ކުރީގެ މިނިސްޓަރު ޒަމީރު --
ހަބަރު
10 Jun 2026 | 00:20
މި ހުރީ ޕީއެންސީގައި، ރައީސް މުޢިއްޒާއެކު ގަދަކޮށް: ޒަމީރު

ހުންނެވީ ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާއެކު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޒަމީރު މިހެން ވިދާޅުވީ ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުއްލި ގޮތަކަށް ފިނޭންސް މިނިސްޓަރު ކަމުން ޒަމީރު އިސްތިއުފާ ދެއްވުމާއި ގުޅިގެން ތަފާތު ވާހަކަތައް ދެކެވެމުން ދެ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ ޒަމީރު ވިދާޅުވީ އޭނާ ހުންނެވީ ކުރީއްސުރެ ގަބޫލުކުރައްވާ ފިކުރުގައި ކަމަށެވެ. އެއީ ރައީސް މުޢިއްަޒުގެ ޕީއެންސީގެ ފިކުރު ކަމަށާ އެ ފިކުރުގައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތްޕުޅެއް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވަން ބޭނުންވަނީ އަޅުގަނޑު މިހުރީ އެފިކުރުގައޭ. އިސްލާމްދީނަށް ހޯދައިދެއްވާ ކުރިއެރުމާއި، ގައުމިއްޔަތަށް ހޯދައިދެއްވާ ކުރިއެރުމާއި، އަދި ރައްޔިތުންގެ ކެރިފޯރުންތެރިކަމަށް ހޯދައިދެއްވައި ކުރިއެރުންތައް ފާހަގަކޮށް އެމަނިކުފާނާ އެކުގައޭ މިހުރީ،" ޒަމީރު ވިދާޅުވި އެވެ.

އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަކަށްޓަކައި

ޒަމީރުގެ އިސްތިއުފާއާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ވެސް ޒަމީރު ވަނީ ރައްދު ދެއްވާފަ އެވެ. ޒަމީރު ވިދާޅުވީ ޒިންމާ އަދާނުކުރެއްވޭ ފަދަ ސިއްހީ ހާލަަތެއް މެދުވެރިވުމުން ދުރަށް ޖެހިވަޑައިގަތުމަށް ބޭނުންފުޅުވީ ކަމަށެވެ.

އެ ހާލަތުގައި މަގާމުގެ ދިފާއުގައި ހުންނެވުމަކީ ގަބޫލުކުރައްވާ ގޮތް ނޫން ކަމަށް ވިދާޅުވި އެވެ.

ޒަމީރު ވަނީ އޭނާ ހުންނެވީ ރައީސް މުޢިއްޒާއެކު ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ
24 Aug 2026
އެމްޓީސީސީގެ މިދިޔަ އަހަރުގެ ސާފްފައިދާ އިތުރުވެއްޖެ
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ލިބުނުއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 98.4 މިލިއަން ރުފިޔާއެވެ
24 Aug 2026
ޓައިވާން ކަނޑުއޮޅިމަތިން އެމެރިކާގެ މަތިންދާބޯޓެއް ދަތުރުކޮށްފި
ޗައިނާގެ ސަރުކާރުގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން، ޢަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ފްލައިޓްގެ ހަރަކާތްތައް ޗައިނާއިން ވަނީ ބަލައި މޮނިޓަރުކޮށްފައެވެ
24 Aug 2026
ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، ކުދިން މަރުވާ އަދަދު އިތުރުވަނީ
ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމަޔަށް އިތުރު 5 ކުއްޖަކު މަރުވެފައިވާކަމަށެވެ.
24 Aug 2026
އިންފިނިކާ އެކަޑަމީން ރަށްރަށުގައި ފޮޓޯގްރަފީ ވޯކްޝޮޕް ހިންގުމަށް ހުޅުވާލައިފި
ސިލްސިލާގެ އެންމެ ފުރަތަމަ ވޯކްޝޮޕް ބާއްވަން ރާވާފައި އޮތީ މި މަހުގެ 28 އިން 31 އަށް ގއ. ކޮނޑޭގައެވެ
24 Aug 2026
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޝެއިޚް އަބޫ ތައިމިއްޔާގެ ބޮޑު ދަރުހެއް
މަހަލްދީބު ފައުންޑޭޝަނުގެ "Enlighten Program" ގެ ދަށުން ދިވެހިރާއްޖެއަށްއުސްތާޛް އަބޫ ތައިމިއްޔާ ކުރައްވާ ދަތުރުގެ ތެރެއިން މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ، ފުވައްމުލައް ސިޓީގައި ޝެއިހުގެ ބޮޑު ދަރުހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.