ހއ.ބާރަށް ކުޅި ހިމެނޭ ސަރަހައްދެއް... ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓްއާ
ހަބަރު
20 May 2026 | 17:15
އީޕީއޭގެ ނަސޭހަތެއް ބާރަށު ކައުންސިލަށް

ހއ.ބާރަށް ވަށައިގެންވާ މަގު ހެދުމުގެ މަސައްކަތުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ރުއްގަސްނެގި މައްސަލާގައި ޒިންމާދާރުވުމަށް އެދި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ބާރަށު ކައުންސިލަށް ނަސޭހަތްތެރިވެއްޖެއެވެ.

އީޕީއޭއިން ބާރަށު ކައުންސިލަށް ނަސޭހަތްތެރިވެފައިވަނީ، މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ ކުންފުނި އެމްޓީސީސީން އެރަށު ކުޅި، ފާ، ޗަސްބިމުގެ ސަރަހައްދު" ހިމެނޭހެން ޤާނޫނާއި ގަވާއިދާ ޚިލާފަށް އެ އޮތޯރިޓީގެ ހުއްދަނެތި ރުއްގަސް ނަގައި މަގު ސާފުކޮށް މަގު ފުޅާކުރި މައްސަލާގައެވެ. 

ބާރަށު ވަށައިގެންވާ މަގު އެމްޓީސީސީން ހަދަނީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރެވޭ މަސައްކަތެއްގެ ގޮތުގައެވެ. މަގު ހެދުމުގެ މަސައްކަތުގައި އެމްޓީސީސީން ވަނީ، އީޕީއޭގެ ރުހުން ހިމާޔަތްކޮށްފައިވާ ބައެއް ސަރަހައްދުތައް އުސޫލާ ހިލާފަށް ސާފުކޮށްފައެވެ. އީޕީއޭއިން ބުނީ، ހުއްދަނެތި ރުއްގަސް ނަގައި މަގު ސާފުކުރި މައްސަލަ ބަލާފައިވާކަމަށެވެ. އެގޮތުން ބައެއް ސަރަހައްދުތައް "ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދެމަހައްޓާ ތަންތަނާބެހޭ ގަވާއިދު" އާ ހިލާފަށް ސާފްކޮށްފައިވާކަން އެއޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލަ ބެލުމަށްފަހު އީޕީއޭއިން ވަނީ އެމްޓިސީސީ 550,000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދެއްކުމަށްވެސް ވަނީ އެމްޓީސީސީއަށް އަންގާފައެވެ.

މިކަމާ ގުޅިގެން އީޕީއޭއިން ބުނީ، އެމްޓީސީސީން ހުށަހަޅާފައިވާ ރެސްޓޮރޭޝަން ޕްލޭން، އެ ފަރާތުގެ އަމިއްލަ ހަރަދުގައި ކުރިޔަށް ގެންދިޔުމަށާއި، ރެސްޓޮރޭޝަނާ ގުޅުންހުރި މަސައްކަތްތައް ބާރަށު ކައުންސިލް އިދާރާގެ ބައިވެރިވުން ހިމެނޭގޮތަށް ކުރިޔަށް ގެންދިޔުމަށްވެސް އަންގާފައެވެ. އަދި ރެސްޓޮރޭޝަނާ ގުޅުންހުރި މަސައްކަތްތައް މޮނިޓަރކޮށް ބަލަހައްޓައި، އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން އެ މައުލޫމާތު ހިއްސާކުރުމަށްވެސް ވަނީ އަންގާފައެވެ.

އީޕީއޭއިން ބުނީ ބާރަށުގެ ވަށައިގެންވާ މަގު ހެދުމަށް ޓަކައި، ރުއްގަސް ނެގުމުގައި ރަށުގެ ހޭޅިފަށުންނާއި ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން އެއްވެސް ރުއްގަހެއް ނުކެނޑުމަށް އޮތޯރިޓީން ބާރަށު ކައުންސިލް އިދާރާއަށް މީގެ ކުރިން އަންގާފައިވާކަމަށެވެ. އެގޮތަށް އަންގާފައިވަނިކޮށް، އެ އެންގުމާއި ޚިލާފަށް އެމް.ޓީ.ސީ.ސީ މަސައްކަތްތައް ކުރިޔަށް ދިޔަހިނދު، ބާރަށު ކައުންސިލް އިދާރާއިން އެކަން މި އޮތޯރިޓީއަށް ރިޕޯޓް ނުކުރުމަކީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކޮށްފައިވާ ކަމެއްކަމަށް އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. އަދި އެފަދަކަމެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެފައިވާކަމަށްވެސް އީޕީއޭއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.