ކުރީގެ ރައީސް ނަޝީދު އަދި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް
ރިޕޯޓް
12 Jun 2026 | 22:13
ބޮޑު ފުރޮޅުމެއް: ފައްޔަގެ އެހީގައި ނަޝީދު އަލުން އެމްޑީޕީގެ ތަޚުތަށް, ދެންވާނީ ކިހިނެތް

އެމްޑީޕީގެ ހަޔާތުގައި މިއަދަކީ ވަރަށް ތާރީހީ އިންތިހާބެއް އޮތް ދުވަހެކެވެ. އެއީ ކުރިއަށް އޮތް ފަސް އަހަރަށް އެމްޑީޕީގެ އިދާރީ އެންމެ އިސް މަގާމު, ޗެއާޕާސަން ކަމަށް ބޭފުޅަކު އިންތިހާބު ކުރުމެވެ. މިއަދުގެ އިންތިހާބުގައި ވާދަކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ޕީޖީ ގުރޫޕްގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ އިންތިހާބުގެ ނަތީޖާ މިހާރު ވަނީ ގާތްގަނޑަކަށް ސާފުވެފަ އެވެ. ތަފާތު ބޮޑުކޮށް އިންތިހާބު ކާމިޔާބުކޮށް ޗެއާޕާސަން ކަމަށް އިންތިހާބުވީ ރައީސް މުހައްމަދު ނަޝީދެވެ.

މި ފަހަރުގެ އިންތިހާބުގައި ރައީިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު އޮތީ މީކާއީލަށެވެ. މީކާއީލްގެ ކެމްޕެއިންގައި ރައީސް ސޯލިހް އަމަލީ ގޮތުން ބައިވެރިވި އެވެ. މީކާއީލަށް ވޯޓްދޭން ތަކުރާރުކޮށް އެދިވަޑައިގަތެވެ.

ރައީސް ސޯލިހް، މީކާއީލްގެ ކެމްޕެއިންގައި 

އެހެން ކަމުން މި އިންތިހާބުގެ ވާދަވެރިކަން އޮތީ ވަރަށް ބޮޑުވެފަ އެވެ. އިންތިހާބު ބެލެވުނީ ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެ ބޭފުޅުންގެ އިންތިހާބެއްގެ ގޮތުގަ އެވެ. އެމްޑީޕީގެ ބާރު ދެން ފުރޮޅޭނީ ކޮން ރައީސެެއްގެ އަތްމައްޗަށްތޯ ބެލުމުގެ އިންތިހާބެއްގެ ގޮތުގަ އެވެ.

ސޯލިހަށް ދެމޮޅެއް ނުހޯއްދެވުނު, ނަޝީދު އަލުން ބާރުވެރިކަމަށް

ރައީސް ނަޝީދާއި ރައީސް ސޯލިހް, އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފުރަތަމަ ވާާދަކުރެއްވީ 2023 ވަނަ އަހަރެވެ. އެއީ އެ އަހަރު އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށެވެ. އޭރު ރައީސް ސޯލިހް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގަ އެވެ. އެ މަގާމުގައި ހުންނެވުމުން އެމްޑީޕީގެ ރައީސްކަން ވެސް އޮތީ އެމަނިކުފާނަށެވެ.

އިންތިހާބުގެ ނަތީޖާ އައީ ރައީސް ސޯލިހްގެ ކޮޅަށް ބުރަވެގެންނެވެ. އެ ފަހަރުގެ އިންތިހާބުގައި ނަތީޖާ ގަބޫލުކުރަން ނަޝީދު ދެކޮޅު ހެއްދެވި އެވެ. އިންތިހާބުން މޮޅުވީ އެމަނިކުފާނު ކަމަށް އިއުލާނުވެސް ކުރި އެވެ. 

ނަޝީދުގެ ސަޕޯޓަރުން

ނަތީޖާއެއްގެ ގޮތުން ރިޔާސީ އިންތިހާބަށް ރައީސް ސޯލިހް ނިކުންނެވީ ރައީސް ނަޝީދުގެ ތާއީދު ނެތި އެވެ. އަދި ފަހުން ދަ ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް އުފެއްދެވި އެވެ. އެމްޑީޕީން ވަކިވެ ރައީސް ސޯލިހާއި ދެކޮޅަށް ކެންޑިޑޭޓަކު ވެސް ނެރުއްވި އެވެ. ދެވަނަ ބުރުގައިވެސް ރައީސް ސޯލިހަށް ތާއީދުކުރަން ދެކޮޅު ހެއްދެވި އެވެ. 

އޭގެ ފަހުން ދަ ޑިމޮކްރެޓްސް ދޫކޮށް ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތެވެ. އެހެން ކަމުން މިރޭގެ ތާރީހީ ކާމިޔާބީ އަކީ އެމްޑީޕީގައި ނަޝީދުގެ ބާރެއް ނެތި ތިން, ހަތަރު އަހަރެއް ފަހުން އަލުން ޕާޓީގެ ބާރުވެރިކަން އެމަނިކުފާނަށް ލިބުމެވެ.

ނަޝީދުގެ އަރިހުގައި ފައްޔަ

އަދި ރައީސް ސޯލިހަށް, ނަޝީދުގެ މައްޗަށް ދެވަނަ ފަހަރަށް މޮޅެއް ނުހޯއްދެވި އަލުން އެމަނިކުފާނުގެ މައްޗަށް ނަޝީދު މިވަނީ ކުރި ހޯއްދަވާފަ އެވެ. މިއާއެކު އެމްޑީޕީގެ ތަހުތު އަލުން ނަޝީދަށް ލިބިވަޑައިގަތީ އެވެ. އެ ޕާޓީގެ އިދާރީ އެންމެ އިސް މަގާމަށް ނަޝީދު ވަޑައިގެންނެވީ އެވެ.

ނަޝީދަށް ލިބުނު ކާމިޔާބީގެ ހަގީގީ ލީޑަރަކީ ފައްޔާޒް

މި ފަހަރުގެ އިންތިހާބަށް ނިކުންނެވުމުގައި ރައީސް ނަޝީދަށް އެންމެ ބޮޑު އިތުބާރަކަށްވީ އެމަނިކުފާނަށް, ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް (ފައްޔަ) އެކީގައި ހުންނެވުމެވެ. ނަޝީދާއެކު ކެމްޕެއިނަށް ހުރިހާ ރަށަކަށް ވަޑައިގެންނެވި އެވެ.

ނަޝީދުގެ ވަފާތެރި ހުރިހާ މެންބަރުންގެ ނަޒަރުގައިވެސް އެމަނިކުފާނަށް ލިބުނު މި ބޮޑު ކާމިޔާބީގެ ހަގީގީ ލީޑަރަކީ ފައްޔާޒެވެ.

ބޮޑު ސުވާލަކީ އެމްޑީޕީއަށް ދެން ވާނީ ކިހިނެތްތޯ

މިރޭގެ އިންތިހާބުގެ ނަތީޖާއާއެކު އެމްޑީޕީއަށް ދެން ވާނެ ގޮތަކާމެދު އުފެދޭ ސުވާލު އިތުރުވީ އެވެ. އެންމެ ބޮޑު ސުވާލަކީ އިހު, އެންމެ ކުރީ އެމްޑީޕީ އޮތް ފަދައިން ވަރުގަދަ ބަދަހި ކަމަކާއެކު ދެ ފެކްޝަނުން ގުޅިގެން ކުރިއަށްދާނެތޯ އުފެދޭ ސުވާލެވެ.

އެ ސުވާލަކަށް ޖަވާބެއްދޭން އަދި މާ އަވަހަށެވެ. ނަމަވެސް ރައީސް ސޯލިހް ވަނީ ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް އެމްޑީޕީގައި ގަދަކޮށް ހުންނަވާނެ ކަމުގައި ވިދާޅުވެފަ އެވެ.

އެހެން ސުވާލެއް ވެސް އެބަ އޮތެވެ. އެއީ ރައީސް ނަޝީދާއި ފައްޔާޒު އެކުގައި ނިކުންނަވާ އިއުލާނު ކުރެއްވި ގޮތަށް ކަންކަން ހިނގާނެތޯ އުފެދޭ ސުވާލެވެ. ރިޔާސީ ރޭހުގައި ފައްޔައަށް ތާއީދު ކުރައްވާ އޭނާގެ ފަހަތުގައި ނަޝީދު އެގޮތުގައި ހުންނަވާނެތޯ އުފެދޭ ސުވާލެވެ. މި ހުރިހާ ސުވާލަކަށް ޖަވާބު ލިބޭނީ އެކަމުގެ އަސްލު ވަގުތު ޖެހުންނެވެ. އޮތީ އިންތިޒާރު ކުރުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.