ރޭގެ މެޗުގައި ސައުދީގެ ދިދަ ވިނަގަނޑުމަތީ ބޭއްވުމުގެ ބަދަލުގައި ދިދަ ހިފަހައްޓައިގެން --
16 Jun 2026 | 18:39
އެންމެ ދިދައެއް ފިޔަވާ ހުރިހާ ގައުމެއްގެ ދިދަތައް ވިނަގަނޑުމަތީ, މި ދިދަ ޚާއްސަ

ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖްގެ މެޗުތައް ކުޅެމުންދާއިރު މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކާއި އެ ޓީމުތަކުގައި ހިމެނޭ މުހިންމު ކުޅުންތެރީންނާއި މެޗުތައް ކުޅެވޭ ސްޓޭޑިއަމްތަކާއި މުބާރާތް ބާއްވާ ގައުމުތަކުން ވެފައިވާ ތައްޔާރީތަކާއި މި ނޫންވެސް ތަފާތު އެކި ކަންކަމާއި ގުޅޭ ހަބަރުތަކަކީ މި ދުވަސްވަރު އެންމެ ހިނގާ ހަބަރުތަކެވެ. އާންމުންގެ މެދުގައި އެންމެ މަގުބޫލް, އަދި އެންމެ ޝައުގުވެރި ވާހަކަތަކެވެ.

ރާއްޖެ ގަޑިން ރޭ މެންދަމު 3:00 ގައި ސައުދިއަރަބިއްޔާ އާއި އުރުގުއޭގެ މެޗު އޮތީ އިސްލާމީ ގައުމުތަކާއި ބޮޑު އަދާވާތްތެރިކަމެއް އޮތް އެމެރިކާގަ އެވެ. މި އަހަރުގެ މުބާރާތުގަައި, މެޗު ފެށުމުގެ ކުރީން ދެ ގައުމުގެ ގައުމީ ދިދަ މެޗުކުޅޭ ދަނޑުގެ ވިނަގަނޑު މަތީގައި ފަތުރާލަ އެވެ.

ނަމަވެސް ސައުދީ - އުރުގުއޭ މެޗު ތަފާތެވެ.

ރޭގެ މެޗުގައި ދެ ޓީމުގެ ދިދަ ވިނަގަނޑުމަތީ ބޭއްވުމުގެ ބަދަލުގައި ދިދަ ހިފަހައްޓައިގެން --

ކޮންމެ ގައުމެއްގެ ވެސް ގައުމީ ދިދައަކީ ހާއްސަ އަހަންމިއްޔަތުކަމެއް ދެވޭ އެއްޗެކެވެ. ދިދައަށް ހާއްސަ ގަވާއިދުތައް ހަދާފައި ހުރެ އެވެ. ރަސްމީ ކަންކަމުގައި ބޭނުން ކުރާނެ ދިދަ އާއި އާންމު މުނާސަބަތުތަކުގައި ބޭނުންކުރާ ދިދަ ވެސް ހުރެ އެވެ. ދިދަ ބޭނުން ކުރާން ޖެހޭ ގޮތާއި ދިދައާ ގުޅޭ ޚާއްސަ ގަވާއިދުތައް ތަންފީޒު ކުރަމުންދެ އެވެ.

ސައުދިއަރަބިއްޔާގެ ގައުމީ ދިދަ ބޭނުންކުރުމާއި ގުޅޭ ހާއްސަ އުސޫލެއް އޮވެ އެވެ. ސައުދި އަރަބިއްޔާގެ ގައުމީ ދިދާގައި ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވުމުން އެއީ މުސްލިމުންގެ މެދުގައި ވަރަށް ހާއްސަ ކަމެއް ދެވިފައިވާ ދިދައަކަށް ވަނީ ވެފަ އެވެ. އެއީ އެންމެ މާތް, އެންމެ މުގައްދަސު ކަލިމަ ލިޔެފައިވާތީ އެވެ.

ރޭގެ މެޗުގައި ސައުދީގެ ދިދަ ވިނަގަނޑުމަތީ ބޭއްވުމުގެ ބަދަލުގައި ދިދަ ހިފަހައްޓައިގެން --

އެހެން ކަމުން އެ ދިދަ ބިންމަތީގައި ނުވަތަ ވިނަގަނޑުގެ މަތީގައި ބޭއްވުމަކީ ވެސް ސައުދީގެ ގައުމީ ދިދަ ބޭނުން ކުރުމުގެ އުސޫލާއި ހިލާފު ކަމެކެވެ. އެ އުސޫލަށް އިހްތިރާމް ކުރުމުގެ ގޮތުން ރޭ އޮތް މެޗު ފެށުމުގެ ކުރީން ސައުދީގެ ގައުމީ ދިދަ ގެންގުޅެފައިވަނީ ވިނަގަނޑުމަތީގައި ނުބާއްވާ އޭގެ ތަންކޮޅެއްގެ މަތީގައި ހިފަހައްޓައިގެންނެވެ. އަދި ދެ ގައުމުގެ ހަމަހަމަކަން ހިފެހެއްޓުމުގެ ގޮތުން އުރުގުއޭގެ ދިދައާމެދުވެސް އެފަދައިން އަަމަލުކޮށްފައިވެ އެވެ.

ރޭގެ މެޗާއި ގުޅޭގޮތުން އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެއް ކަމަކީ އެއީ އެވެ.

މި މަންޒަރުތައް ސައުދި އަރަބިއްޔާގެ ގައުމީ ޓީމު ކުޅޭ ކޮންމެ މެޗަކުން ފެންނާނެ އެވެ. މިއީ މި ފަހަރުގެ ވޯލްޑްކަޕްގައި ފެންނާނެ ތަފާތު މަންޒަރެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.