ކައުންސިލްގެ ބިދޭސީ މުވައްޒިފުން ކުނި ނެގުމުގެ މަސައްކަތުގައި
ހަބަރު
26 Jun 2026 | 16:54
ތިން ދުވަހުން ޓީޖެޓީ ސަރަހައްދު 46 ޓަނުގެ ކުނި، ކުނިއަޅާ މީހުންގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ

މާލެ ސިޓީގެ ހުޅަނގު-ދެކުނު ފަރާތު، ޓީޖެޓީ ސަރަހައްދާއި އިންވެގެން އޮތް ބޮޑުތަކުރުފާނު މަގު ގެ ސަރަހައްދު ސާފު ކުރުމުގެ ހާއްސަ މަސައްކަތުގެ ދަށުން އެ ސަރަހައްދުން 46 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ. 

ޓީޖެޓީ ސަރަހައްދު ސާފު ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ފެށި މި މަސައްކަތުގެ ދަށުން، ތިން ދުވަސްތެރޭ 19 ޓަނުގެ ކުނި ވަނީ އެ ސަރަހައްދުން ނަގައި އުކައިލައިފައެވެ.

މާލެ ސިޓީ ކައުންސިލްގެ ވޭސްޓް ސެކްޝަނާއި ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ މާލެ ސާފުތާހިރުކޮށް ބޭއްވުމާއި، މަގުތަކަކީ ހިތްފަސޭހަ ތަނަކަށް ހެދުމެވެ. ކައުންސިލުން ފާހަގަކުރާ ގޮތުގައި މަގުތަކަށް އުކައިލާ ކުނި، ކާނުތަކަށް އެޅި ބެދުމުގެ ސަބަބުން، ވާރޭވެހޭ ދުވަސްވަރު އެ ފެން ކާނުތަކުން ބޭރުނުވެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް އިންތިހާއަށް ދަތިތަކާ ކުރިމަތިވެއެވެ.

މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެއާއި ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަށް ކައުންސިލްގެ މުވައްޒަފުން ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ޢާޒިމް އިތުރަށް ވިދާޅުވީ ކުނީގެ މައްސަލައަކީ ރައްޔިތުންގެ ހޭލުންތެރިކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން، މަގުތަކާއި ޕާކުތަކާއި މައިޒާންތަކުގެ އިތުރުން ފަޅުތެރެއަށް ވެސް ކުނި ނޭޅުމަށް، މޭޔަރ ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވައިފައެވެ. މާލެއަކީ ސާފު، ރީތި، އަދި ހިތްގައިމު ސިޓީއަކަށް ހެދުމަށް ހުރިހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް މޭޔަރ އަންނަނީ ތާފާތު ފޯރަމްތަކުގައި ތަކުރާރުކޮށް ވިދާޅުވަމުންނެވެ. 

މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދިނުމަށް ކައުންސިލުން އެދެއެވެ. މީގެ އިތުރުން ކައުންސިލްގެ ހޮޓްލައިން 1622 އަށް ގުޅައިގެން ވެސް މި ފަދަ މައްސަލަތައް ރިޕޯޓް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ