ޖާބިރު ދައުލަތަށް އެއް ބިލިޔަން ރުފިޔާ ދައްކަންޖެހޭ: ފަލާހު

16 Jul 2019 | 12:44

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދައުލަތަށް އެއް ބިލިޔަން ރުފިޔާ ދައްކަވަންެޖެހޭ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޕެންޝަނާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ޖާބިރު ހުށައެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުންނެވެ.

މެންބަރު ފަލާހު ވިދާޅުވީ ޖާބިރުގެ ފަރާތުން ދައުލަތަަށް އެއް ބިލިޔަން ރުފިޔާ ލިބެންޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާކަމަަށެވެ. އަދި ޕެންޝަންގެ ބިލަށް ޖާބިރު ހުށައެޅުއްވި އިސްލާހަކީ ދައުލަތަށް ގެއްލުން ދިނުމަށް ހުށައެޅުއްވި އިސްލާހެއްގެ ގޮތުގައި ފަލާހު ސިފަކުރެއްވިއެވެ.

އަދި ޖާބިރު ދައުލަތަަށް ދައްކަން ހުރި ފައިސާތައް ނުދެއްކުމުގެ ސަބަބުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭނެކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ފަލާހުއާއި އެމްޑީޕީގެ އެހެން މެންބަރުން ވަނީ މި އިސްލާހު ބޭރުކޮށްލުމަށް ތާއިދުކޮށްފައެވެ.

Advertisement

ކޮމެންޓް