިންވަރުގެ ފަރަގު، މިހާ ބޮޑަށް ކުޑަކުރެވުން އަމީން ސިފަކުރެއްވީ ކާމިޔާބީއެއްގެ ގޮތުގަ އެވެ. އަދި މި ކާމިޔާބީ ހާސިލުކުރެވިފައިވަނީ، ކަމާ ގުޅުންހުރި ހުރިހާ ވުޒާރާތަކާއި، މުއައްސަސާތަކާއި، ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ސިނާޢަތުން އެކުގައި ކުރެވުނު މުހިންމު މަސައްކަތްތަކާއި، ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅުން ކަމުގައި ވިދާޅުވިއެވެ.

އެގޮތުން މޯލްޑިވިއަން އިން އުދުހުންތަކުގައި ބޭނުންކުރުމަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނައުމަށް ނިންމެވި ނިންމެވުން މިހާރު ވެގެންގޮސްފައިވަނީ، ހައްސާސް ހާލަތެއްގައި އިގްތިސާދީ ގެއްލުން މިޓިގޭޓް ކުރުމަށް ރާއްޖޭގެ އަމިއްލަ ގާބިލިއްޔަތު އިތުރުވެގެންދިޔަ، ހިކުމަތްތެރި ނިންމެވުމަކަށްކަން ވަޒީރު ފާހަގަކުރެއްވި އެވެ.

ހުރިހާ އަތޮޅަކުން ހެޔޮ އަގުގައި ތެޔޮ ލިބޭ

މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވަމުން، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަހްމަދު ޝިޔާމް ވަނީ، މަސްވެރިންނަށް މަސްކަނޑަށް ނިކުމެވޭވަރު ކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރައްވައި، ތެލުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަ ކުރެއްވި އެވެ.

މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި ވަޒީރުން މައުލޫމާތު ދެއްވަނީ --

އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް، ހުރިހާ އަތޮޅަކުން ތެޔޮ ލިބޭނޭ ތަންތަން ގާއިމުކުރެވި، އޭގެ ފައިދާ ލިބެމުންދާކަން ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަތޮޅުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ލޮޖިސްޓިކަލް ދަތިކަން ހުރިކަން ފާހަގަކުރައްވާ އެކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގެ ޔަގީންކަން ދެއްވިއެވެ.

އަދި މަސް ޕްރޮސެސް ކުރާ ކުންފުނިތަކުގެ އޮޕަރޭޝަނަލް ކޮސްޓު ކުޑަކޮށް، ދަނޑުވެރިކަމުގެ ސިނާއަތުގައި، ނާލަށް ދާ ހަރަދު ކުޑަކުރުމަށް ވެސް، ފަހި ގޮތްތަކެއް ހަމަޖެއްސަވައިދެއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައި ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި ވަޒީރުން މައުލޫމާތު ދެއްވަނީ --

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު އަދި ކޮމިޓީގެ ޗެއާ، މޫސާ ޒަމީރު ވިދާޅުވީ، ތެލާއި، ކާޑާއި، އަސާސީ މުދާ، ދަތިކަމެއް ނެތި ފޯރުކޮށްދެއްވުމަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމުގައެވެ. އަދި މި ދަނޑިވަޅުގައިވެސް، ހަރަދުތައް ރޭޝަނަލައިޒް ކުރައްވައި، ދަރަނިތައް އަދާކުރައްވައި، މިހާރު ގައުމުގެ ދަރަނި ވަނީ ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓިފައިކަން ވަޒީރު ފާހަގަކުރެއްވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.