ރާއްޖޭގައި ހެލްތް އިންޝުއަރެންސް ކޮންފަރެންސެއް ބާއްވަނީ

17 Jul 2019 | 13:47

ރާއްޖޭގައި ހެލްތް އިންޝުއަރެންސް ދާއިރާގެ ޚާއްސަ ކޮންފަރެންސެއް ބޭއްވުމަށް ނިންމައިފިއެވެ.

އެލައިޑް އިންޝުއަރެންސް ކުންފުންޏާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން ބާއްވާ މި ބައްދަލުވުމުގެ ނަމަކީ "ފެއަރ މެޑިކަލް އިންޝުއަރަންސް އަދި ހެލްތް ކެއަރ ކޮންގްރެސް"އެވެ.

މިމަހުގެ 22 - 24 ގެ ނިޔަލަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބާއްވާ މި ބައްދަލުވުމަކީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަަމަ ބައްދަލުވުމެވެ.

އެލައިޑުން މައުލޫމާތު ދޭގޮތުގައި މި ކޮންގްރެސްގައި ބައިވެރިވުމަށް ގިނަ ފަރާތްތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެކުންފުނިން އިތުރަށް ބުނީ ރާއްޖެއިން އިންޝުއަރަންސްގެ ދާއިރާއިން ހޯދާ އެކި އެކި ކުރިއެރުންތަކުގައި އެމްއެމްއޭއިން ލިބެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރާކަމަށެވެ. 

މިއީ ފެޑެރޭޝަން އޮފް އެފްރޯ-އޭޝިއަން އިންޝުއަރަރސް އެންޑް ރީއިންޝުއަރަރސްއިން ބާއްވާ ބައްދަލުވުމެކެވެ. 

އެއީ އޭޝިއާ އަދި އެފްރިކާ ބައްރުގެ އިންޝުއަރަންސް އަދި ރީއިންޝުއަރަންސް އާއި ބެހޭ މައުލޫމާތު ގައުމުތަކުގެ މެދުގައި ބަދަލުކޮށް އިލްމީ އަދި ފަންނީ މާހިރުންގެ އެހީގައި އިންޝުއަރަންސް އިތުރަށް މުއްސަނދިކޮށް ޒަމާނީ ކުރިއެރުންތަކެއް ހޯދުމުގެ މަގުސަދުގައި 1964ގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ.

Advertisement

ކޮމެންޓް