ހަބަރު
19 May 2026 | 21:58
އެމްއެންޔޫ 'އިނޮވޭޓް ހަބް' ގެ ދެވަނަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކުރިއަށްގެންދާ 'އިނޮވޭޓް ހަބް' ޕްރޮގްރާމުގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު، އައު އީޖާދުތަކާއި ވިޔަފާރީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މިއަދު ހުޅުވާލައިފިއެވެ.

އެމްއެންޔޫ އިން ބުނި ގޮތުގައި، މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންނާއި ޒުވާނުންގެ މެދުގައި އީޖާދީ ފިކުރު އާލާކޮށް، އައު ވިޔަފާރިތައް (ސްޓާޓްއަޕް) އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ލިބުނު ބޮޑު ތަރުހީބަށްފަހު، ދެވަނަ ބުރު ފަރުމާކޮށްފައިވަނީ ބައިވެރިންނަށް ގިނަ ފުރުސަތުތަކެއް ލިބޭނެ ގޮތަށެވެ.

މި ޕްރޮގްރާމުގެ ދަށުން ހޮވޭ މަޝްރޫއުތަކަށް 500,000 (ފަސްލައްކަ) ރުފިޔާއާ ހަމައަށް ފަންޑިންގް ނުވަތަ މާލީ އެހީތެރިކަން ލިބުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން، އެކި ދާއިރާތަކުގެ މާހިރުންނާއި އެމްއެންޔޫގެ އިސްވެރިންގެ އިރުޝާދާއި، ބައިނަލްއަގުވާމީ ޕާޓްނަރުންނާ ގުޅިގެން ދުނިޔޭގެ ބާޒާރުތައް ތަޖުރިބާކުރުމުގެ އެކްސްކްލޫސިވް ފުރުސަތުތައް ބައިވެރިންނަށް ލިބިގެންދާނެއެވެ.

މި ޕްރޮގްރާމަށް އަމިއްލަގޮތުން ނުވަތަ ޓީމެއްގެ ގޮތުގައިވެސް ކުރިމަތިލުމުގެ ފުރުސަތު އޮތްއިރު، ޓީމެއްގައި ގިނަވެގެން ހިމެނޭނީ 7 މެންބަރުންނެވެ. ޕްރޮގްރާމްގެ އުސޫލު ބުނާގޮތުން، މައިގަނޑު ހުށަހެޅުން ހުށަހަޅާ ފަރާތަކީ އެމްއެންޔޫގެ މިހާރުގެ ދަރިވަރަކަށް ވާންޖެހެއެވެ. ނަމަވެސް، ޓީމުގައި ޔުނިވަރސިޓީން ބޭރުގެ އެކަކު ނުވަތަ ދެ މެންބަރުންނަށް ބައިވެރިވެވޭނެއެވެ. މިގޮތުން ޔުނިވަރސިޓީގެ ކުރީގެ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ.

އެމްއެންޔޫ އިން ބުނީ، މި ޕްރޮގްރާމަކީ ރާއްޖޭގެ އީޖާދީ ދާއިރާ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ކޮންމެ ބޮޑު ކާމިޔާބީއެއްގެ ފެށުމަކީ ކުޑަ ފިޔަވަޅެއް ކަމަށާއި، މި ފުރުސަތުގެ ބޭނުން ހިފުމަށް ޔުނިވަރސިޓީން ވަނީ ދަރިވަރުންނަށް ގޮވާލާފައެވެ.

މި ޕްރޮގްރާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 30 ޖުލައި 2026 އެވެ. ޝައުގުވެރިވާ ފަރާތްތަކުން އެމްއެންޔޫގެ ވެބްސައިޓް (https://mnu.edu.mv/mnu-innovatehub/) މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.