އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު- ފޮޓޯ/ މަޖިލިސް
ހަބަރު
24 Jun 2026 | 11:58
ސްކޫލްތަކުގެ ނަން ބޭނުން ކޮށްގެން ޔޫނިއަން ހެދުމަކީ ހުއްދަކަމެއް ނޫން: ވަޒީރު

ސުކޫލުތަކުގެ ނަންނަމުގައި ޔޫނިއަންތައް އުފެއްދުމަކީ ޔޫނިއަންތައް އުފެއްދުމުގެ ޤަވާއުދާ ޚިލާފް ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޛާކިރުގެ ސުވާލަކަށް ޖަވާބުދެއްވަމުން ޝަފީޢު ވިދާޅުވީ، ޔޫނިއަން ރަޖިސްޓްރީކުރުމާބެހޭ ގަވައިދުގައިވާ ގޮތުން ޔޫނިއަންގެ ނަމުގައި ބައެއް ކަހަލަ ނަންނަން ބޭނުމެއް ނުކުރެވޭނެއެވެ.

އޭގެ ތެރޭގައި ދިވެހި ދައުލަތުގެ ނުވަތަ ސަރުކާރުގެ މުއައްސަސާއެއްގެ ނަމެއް، ނުވަތަ އެފަދަ ނަމަކާ އޮޅުންއަރާފާނެ ފަދަ ނަމެއް ޔޫނިއަކަށް ނުކިޔޭނެ ކަމަށް ބަޔާންކޮށްފައިވާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އާއްމު ކުންފުނިތަކާ އިދާރާތަކާ ޚިލާފަށް ސުކޫލު މަދަރުސާތަކަކީ ޚާއްސަ ސިފަތަކެއް ލިބިގެންވާތަނެއް. ޚާއްސަ ހިފެހެއްޓުންތަކެއް ހުންނަތަނެއް. ސުކޫލުތަކަކީ ވަރަށް ގިނަ ބައެއްގެ އިހްސާސްތަކާ ހިތާއި ގުޅިފައިވާތަނެއް. 

ވަޒީރު ޝަފީޢު

ވަޒީރު އިތުރަށް ވިދާޅުވީ މުދައްރިސުންގެ ހައްގުތައް ހިމާޔަތްކުރުމަށް ބޭރު ގައުމުތަކުގައިވެސް ޔޫނިއަންތައް އުފައްދައިފައިވާ ކަމަށާ، އެ ޔޫނިއަންތައް އުފައްދާފައި ހުންނަނީ ގައުމީ ފެންވަރުގައި، ނުވަތަ އެ ސަރަހައްދަކަށް ނިސްބަތްކޮށް ކަމަށެވެ.

އަދި ޔޫނިއަން ތަކުގެ ޤަވާއިދަށް ބަލާއިރު ސްކޫލުތަކުގެ ނަންތައް ބޭނުންކޮށްގެން ޔޫނިއަންތައް އުފެއްދިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު- ފޮޓޯ/ މަޖިލިސް

"އެ ރަޖިސްޓްރީކުރެވިފައި އޮތީ އެންމެ ރަނގަޅު ގޮތަކަށް ކަމަށް އަޅުގަނޑުމެން ނުދެކެން، އެ މައްސަލަ މިހާރު އަޅުގަނޑުމެން ވާނީ ޔޫނިއަންގެ ރަޖިސްޓްރާއަށް ހުށަހެޅުމަށްޓަކައި ތައްޔާރުވަމުން، ސްކޫލުގެ ޕްރިންސިޕަލް އަމަލުކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން ދެއްވައިފައިވާ އިރުޝާދާ އެއްގޮތަށް،"

ވަޒީރު ޝަފީޢު

ވަޒީރު ވިދާޅުވީ ޓީޗަރުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ރާއްޖޭގައިވެސް ޓީޗާސް އެސޯސިއޭޝަން ނަމުގައި ޖަމިއްޔާއެއް އޮންނަ ކަމަށާ، އެ އެސޯސިއޭޝަނުގެ ކަންބޮޑުވުންތައް އަހައި، އަމިއްލަ އިސްނެންގެވުމަށްވެސް ގުޅުއްވައި ޚިޔާލު ހޯއްދަވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.