ސ. ހިތަދޫ, ޖަބްރާނުގޭ އުމުރުން 48 އަހަރުގެ ރަމީޒް އަބްދުﷲ --
ރިޕޯޓް
08 Jun 2026 | 23:17
އެންމެ ކުރަނީ މި ސުވާލު: ރަމީޒު ނިޔާވުމުގެ ޒިންމާ ނަގާނީ ކާކު؟

މިދިޔަ އާދިއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ. ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި މި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވި އެވެ.

އެންމެ ބޮޑުވަރުވީ ސ. ހިތަދޫ, ޖަބްރާނުގޭ އުމުރުން 48 އަހަރުގެ ރަމީޒް އަބްދުﷲ އަށެވެ. ރަމީޒަކީ ގަވާއިދު ފަޅުން މަޑުމަޑުން ސައިކަލުގައި އައި މީހާ އެވެ. ރަމީޒު, ދުއްވި ސައިކަލުގައި ޖެހުނީ ބާރު ސްޕީޑްގައި ދުއްވަމުންް އައިސް ނުބައި ފަޅިން ދުއްވަމުން އައި ސައިކަލެވެ.

އެކްސިޑެންޓާއި ގުޅިގެން ރަމީޒަށް ވަރަށް ހާނިއްކަވި އެވެ. ބޮލަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ. ނާށިގަނޑު ފަޅައިގެންގޮސް ސިކުނޑިއަށް ލޭ އެޅުނެވެ. އެކި ގުނަވަންތައް ވަނީ ބިނދިފަ އެވެ. ކަނާތު ފަޔަށް ވަނީ ވަރަށް ބޮޑު ޒަޚަމެއް ލިބިފަ އެވެ. ބައެއް މަސްދަރުތަކުން ޔަގީން ކުރެވުނު ގޮތުގައި ފައިގެ ބޮޑު ބައެއް ވަނީ ޗިސްވެފަ އެވެ.

އެކްސިޑެންޓްގެ ކުރީން ރަމީޒަކީ ގަދަފަދަކޮށް ހުރި މީހެކެވެ. ސިއްހީ އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް އެއްވެސް ގުޅުމެއް ނެތް ނުރައްކާތެރި އެކްސިޑެންޓެއްގައި މުޅި ދިރިއުޅުން ބަދަލުވީ އެވެ. ހަފްތާއެއްހާ ދުވަހުގެ ގަދަ ވޭނުގައި ހޭދަކުރުމަށް ފަހު މިއަދު ދުނިޔެ ދޫކުރީ އެވެ.

ތިން ކުދީން ބިކަވީ, އުފާވެރި އާއިލާއަކަށް ފުން ހިތާމައެއް

ރަމީޒަކީ މޮޅު ކެއްކުންތެރި އެކެވެ. ޒިންމާދާރުކަމާ އެކު ވަޒީފާގައި އުޅެމުންދިޔަ ހެޔޮ އަޚްލާގެއްގެ ވެރިއެކެވެ.

ތިން ކުދީންގެ ބައްޕަ އެކެވެ. އުފާވެރި އާއިލާއެއްގެ މައިތަނބެވެ. ކުދީންނާއި ރަމީޒްއާ އޮތީ ވަރަށް ހާއްސަ ގުޅުމެކެވެ. އާއިލާއިން ފާހަގަކުރާ އެންމެ ހާއްސަ ކަމަކީ އެ ކުދީން ބޭނުންވާ މީރު ކާތަކެތި ތައްޔާރު ކުރުމުގައި ރަމީޒު އަދާކުރާ ދައުރެވެ.

އެކްސިޑެންޓްވި ރޭ ވެސް ރަމީޒު, އޭނާގެ ކުދީންނަށް އެ ކުދީން އެންމެ ބޭނުންވާ ގޮތަށް ނޫޑްލްސް ތައްޔާރުކޮށް ދިނެވެ. އެ ކުދީން ކައި ނިމެންދެން އުފާވެރި ވަގުތުތަކެއް ހޭދަކުރި އެވެ. އެކްސިޑެންޓްވީ އޭގެ ފަހުންނެވެ.

ބަލަންޖެހޭ ވަރަށް ނުބަލާ އަދި އެހާމެ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މިއަދު ރަމީޒުގެ އެ އުފާވެރި އާއިލާ ފުން ހިތާމައެއްގެ ތެރެއަށް ވެއްޓުނީ އެވެ. ކުށެއްނެތި ތިން ކުދީން ބިކަވީ އެވެ. އުފާވެރި އާއިލާއެއް ރޫޅުނީ އެވެ.

މިއަދު އެންމެންވެސް ކުރަނީ މި ސުވާލެވެ. ރަމީޒު ނިޔާވުމުގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ. މިއީ ހަމަ "އޯކޭ" ވެގެން ތިބެންވާނެ ކަންކަން ހެއްޔެވެ.

ނުރައްކާތެރިކޮށް ދުއްވާ ޒުވާނުން މިއަދުވެސް ވަރަށް ގިނަ އެވެ. އެހެން މީހުންގެ ފުރާނައަށް އެއްވެސް ވިސްނުމެއް ނެތި ބާރު ސްޕީޑްގައި ދުއްވުން ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވެ އެވެ. މިހާތަނަށް މިފަދަ އެކްސިޑެންޓްތަކުގައި އެތައް ބަޔަކު އަޅުގަނޑުމެންނާއި ވަކިވެ ހިނގައްޖެ އެވެ. ރަމީޒު ފަދަ ކުށެއްނެތް އެތައް ބައެކެވެ. އެފަދަ އެތައް އާއިލާއެއް ބިކަވެއްޖެ އެވެ.

ބައެއް މީހުން ނުކުޅެދުންތެރި ކަމުގެ ހާލަތުގައި ދުވަސްތައް ދަނީ ގުނަމުންނެވެ. ޒުވާން އުމުރުގައި އެފަދަ ހާލަތެއް މެދުވެރިވެ އާއިލާއަށް ބުރައަކަށްވީ ކަމުގެ އިހްސާސް ކުރެވި އެ ނިކަމެތި ކަމުގެ މައްޗަށް ނަފްސާނީ ބަލި އިތުރުވެ އެތައް ވޭނެއް ތަހަންމަލު ކުރަމުންދާ މީހުން މިއަދުވެސް ދުނިޔޭގައި އެބަ ތިއްބެވެ. އެ މީހުންގެ އެއްވެސް ކުށެއް ނެތި އެވެ. ބަލާ ނުލައި ނުރައްކާތެރިކޮށް ދުއްވި މީހުންގެ ސަބަބުންނެވެ. 

ކޮމެންޓް
އަހުމަދު
މިއީ މަރަށް މަރު ހިފަންޖެހޭ މައްސަލައެއް. އެކަމަކު އެކަން ކުރާނީ ކާކު.
09 Jun 2026
ރައްޔިތު މީހާ
އަސްލަކީ ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނު ތަކިގަ ލޫޕު ހޯލު ގިނައީއޭ، މިސާލަކަށް ޖޫރިމަނާ، ޖޫރިމަނާ ކޮށްގެން ކޮންމެ 5 އަހަރަކުން އެބަ ސިޔާސީ މަންފާ ހޯދުމަށް ޖޫރިމަނާ މާފުކޮށްދެވެ.
09 Jun 2026
ގުޅޭ ލިޔުންތައް
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ