ޓްރަމްޕްގެ ނަމުން މަޝްހޫރުވި މީގޮނު-
ދުނިޔެ
29 May 2026 | 09:41
"ޑޮނަލްޑް ޓްރަމްޕް" ގެ ނަމުން މަޝްހޫރުވި މީގޮނު ގުރުބާން ކުރުން ހުއްޓުވައި ޒުލަށް ގެންގޮސްފި

ބަންގްލަދޭޝްގައި އަޟްޙާ އީދުގައި ގުރުބާންކުރުމަށް ތައްޔާރުކުރި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަމުން ނަންދެވިފައިވާ މަޝްހޫރު މީގޮނު ކަތިލުން މަނާކޮށް ޒުލަށް ގެންގޮސްފިއެވެ. 

މި މީގޮނަށް "ޑޮނަލްޑް ޓްރަމްޕް" ގެ ނަން ދީފައިވަނީ އޭގެ ބޯމަތީގައި ހުންނަ ރަންކުލައިގެ އިސްތަށިގަނޑު، ރައީސް ޓްރަމްޕްގެ އިސްތަށިގަނޑާ ވައްތަރުވުމުންނެވެ.

1,500 ޕައުންޑް ބަރުދަން ހުރި މި ހުދު (އަލްބީނޯ) މީގޮނުގެ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑިއާގައި ދައުރުވުމާއެކު، މުޅި ދުނިޔޭގެ ސަމާލުކަން މި ޖަނަވާރަށް ވަނީ ލިބިފައެވެ.

ބަންގްލަދޭޝްގެ ހޯމް މިނިސްޓްރީގެ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދިން ގޮތުގައި، މި މީގޮނު ގުރުބާނީއަށް ވިއްކާލާފައި ވަނިކޮށް، ހޯމް މިނިސްޓަރު ސަލާހުއްދީން އަހުމަދު ވަނީ އެ ސަލާމަތްކުރުމަށް އަމުރުކުރައްވާފައެވެ.

ސަރުކާރުން މިގޮތަށް ނިންމީ، މި މީގޮނަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިފައިވުމާއެކު، ސަލާމަތީ ގޮތުން ކުރިމަތިވެދާނެ ނުރައްކަލަކަށް ބަލައިފައެވެ. މި ނިންމުމާއެކު، މީގޮނު ގަތް ފަރާތަށް ފައިސާ އަނބުރާ ދިނުމަށްފަހު، އެ ޖަނަވާރު މިހާރު ވަނީ ޑާކާގައި ހުންނަ ގައުމީ ޒޫއަށް ބަދަލުކުރުމަށް ނިންމާފައެވެ.

މި މީގޮނަކީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއާ ކައިރީގައި އޮންނަ ނާރަޔަންގަންޖް ސިޓީގެ ފާމެއްގެ ވެރިއެއް ކަމަށްވާ ޒިޔާއުއްދީން މުރީޛާ ގެންގުޅުނު ޖަނަވާރެކެވެ. މުރީޛާ ބުނި ގޮތުގައި އޭނާގެ ކޮއްކޮއަށް މި މީގޮނާއި ޓްރަމްޕާ ދެމެދު ހުރި ވައްތަރުކަން ފާހަގަވެގެން، މަޖަލަކަށް އެ ނަން ދިނީއެވެ. ނަމަވެސް، މިއީ އިންސާނަކާ އަޅާކިޔުމުގެ ނިޔަތުގައި ކުރި ކަމެއް ނޫން ކަމަށާއި، އެއީ ލޯބިން ދީފައިވާ ނަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

"މިއީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ ޖަނަވާރެއް. މީތި ބެލެހެއްޓުމަށްޓަކައި ވަރަށް ގިނަ ވަގުތާއި ހަރަދު ދޭންޖެހޭ،" މުރީޛާ ބުންޏެވެ.

ބަންގްލަދޭޝްގައި އާންމުކޮށް ފެންނަނީ ކަޅުކުލައިގެ މީގޮނު ކަމަށްވާއިރު، މިފަދަ ހުދު މީގޮނަކީ އެ ގައުމުގައި ވަރަށް މަދުން ފެންނަ ބާވަތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ