ވީއައިއޭގެ އާ އޭޕްރަން ބޭނުންކުރަން ފަށައިފި

17 Jul 2019 | 14:32

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުގެ ދަށުން ހެދި އާ އޭޕްރަން އިފްތިތާހުކޮށްފިއެވެ.

އާ އޭޕްރަން ހުޅުވާފައިވަނީ މިއަދު ހެނދުނެވެ. މި އޭޕްރަންގައި އެންމެ ފުރަތަމަ ޕާކްކޮށްފައިވަނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓެކެވެ. އެ އެއާކްރާފްޓަށް ވަނީ ވޯޓާ ސެލިއުޓެއް އަރުވާފައެވެ.

މިއީ އެ އޭޕްރަންގެ ފުރަތަމަ ފިޔަވައްސެވެ.

މި އޭޕްރަން ހެދުމަށް ފަނަރަ މަސްދުވަސް ހޭދަވިކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ.

މި އޭޕްރަން ހުޅުވުމަށް މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަފުުޅު ދައްކަވަމުން އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ކޯޕަރޭޓް ކޮމިޔުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ މި ފަސްޓްފޭސް އޭޕްރަން އަކީ ގާތްގަނޑަކަށް 70 ހާސް އަކަމީޓަރުގެ އޭޕްރަން އެއްކަމަށެވެ. އަދި މިތަނުގައި ގަތްގަނޑަކަށް ތިން މާސް ކޯޓު އީގެ އެއާކްރާފްޓް ބޭއްވޭނެ. މާސް ސްޓޭންޑަކީ އެއް ވައިޑް ބޮޑީ ސްޓޭންޑްގައި ދެ ނެރޯ ބޮޑީ ބޭއްވޭނެކަމަށް ހަސަން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް