ރައީސް މިރޭ ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: ޕީއެންސީ
ހަބަރު
14 Jun 2026 | 22:42
ރައީސް ޑރ.މުއިއްޒު ހާމަކޮށްދެއްވީ ދަރަނި ދެމިގެން ގޮސްފައިވާ މިންވަރު

މީގެ 18 އަހަރުކުރިން ރާއްޖެއިން ނެގި ދަރަނިތައް އަދިވެސް ދައްކަމުންގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ.މީދޫ ކައުންސިލް ވެރިކަންކުރާ ޕީއެންސީއަށް ކާމިޔާބުވުން ފާހަގަކުރުމުގެ ގޮތުން މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވަނީ ރާއްޖޭގެ ދަރަނީގެ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. އެގޮތުން ރައީސް ދެއްވި ޕްރެޒެންޓޭޝަނުގައި ވަނީ އަދުގެ ސަރުކާރުން މިހާތަނަށް އަދާކުރި ދަރަންޏާބެހޭ މައުލޫމާތު ތަފްސީލީ ގޮތެއްގައި ހިއްސާކުރައްވާފައެވެ.

ރައީސް ޑރ.މުއިއްޒުގެ ވާހަކަފުޅުން އެންމެބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ދަރަނި އަދާކުރުމުގައި މީގެ ކުރިން އެހާބޮޑު އަހަމިއްޔަތުކަމެއް ދެއްވާފައި ނުވާކަމެވެ. އެގޮތުން ކުރީގެ ރައީސް މައުމޫނު ދިވަސްވަރު ނެގި ދަރަނިތައް އަދިވެސް ދައްކަމުންދާކަމަށް ރައީސް ދެއްވި ޕްރެޒެންޓޭޝަނުން ހާމަވިއެވެ. ކުރީގެ ރައީސް މައުމޫންގެ ވެރިކަން ނިމިގެންގޮސްފައިވަނީ 2008 ވަނަ އަހަރެވެ. އޭގެ ފަހުން މިއަދާ ހަމަޔަށް 18 އަހަރު ފުރުނުއިރު، އެދުވަސްވަރު ނަގާފައިވާ ދަރަނިތައް އަދިވެސް އަދާކޮށް ނުނިމޭކަން ރައީސް ހާމަކުރެއްވި މައުލޫމާތުތަކުން އެނގެެއެވެ.

އަދުގެ ސަރުކާރުން އަދާކުރި ދަރަނީގެ ވާހަކަތައް ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް އާއިރު، 2008 ވަނަ އަހަރުގެ ކުރިން ނަގާފައިވާ ދަރަނިތަކުން އެކަނިވެސް 38.1 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިވާކަމަށެވެ. 

ރައީސް މައުމޫނުގެ ވެރިކަމުގައި ނަގާފައިވާ ލޯނުތަކުގެ އިތުރުން ކުރީގެ ރައީސް ނަޝީދު އަދި ރައީސް ވަހީދުގެ ވެރިކަމުގައި ނެގި ލޯނުތަކަށް މި ސަރުކާރުން 62.5 މިލިއަން ޑޮލަރު ދައްކާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ޔާމީނުގފެ ވެރިކަމުގައި ނަގާފައިވާ ލޯނުތަކަށް 198.7 މިލިއަން ޑޮލަރު އަދި ރައީސް ސޯލިހުގެ ސަރުކާރުގައި ނެގި ލޯނުތަކަށް 891.2 މިލިއަން ޑޮލަރު އަނބުރާ ދެއްކުނުކަން ރައީސް ފާހަގަކުރެއްވިއެވެ.

ކުރީގެ ސަރުކާރުތަކުން ނެގި ދަރަންޏަށް ބަލައިރު، ރައީސް މައުމޫނުގެ ވެރިކަމުގައި ނަގާފައިވާ ދަރަނީގެ ތެރެއިން އަދި މިހާތަނަށް ދައްކަންޖެހޭ 106.3 މިލިއަން ޑޮލަރު އެބައޮތެވެ. ރައީސް ނަޝީދު އަދި ރައީސް ވަހީދުގެ ވެރިކަމުގައި ނަގާފައިވާ ލޯނުތަކަށް 150.4 ދައްކަންޖެހޭއިރު، ރައީސް ޔާމީނު ވެރިކަމުގައި ނަގާފައިވާ ލޯނުތަކަށް ދައްކަންޖެހޭ އަދަދު އުޅެނީ 710.4 މިލިއަން ޑޮލަރުގައެވެ. ދަރަނި އެންމެ ބޮޑަށް ދައްކަންޖެހެނީ ރައީސް ސޯލިހް ވެރިކަމުގައި ނެގި ލޯނުތަކަށެވެ. އެގޮތުން އެ ލޯނުތަކަށް އަދިވެސް ނުދައްކާ 1.1 ބިލިއަން ޑޮލަރު އެބައޮތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.