ފަޒްނާ އަޙްމަދު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
04 Jun 2026 | 20:10
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން ކަމަށް ކުރީގެ ރަައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

ފަޒްނާ މިހެން ވިދާޅުވީ ރައީސް ސޯލިހް ފަޅީގައި ހުންނެވި ކުރީގެ މެންބަރު ރޮޒައިނާ އާދަމް, އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ރައީސް ނަޝީދަށް ތާއީދު ކުރަން ނިންމުމާއި ގުޅިގެންނެވެ. ރޮޒައިނާ އަކީ ނަޝީދަށް ވަރަށް ފާޑުވިދާޅުވި ބޭފުޅެކެވެ. ހާއްސަކޮށް އެމްޑީޕީ ދޫކޮށްލެއްވުމުން އެންމެ ފާޑުވިދާޅުވި އެއް ބޭފުޅަކީ ރޮޒައިނާ އެވެ.

ރޮޒައިނާގެ ބަދަލަށް އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑު ފާޑުކިޔުމެއް އެބަ އޮތެވެ.

ރޮޒައިނާ ވަނީ ނަޝީދަށް ތާއީދުކުރާ ކަން ހާމަކޮށް ޕޯސްޓެއް ކޮށް އެ ސަަބަބުތައް ސާފުކޮށްދީފަ އެވެ. އެ ޕޯސްޓަށް ކުރެއްވި ކޮމެންޓެއްގައި ފަޒްނާ ވަނީ ޕާޓީ އެއްބައިވަންތަކުރަން ނަޝީދަށް ތާއީދުކުރާ ކަމަށް ރޮޒައިނާ ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާފަ އެވެ.

ފަޒްނާ ވަނީ ރައީސް ނަޝީދު ޗެއަޕާސަން ކަމަށް ނުކުމެ ވަޑައިގަތީ "ބޮޑުބަދަލު" ގެ ނަމުގައި ފައްޔާޒަށް  ބޮޑުވަޒީރުކަން، ރައީސް ނަޝީދަށް ދައުލަތުގެ ވެރިޔާކަން ދޭގޮތަށްކަން ފާހަގަކުރައްވާ އެހާ ހިސާބުން ވެސް އެ އޮތީ އެކުވެރިކުރުމުގެ މަގަށް ހުރަސްއެޅިފައި ކަަމަށް ވިދާޅުވެފަ އެވެ.

އަދި ވިދާޅުވީ ބަޔަކު އެކުވެރިކުރުމަށް ބޭނުންވާ މައިގަޑު އެއް އަސާސަކީ ހަމަހަމަ އުސޫލެއް ގެންގުޅުން ކަމަށާ  ވަކިމީހަކު ގޮވައިގެން ނުކުމެ އިންސާފުވެރިކަމާއެކު ޗެއާޕާސަންކަން ކުރައްވާނެ ގޮތެއް ނުވިސްނޭ ކަމަށެވެ.

ރޮޒައިނާގެ ޕޯސްޓަށް ފަޒްނާ ކުރެއްވި ކޮމެންޓްގެ ސްކްރީންޝޮޓެއް

"ރައީސް ނަޝީދު ވިޔަސް ފައްޔާޒު ވިޔަސް އަދި އެހެން ބޭފުޅަކުވެސް ރައީސް އަކަށް ނޫނީ ބޮޑުވަޒީރަކަށް ނޫނީ  މިނިސްޓަރަކަށް، ނޫނީ އެންބެސަޑަރަކަށް އަދި ކިއެއްތަ އެއްވެސް ސިޔާސީ މަގާމަކަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރެއްވުމަކީ އަޅުގަނޑަށް މައްސަލައެއް ނޫނެވެ. ސިޔާސީ ކަންކަމުގައި އުޅުއްވާނީ ސިޔާސީ ރޮގުން ކުރިއަށް ވަޑައިގަންނަވާށެވެ," ފަޒްނާ ވިދާޅުވި އެވެ.

އަދިވެސް އެކަމަނާ ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"

މީކާއީލަށް ތާއީދުކުރާ ސަބަބު

މި ޕޯސްޓްގައި ފަޒްނާ ވަނީ މީކާއީލަށް ތާއީދުކުރަން ނިންމި ސަބަބުވެސް ސާފުކޮށް ދެއްވާފަ އެވެ. ވިދާޅުވީ މީކާއީލް އަށް ތާއީދުކުރަން ފުރަތަމަ ނިންމީ ޒުވާން ޖީލަކަށް ޕާޓީ ހިންގަން ހަވާލު ކުރަންވެއްޖެކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

އަދި އެ ތާއީދު ބޮޑުވީ "ޕްރިންސިޕަލް ސެންޓާރޑް ލީޑަޝިޕް" އަކަށް ވަކާލާތު ކުރައްވާތީ ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ތާއީދުވެސް އޮތީ މީކާއީލަށެވެ. ސޯލިހް ވަނީ މީކާއީލާއެކު ހުރިހާ އަތޮޅުތަކަށް ދަތުރުކުރައްވަން ނިންމަވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.