ަރައީސް ނަޝީދާއި ރައީސް ސޯލިހް --
ހަބަރު
09 Jun 2026 | 00:08
ނަޝީދާއި ގުޅުން ގޯސްވި ގޮތް ސޯލިހް ވިދާޅުވެ ދެއްވައިފި، ނަޝީދު ބޭނުންވީ ބޮޑުވަޒީރުކަން

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގުޅުން ގޯސްވި ސަބަބުތަކާއި ގުޅޭގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް, ފުރަތަމަ ފަހަރަށް މިއަދު ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވައިފި އެވެ.

އެމަނިކުފާނު އެ މައުލޫގައި ވާހަކަފުޅު ދެއްކެވީ އެމްޑީޕިގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިންގައި މީކާއީލަށް ތާއީދު ހޯއްދެވުމަށް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މަރަދޫގައި މިއަދު ހަވީރު ބޭއްވި ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ސޯލިހް ވިދާޅުވި ގޮތުގައި ކޯލިޝަނަކާއެކު 2018 ވަނަ އަހަރު އުފެދުނު އެމަނިކުފާނުގެ ސަރުކާރުގައި މަޖިލީސް އިންތިހާބާ ހަމައަށް ޕާޓީ ދެމި އޮތީ ވަރަށް އެކުވެރިކަމާއެކު އެވެ. ނަމަވެސް މަޖިލީސް އިންތިހާބަށް ފަހު ކަންކަން މުޅީން ބަދަލުވެގެން ދިޔަ ކަމަށެވެ.

އޭގެ ކުރީން ވެސް ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލަން ނަޝީދު ގެންދެވީ މަސައްކަތް ކުރައްވަމުން ކަމަށާ ކޯލިޝަނާއެކު އޮތް އެއްބަސްވުން އެކަމަށް ފުރުސަތު ނެތްކަން އެމަނިކުފާނަށް ދެންނެވި ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި މަޖިލީސް އިންތިހާބަށް ފަހު ފުރަތަމަ ބައްދަލްވުމުގައި ޕީޖީގެ ނިންމުންތައް ނިންމާނީ މުޅީން ވަކީން ކަމަށް ނިންމުމުން ސަރުކާރަށް ކުރިއަށްދާން ވަރަށް ދަތިވި ކަަމަށެވެ.

"އަޅުގަނޑަށް މަޖުބޫރުވި ސަރުކާރުން ހުށައަޅާ ކޮންމެ ބިލަކާ, ކޮންމެ މައްސަލައެއްގައި ލޮބީ ކޮށްގެން މެންބަރުންގެ ތާއީދު ހޯދަން. އަޅުގަނޑު އެ މަސައްކަތް ކުރަމުން ގެންދިޔައިން," ރައީސް ސޯލިހް ވިދާޅުވި އެވެ.

އަދި ނަޝީދުގެ ފެކްޝަންގެ މެންބަރުންގެ އަމަލުތައް އޭރު މަޖިލީސްތެރޭ ހުރި ގޮތް ހަނދާނަށް ގެންނަވާ އެ ވާހަކަތައް ވިދާޅުވި އެވެ.

"މަޖިލީސްތެރޭގައި ވަރަށް ހަޑިހުތުރުކޮށް ސަރުކާރަށާ އަޅުގަނޑަށް ނިސްބަތްކޮށް އަޅުގަނޑުމެންގެ މެންބަރުން ވާހަކަ ދައްކަން ފެށި. ވަގަށްވެސް ގޮވަނީ. ހަޑިހުތުރު އެއްޗެހިވެސް ގޮވަނީ. ސަރުކާރުން ރައްޔިތުންނަށް ކަމެއް ނުކޮށްދޭ ވާހަކަވެސް ގޮވަނީ. ހަގީގަތުގައި އޭރު އޮތް އޮޕޮޒިޝަނަށްވުރެ ބޮޑަށް ސަރުކާރު ފަލީހަތްކޮށް ރައްޔިތުންގެ ކުރިމަތީގައި އަގުވައްޓާލުމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި ތިބި ބަޔަކު އެ މަސައްކަތްކުރި. އެ ދަތީގައި އަޅުގަނޑު މަަސައްކަތްކުރީ,"

ނަޝީދު ބޭނުންފުޅުވީ ވެރިކަމުގެ ފުރަތަމަ އަހަރު ނިޒާމު ބަދަލުކުރަން

ރައީސް ސޯލިހް ވިދާޅުވީ ރައީސްނަޝީދު ގުޅުއްވާފައި ފުރަތަމަ އަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން އެދިވަޑައިގެންނެވި ކަމަށެވެ. އެއީ ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން ނަޝީދު ބޭނުންފުޅުވާތީ އެވެ.

ނަމަވެސް ކޯލިޝަން ޕާޓީތަކާއެކު އެގްރީމަންޓެއް އޮތުމުން އެ ދައުރަށް ފަހު އެފަދަ ވޯޓަކަށް ދެވިދާނެ ކަމަށް ދެންނެވި ނަމަވެސް ނަޝީދު އެކަން ގަބޫލުނުކުރެއްވި ކަަމަށް ސޯލިހް ވިދާޅުވި އެވެ.

"ތިމަންނާ ބޭނުމޭ 2023 ގެ އިންތިހާބުގެ ކުރީން ރެފަރެންޑަމަކަށް ދާން. އަނެއްކާ ވެސް އެއްކަހަލަ ވާހަކަ, ގޮސް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ތިމަންނަ ބޮޑުވަޒީރެއްގެ ގޮތުގައި ސަރުކާރު ހިންގުމަށް ހަވާލުވާން," ހުރިހާ ވަޒީރުންނާއި މެންބަރުންނާއި މީޑިއާތަކަށްވެސް ނަޝީދު ފޮނުއްވެވި މެސެޖާއި ގުޅޭގޮތުން ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް މިއަދުވެސް ވިދާޅުވީ އޭރުވެސް ރާއްޖޭގެ ރައްޔިތުން ތިބީ ބަރުލަމާނީ ނިޒާމަކަށް ދާގޮތަށް ނޫން ކަމަށެވެ. ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބެލުމަށް އޭރު ކުރެއްވި ދިރާސާތަކުން ފެންނަނީ އެންމެ މަތީން ވެސް އެކަމަށް ލިބޭނީ 20-25 އިންސައްތަ ކަމަށް ވިދާޅުވި އެވެ.

ޕްރައިމަރީއަށް ފަހު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުން

ސޯލިހް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަަޅަން ބޭއްވި ޕްރައިމަރީއަށް ދެ ރައީސުން ވެސް ނިކުންނެވީ މޮޅުވާ ކެންޑިޑޭޓަކާއެކު ކުރިއަށްދާނެ ކަމަށް ވިދާޅުވަމުން ނަމަވެސް އެކަން އެހެން ނުވި ކަަމަށެވެ.

އަދި ވެވަޑައިގެންނެވި ވައުދާއި ހިލާފުވެ ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން ޕާޓީއެއް ވެސް އުފެއްދެވީ ކަމަށެވެ.

އޭގެ ފަހުން ވެސް ނަޝީދާއެކު މަަސައްކަތް ކުރެއްވޭނެ ގޮތްތަކެއް ހޯއްދެވުމަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލް ދެއްވި އެވެ.

ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނީ ނަޝީދު އެކަހެރިކޮށް "އީގޯ" އިސްކޮށް ކުރެއްވި ކަންކަމުން ކަަމަށް ވިދާޅުވެ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްކެވި ވާހަކަތަކަށް ވެސް ސޯލިހް ރައްދު ދެއްވި އެވެ. އަދި ނަޝީދާއެކު ކުރިއަށް ދެވޭނެ ރަނގަޅު ޕްރޮފޯސަލެއް ދެއްވި ކަމަށް އަމީރު ވިދާޅުވި ވާހަކަފުޅަށް ވެސް ރައްދު ދެއްވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ގެންނެވި ޕްރޮޕޯސަލް ގަބޫލުނުކުރެއްވި ކަމަށް ވިދާޅުވެ އަމީރު ދެއްކެވި ވާހަކަ އަކީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އޭރު އެކި ކަހަލަ ޕްރޮފޯސަލްތައް ލިބުނު ކަމަށާ ނަޝީދުގެ ޑިމާންޑަކަށް އޭރުވެސް ވީއިންތިހާބުގެ ކުރީން ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަން އިއުލާނު ކުރުމާއި, އިންތިހާބުވެއްޖެނަމަ ހުވާ ކުރެއްވުމުގެ ކުރީން އެ ވޯޓް ނެގުން ކަމަށް ރައީސް ސޯލިިހް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވަޒީރުންގެ ތެރެއިން ތިން ބޭފުޅަކު ވަކިކުރަން ވެސް ޖެހޭ. އޭގެން އެއް ބޭފުޅަކު އެއީ [ކުރީގެ މިނިސްޓަރު އަމީރު] އެ ލިސްޓްގައި އޮތް, ވަކިކުރަން ޖެހޭ," އިތުރު ޝަރުތުތައް ވެސް ނަޝީދުގެ ޓީމުން ކުރިކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެކަންކަމަށް އެއްބަސްވެ އިއުލާނު ކުރެއްވިނަމަ ތާއީދު އިތުރަށް ދަށްވީސް ކަމަށެވެ. މީގެ އިތުރުން އިންތިހާބުން ނާކާމިޔާބުމުގައި ދަ ޑިމޮކްރެޓްސްގެ ލީޑާޝިޕުން ފެތުރި ދޮގުތަކާއި އިދިކޮޅު ޕާޓީތަކުން ފެތުރި ވާހަކަތަކުގެ ހަގީގަތް ސާފުކޮށް ނުދެވުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ޕާޓީގެ 39,000 މެންބަރުން ކަނޑާލަނީ ކަމަށް ބުނެ ނަޝީދު ދެއްކެވި ވާހަކަތަކާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނާ ވާހަކަ އާއި ވެންޓިލޭޓަރު ހިޔާނާތް ކަމަށް ބުނެ ދެއްކި ވާހަކަތަކުގެ ހަގީގަތް ސާފުކޮށް ނުދެވުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހް މިރޭ ވެސް ވިދާޅުވީ ޕާޓީގެ މެންބަރުންނަށް ރައްދު ދެއްވަން ބޭނުންފުޅެއް ނުވެ އެވެ. ނަމަވެސް ހަގީގަތް ސާފުކޮށްދޭން ބައެއް ވާހަކަތައް ހިއްސާކުރަން ޖެހިވަޑައިގަންނަވާތީ އެކަންކަން ސާފުކޮށްދެއްވުމުގެ ގޮތުން އެ ވާހަކަތައް ވިދާޅުވެ ދެއްވީ އެވެ. 

"ނިއުޅެމެންދާ ކަމަށްވާނަމަ ދައްކާނެ ކިތަންމެ ވާހަކައެއް އެބަހުރި" އިތުރަށްވެސް ދައްކަވާނެ ވާހަކަތައް އެބަހުރި ކަމަށް ވިދާޅުވެ ރައީސް ސޯލިހް ވިދާޅުވި އެެވެ.

ރައީސް ސޯލިހް ވަނީ އެމްޑީޕީގެ ހަމަޖެހުމާއި ބަދަހިކަމާއި އަދި 2028 ގެ ކާމިޔާބު ހޯދުމަށް މީކާއީލަށް ވޯޓް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.