އަރަބިއްޔާ ސުކޫލުގެ ދަރިވަރުންތަކެއް --
ހަބަރު
15 Jun 2026 | 12:26
އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ހުޅުވަނީ

އަންނަ ދިރާސީ އަހަރު އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ހުޅުވައި އެ ތަނުގައި ކިޔަވާދޭން ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ޕީއެންސީގެ ކެންޑިޑޭޓް އިންތިހާބުވުމުގެ އުފަލުގައި ރޭ އެ ރަށުގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ނިމިދިޔަ ދެ ސަރުކާރަށް ފާޑުވިދާޅުވެ ރައީސް ވަނީ އެމްޑީޕީ ސަރުކާރުން އަރަބި އިސްލާމީ ތައުލީމު ނައްތާލަން މަސައްކަތް ކުރި ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން އަރަބި އިސްލާމީ ތައުލީމަށް ހާއްސަ ހަމައެކަނި ސުކޫލު ތަޅާލައި މަގުމަތިކުރި ކަމުގައި ވިދާޅުވި އެވެ.

"ރެފިއުޖީންގެ ގޮތުގައި ހެދޭ އަރަބިއްޔާ ސުކޫލުގެ ދަރިވަރުންނާއި ބެލެނިވެރީން. އެހެން ނަމަވެސް ބިނާކުރަނިވި ފިކުރުން މިވަނީ އަރަބިއްޔާ ސުކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސައިދީ ސުކޫލެއް އަޅާ ދެމުން މި ދަނީ. އިރާދަކުރެއްވިއްޔާ އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއެކު އެ ސުކޫލުގައި ކިޔަވައިދޭން ފެށިގެންދާނެ," ޕީއެންސީގެ ފިކުރަނީ އިސްލާމްދީނަށް ނަސްރުދީ ބިނާކުރަނިވި ފިކުރެއް ކަމުގައި ވިދާޅުވާ ވިދާޅުވުން ރައީސް ރޭ ތަކުރާރު ކުރެއްވި އެވެ.

އަރަބިއްޔާ ސުކޫލު އިމާރާތް ކުރުމަށް މިދިޔަ ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް ދައުރު ނިމުނުއިރު ވެސް އެކަން ފެށިފައިވެސް ނުވެ އެވެ.

މި ސަރުކާރުން ދަނީ އާރުސީސީއާ ހަވާލުކޮށްގެން އަރަބިއްޔާ ސުކޫލު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކުރީގެ އެއްނަންބަރު ކުނިކޮށި ހުރި ބިމުގައި އެ ސުކޫލު އިމާރާތް ކުރުމުގެ މަސައްކަތް އާރުސީސީން ދަނީ ބާރު ސްޕީޑްގައި ކުރަމުންނެވެ.

އާރުސީސީއަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މިވަގުތު އެންމެ އިތުބާރުހުރި ކުންފުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.