މާލީ ވަޒީރު މޫސާ ޒަމީރު... ފޮޓޯ: ފިނޭންސް މިނިސްޓްރީ
ހަބަރު
04 Jun 2026 | 07:29
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު

ބޭންކް އޮފް މޯލްޑިވްސް އިން ނެރޭ ސުކޫކްގެ ބޭނުމަކީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުން ނޫންކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ފިޗުން ނެރުނު ރާއްޖޭގެ ރޭޓިންނާ ބެހޭގޮތުން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބީއެމްއެލްގެ ސުކޫކާ ގުޅޭގޮތުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ސަރުކާރުން ގެރެންޓީ ދީގެން ބޭންކުން ނެރުމަށް ހަމަޖެހިފައިވާ ސުކޫކަކީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް އަމާޒުކޮށްފައިވާ ކަމެއް ކަމަށެވެ.

މި ސުކޫކަކީ މެދު ރާސްތާގައި އިޤްތިޞާދު ކުރިއެރުވުމަށް، ޚާއްސަކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ މާލީ މުއާމަލާތެއް ކަމަށެވެ.

މިއީސަރުކާރުން ގެރެންޓީ ދީގެން ބޭންކް އޮފް މޯލްޑިވްސްއިން ނެރުމަށް ހުށަހަޅާފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތުގެ ބަޖެޓަށް އެހީވުމަށް ނުވަތަ ސަރުކާރުގެ ކޭޝް-ފްލޯގެ ބޭނުންތަކަށް ޚާއްސަކޮށްފައިވާ މުއާމަލާތެއް ނޫން

މާލީ ވަޒީރު، މޫސާ ޒަމީރު

މޫސާ ޒަމީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށެވެ.

މި ސުކޫކުގެ ސަބަބުން ދައުލަތަށް އާމްދަނީ ލިބޭ ވަޞީލަތްތައް އިތުރުވެ، ކުރިއަށް އޮތް އަހަރުތަކުގައި ކަނޑައަޅާފައިވާ މާލީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބާރަކަށް ވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން މި ސުކޫކާއެކު ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް އިގްތިސާދީ އަދި ވިޔަފާރީގެ މުހިންމު ހަރަކާތްތަކެއް ހިންގިގެންދާނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ފިޗުން އިއްޔެ ނެރުނު ރޭޓިންގައި ރާއްޖޭގެ ދަރަޖަ މަތިކޮށްފައިވާއިރު، ކްރެޑިޓް ރެޓިން މައްޗަށް ޖައްސާލާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގައި ދައްކަންޖެހޭ ސުކޫކްގެ ފައިސާ ދައްކައި ހަލާސްކުރުމުންނެވެ. އާމްދަނީ އިތުރުކުރުމަށް ގެންނަ އިސްލާހުތަކާއި ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ސަބަބުން، ދައުލަތަށް ބޭރު ފައިސާ ހޯދުމުގެ ޤާބިލުކަން އިތުރުވާނެ ކަމަށް ފިޗުން ވަނީ ފާހަގަކޮށްފައެވެ.

ފިޗްގެ ރޭޓިންގް މަތިވުމަކީ އިޤްތިޞާދީ ހާލަތު ރަނގަޅުވަމުންދާ ކަމުގެ ހެއްކެއް ކަމަށް މާލީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަމަކީ ސަރުކާރުގެ މާލީ އިޞްލާހީ އެޖެންޑާއަށް އޮތް އިތުބާރު ބޮޑުވަމުންދާ ކަމުގެ ނިޝާނެއް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ