އެމްއެންޔޫ ފަހިފުރުސަތު- ފޮޓޯ/ އެމްއެންޔޫ
ހަބަރު
02 Jun 2026 | 11:11
އެމްއެންޔޫ "ފަހި ފުރުސަތު 2026" ވަޒީފާގެ ބާޒާރު މާދަމާ ފަށަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު 2026" ވަޒީފާގެ ބާޒާރު، މާދަމާއިން ފެށިގެން މިމަހުގެ 5 އަށް ބޭއްވުމަށް ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މަޢުލޫމާތު ދޭ ގޮތުގައި، ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އިވެންޓް އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

މި ބާޒާރު ކުރިއަށްދާނީ އެމްއެންޔޫގެ މާލޭ ކެމްޕަހުގެ އިތުރުން، އެ ޔުނިވަރސިޓީގެ އަތޮޅުތެރޭގެ ކެމްޕަސްތަކުގައެވެ.

މި އަހަރުގެ ފެސްޓިވަލްގައި 32 އަށްވުރެ ގިނަ މުއައްސަސާއަކުން ބައިވެރިވެއެވެ. މީގެ ތެރޭގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން އެމްއެންޔޫގެ އެކި ފެކަލްޓީތަކާއި ސްޓޯލްތައް ހިމެނެއެވެ.

މި ބާޒާރުގެ ތެރެއިން ވަޒީފާގެ ފުރުސަތުތަކުގެ މަޢުލޫމާތު ދިނުމުގެ އިތުރުން، ދަރިވަރުންނާއި އާންމުންނަށް ބޭނުންވާ ކެރިއަރ ގައިޑެންސް ނުވަތަ ދާއިރާތަކުން ކުރިއަށްދާނެ މަގުދެއްކުމުގެ ސެޝަންތައް ވެސް ކުރިއަށްދާނެއެވެ.

އެމްއެންޔޫއިން ބުނި ގޮތުގައި މި ވަޒީފާގެ ބާޒާރަކީ ވަޒީފާ ދޭ ފަރާތްތަކާއި، ވަޒީފާ ހޯދާ ފަރާތްތަކުގެ އިތުރުން، ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ފަންނީ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ހުޅުވާލެވޭ ރަނގަޅު ފުރުސަތެކެވެ.

"މުޖުތަމައަށް އަނބުރާ ދިނުން"މި ޝިއާރުގެ ދަށުން ބާއްވާ މި އިވެންޓަކީ މުޅި އާންމުކޮށް ހުޅުވާލެވިގެން، އެއްވެސް ފީއަކާ ނުލައި ވަދެވޭނެ ބާޒާރެކެވެ. މިއީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ނުކުންނަ ޒުވާނުންނަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި ފުރުސަތުތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ހަރަކާތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.