ވަތަނީ ހިދުމަތުގައި ބައިވެރިވި ރިޝްމީގެ ދަރިފުޅު އަދި އާއިލާ އެކުގައި... ފޮޓޯ: ރިޝްމީ
ރިޕޯޓް
23 May 2026 | 22:36
ރިޝްމީވެސް ފާހަގަކުރީ ވަތަނީ ހިދުމަތުގެ ޕްރޮގްރާމުން ދަރިފުޅަށް އައި ހެޔޮ ބަދަލު

"ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް" މިއީ ސަރުކާރަކުން ޤައުމީ ލެވެލްގައި ކުރިއަށް ގެންދަންފެށި ޕްރޮގްރާމްގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން އެންމެބޮޑަށް ލިބުނު އެއް ޕްރޮގްރާމެވެ. އަދި ސިޔާސީ ނުވެ ރައްޔިތުން އެ ޕްރޮގްރާމެއްގެ ވާހަކަ ދައްކާ ހަމައެކަނި ޕްރޮގްރާމްވެސް މެއެވެ. ގިނަބަޔަކު އިއްތިފާގުވާ ގޮތުގައި ސަރުކާރަކުން މިފަދަ ޕްރޮގްރާމެއް ފެށުން މާބޮޑަށް ލަސްވެސް ވެއްޖެއެވެ. އެމީހުން އެހެން އެ ބުނަނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. ކުރިއާ ހިލާފަށް ބޮޑެތިވަމުން އަންނަ ކުދިންގެ ދިރިއުޅުމުގެ ވައްޓަފާޅި މާބޮޑަށްވެސް ބަދަލުވީއެވެ. ބޮޑެތިވަމުން އަންނަ ކުދިން އަމަލީ މައިދާނަށް ނިކުންނަން ބަލާއިރު، މަސައްކަތުގެ ވެއްޓަށް ތައްޔާރުވެފައި ނެތުމަކީ މިއަދު ބެލެނިވެރިންގެ އިތުރުން ވަޒީފާ ދޭ ފަރާތްތަކުގެވެސް މިއަދު އޮތް ވަރަށްބޮޑު ކަންބޮޑުވުމެކެވެ.

ކޮންމެއަކަސް މިއަދު މިވަނީ ވަތަނީ ހިދުމަތުގެ ފަންނީ ޕްރޮގްރާމުގެ ފުރަތަމަ ބެޗްގެ ދަރިވަރުން ދަސްވެނިވިފައެވެ. ހަރުދަނާ ޒުވާން ޖީލަކަށް މި ޕްރޮގްރާމްގެ މުހިންމުކަން ކިތަންމެހާވެސް ބޮޑުަކަމަށް ދަރިވަރުންގެ ބެލެނިވެރިންގެ ޝުއޫރުތަކަށް ބަލާލުމުން ކިތަންމެހާވެސް ރަނގަޅަކަށް ފާހަގަވިއެވެ. ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންގެ ބެލެނިވެރިން ވަނީ ވަތަނީ ހިދުމަތުގެ ޕްރޮގްރާމުން އެމީހުންގެ ދަރިންގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލުތައް މިޑިއާތަކާ ހިއްސާކޮށްފައެވެ.

ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗްގެ ދަސްވެނިވުން ފާހަަގކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން..

މީގެ ތެރެއިން އެއް ބެލެނިވެރިއަކީ މަޝްހޫރު އެކްޓްރެސް އާއިޝަތު ރިޝްމީ އެވެ. ރިޝްމީ ވަނީ ވަތަނީ ހިދުމަތުގެ ޕްރޮގްރާމުން އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ޒެލްގެ ދިރިއުޅުމަށް އައި ބަދަލުތައް ހިއްސާކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ ވާހަކަ ފަށަމުން ރިސްމީ ބުނީ، ދަރިފުޅަކީ އަބަދުވެސް ބަސްއަހާ ކުއްޖެއް ކަމަށާއި، ނަމަވެސް މި ޕްރޮގްރާމާއެކު ހަމަގައިމުވެސް ދަރިފުޅު ޒިންމާދާރުވެގެން ހިނގައްޖެ ކަމަށެވެ. އެގޮތުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއެކު ކަންކަން ކުރަން ދަސްވެގެން ހިނގައްޖެކަމަށް ރިޝްމީ ފާހަގަކުރިއެވެ.

ދުވަހަކުވެސް ދުރުގައެއް ނުބަހައްޓަން. ދުވަހަކުވެސް ފެމިލީއާ ދުރުގައެއް ނުވެސް ގެންގުޅެން. ތަނަކަށް ސްލީޕް އޯވާއަކަށްވެސް ނުފޮނުވަން. ވަރަށް ހާސްވި ދުވަސްކޮޅެއް މިދިޔައީ. އެންމެފުރަތަމަ މާފިލާފުށީގައި ހޭދަކުރި ތިންމަސްދުވަހުގެ ތެރެއިން އެއްމަސް ދިޔައީ އަތަށް ފޯނުވެސް ނުލިބި. އެއްމަސްދުވަސް ކޮންޓެކްޓުވެސް ނުވެ ދިޔައީ. އެއީ ވަރަށް އުނދަގޫ ދުވަސްތަކެއް. އެހެން ނަމަވެސް މި ބަދަލު އެމީހުންނަށް ގެންނަން، ޕްރޮގްރާމް އެގޮތަށް ކުރިއަށްގެންދަންޖެހޭ

އާއިޝަތު ރިޝްމީ: ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ދަރިވަރެއްގެ ބެލެނިވެރިއެއް

ރިޝްމީގެ އާއިލާއިން ވަނީ "ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް" ގެ ސަބަބުން އެމީހުންގެ ދަރިފުޅުގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލު ވަރަށްބޮޑަށް ފާހަގަކޮށް ޕްރޮގްރާމްގެ މުހިންމުކަން ފާހަގަކޮށްފައެވެ.

ރިޝްމީގެ އިތުރުން ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވި ހުރިހާ ބެލެނިވެރިންގެވެސް ޝުއޫރުތައް ހުރީ އެބީދައިންނެވެ. ބެލެނިވެރިން ފާހަގަކުރާ ގޮތުގައި މިއީ ދިރިއުޅުމުގައި މާބޮޑު ސީރިއަސްކަމެއްނެތި އުޅެމުންދިޔަ ކުދިންގެ ދިރިއުޅުން ހަމަމަގަށް އަޅުވައިދިން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުން ބައިވެރިންނަށް އެމީހުންނަކީ ޤައުމަށް ކިހާ މުހިންމު ބައެއްކަން އަންގައިދިނެވެ. ދީނީ ސިފަތަކާއި ޤައުމީ ރޫހު ކުދިންގެ ގައިގައި އަށަގަންނުވައިދިނެވެ. އެހެން މީހުންނަށް އިހުތިރާމްކުރަން ދަސްކޮށްދީ ދިރިއުޅުމުގެ ހަގީގަތްތަކާ ކުރިމަތިލުމަށާއި، އަމަލީ މައިދާނުގައި ކެރިގެން ސާބިތުކަމާއެކު ކުރިއަށްދާނޭގޮތް ދަސްކޮށްދިނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.