ސިވިލްކޯޓް
ހަބަރު
11 Jun 2026 | 16:22
ހިލޭޓީވީން ވަރލްޑްކަޕް ދެއްކުން ހުއްޓުވަން ސިވިލްކޯޓުގެ އަމުރެއް

ހިލޭޓީވީ ނަމަކަށް ކިޔާ ވެބްސައިޓަކުން ވަރލްޑްކަޕް ހިލޭ ދައްކާނޭކަމަށް ބުނެފައިވަނިކޮށް ސިވިލްކޯޓުން އެކަން ހުއްޓުވުމަށް އަމުރެއް ނެރެފިއެވެ.

ސިވިލްކޯޓުން މިފަދަ އަމުރެއް ނެރެފައިވަނީ ހިލޭޓީވީ ވެބްސައިޓުން ވަރލްޑްކަޕް ހިލޭ ދައްކާނޭކަމަށް ބުނެފައިވުމުން މިކަމާ ގުޅޭގޮތުން މީޑިއާނެޓުން ސިވިލްކޯޓަށް ހުށަހެޅި ވަގުތީ އަމުރަކާ ގުޅިގެންނެވެ.

މީޑިއާނެޓުން އެދުނު ވަގުތީ އަމުރުގައި ވަނީ ހިލޭޓީވީން މީޑިއާނެޓްގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށެވެ. ހިލޭ ޓީވީން މީޑިއާނެޓްގެ ފީޑްތައް އެއްކުރުމަށްފަހު އެފަރާތުގެ ވެބްސައިޓް މެދުވެރިކޮށް ފެންނާނޭކަމަށް ޓެލެގްރާމް ގްރޫޕްގައި ބުނެފައިވާކަމަށް ދައުވާކުރާ ފަރާތުން ވަނީ ބުނެފައެވެ. ވަރލްޑްކަޕް ދެއްކުމުގެ ރައިޓްސްނެތް ބަޔަކު ކުރާ މި އަމަލުތައް ވަގުތުން ވަގުތައް ނުހުއްޓުވައިފިނަމަ ދައުވާކުރާ ފަރާތުގެ މަސްލަހަތަށް އަދި އާންމުންގެ މަސްލަހަތަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭކަމަށް މީޑިއާނެޓުން ސިވިލްކޯޓަށް ހުށަހެޅި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މައްސަލަ ހުށަހެޅި މީޑިއާނެޓްގެ މައްސަލައަށް ނިޔާ އިއްވަމުން ސިވިލްކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، ސިވިލްކޯޓުން ބަލަމުންދާ މި މައްސަލައާމެދު ގޮތެއް ކަނޑައަޅައި ނިމެންދެން ހިލޭ ވެބްސައިޓަށް ދިވެހިރާއްޖޭގެ އައިޕީ އެޑްރެސްތަކުން ނުވަދެވޭނޭހެން ހެދުމަށް ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ މައްޗަށް އަންގައި އަމުރުކުރާކަމަށެވެ.

ކޮމެންޓް
ސަމަޖަން
މޫވީލިންކް އިން ފިލްމުގެ ވަގު ވިޔަފާރި ކުރުންވެސް ހުއްޓުވަން ޖެހޭ
11 Jun 2026
ގުޅޭ ލިޔުންތައް
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.