ހަބަރު
19 May 2026 | 15:40
ޗައިނީޒް ލޭންގުއޭޖް ބޭސިކް ކޯހަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އާޓްސްއިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ޗައިނީޒް ލޭންގުއޭޖް ބޭސިކް" ކޯހުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އެ ފެކަލްޓީން އިތުރުކޮށްފިއެވެ.

އެމްއެންޔޫއިން ބުނި ގޮތުގައި، މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ 31 މޭ 2026 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ހުޅުވާލާފައެވެ. މި ކޯހަކީ ޗައިނާ ބަހުގެ އަސާސީ މައުލޫމާތާއި، އާންމު ދިރިއުޅުމުގައި ބޭނުންކުރާ ބަސްމަގު ދަސްކޮށްދިނުމަށް ޚާއްޞަކޮށްގެން ފަރުމާކުރެވިފައިވާ ކޯހެކެވެ.

02 ޖޫން 2026 ގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯސް ކުރިއަށްދާނީ 23 ޖުލައި 2026 ގެ ނިޔަލަށެވެ. ކިޔަވައިދިނުން ކުރިއަށްދާނީ ކޮންމެ ހަފުތާއެއްގެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ރޭގަނޑު 19:00 އިން 21:00 އަށެވެ.

މި ކޯހުގެ މުހިންމު ބައެއް ތަފުސީލުތައް:

ކިޔަވައިދޭ ގޮތް: ފިޒިކަލްކޮށް ކލާސްތަކަށް ހާޒިރުވެގެން.

ޖާގަ: 30 ބައިވެރިން (ބައިވެރިން ހޮވުމުގައި އިސްކަންދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުން).

އުމުރުފުރާ: 16 އަހަރުން މަތި.

ކޯސް ފީ: 2,250 (ދެހާސް ދުވިސައްތަ ފަންސަސް) ރުފިޔާ.

މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮންލައިން ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެ ފެކަލްޓީން އިރުޝާދު ދެއެވެ. އަދި ކޯހާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ނަމަ، ފެކަލްޓީ އޮފް އާޓްސްގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރެއްވުމަށް އެމްއެންޔޫއިން އެދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.