ރައީސް ޑރ.މުޙައްމަދު މުޢިއްޒު- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
29 Jun 2026 | 10:16
ބީއެމްއެލްއިން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަމަހު ފެށޭނެ: ރައީސް މުޢިއްޒު

މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ރަށްރަށުގަޔާއި މާލެ ސަރަހައްދުގައި ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަޅާ ހައުސިން ޔުނިޓްތަކުގެ ޢަމަލީ މަސައްކަތް އަންނަ ޖުލައި މަހު ފެށޭނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ 13 ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމަށް އެޑްވާންސް ޕޭމަންޓު ހަމަޖެހި، ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށެވެ. 

އަދި ހުޅުމާލެއާއި ވިލިމާލޭގައި ބީއެމްއެލް އިން އަޅާ ހައުސިން ޔުނިޓްތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައްވެސް ވެ ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ މި އަންނަ މަހުގެ ތެރޭގައި މީގެ ތެރެއިން އެއް ޕްރޮޖެކްޓެއް ފިޔަވައި، ނޫނިއްޔާ ހަމަ ހުރިހާ ޕްރޮޖެކްޓެއް ޢަމަލީ ގޮތުން ފައުންޑޭޝަނަށް އަޅަންޖެހޭ ކޮންކްރިޓް އެޅިގެން ފިޒިކަލް ވޯކް، މިހާރުވެސް މަސައްކަތް އެބަ ހިނގާ. ފައުންޑޭޝަން އެޅުމަށް ކުރަންޖެހޭ މަސައްކަތް އެބަދޭ ކުރިއަށް. އެހެންނަމަވެސް، ފައުންޑޭޝަން ކޮންކްރިޓިން ވޯކް މި އަންނަ ޖުލައި މަސް ތެރޭ ފެށިގެންދާނެ ކަމަށް މިއަދު ހެނދުނު އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ

ރައީސް މުޢިއްޒު

މީގެ އިތުރުން މި ވެރިކަން ފެށިގެން އައި އިރު ހުއްޓިފައިހުރި ވަރަށް ގިނަ ހައުސިން މަޝްރޫޢުތައް މިހާރުވެސް ފެށިގެން ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އިތުރު ހައުސިން މަޝްރޫޢުތައް ކުރިއަށް ހުޅުވާލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކާ ވާހަކަދެކެވި، ޢަމަލީ ގޮތުން މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަދަންޖެހޭ އެގްރީމަންޓް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. 

ހަމަ އެހެންމެ އިންޑިޔާ އަދި ޗައިނާއާއެކު އޮންނަ ގާތް ގުޅުމުގެ ތެރެއިންވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ މި ދައުރުގައި ފަށާ ބޯހިޔާ ވަހިކަމުގެ މަޝްރޫޢު ދައުރު ނިމުމުގެ ކުރިން ނިންމަވައި، އެ ތަންތަނުގައި އުޅެވޭ ވަރަށް ނިންމަވައި ތަޅުދަނޑި ހަވާލުކުރެއްވުން ކަމަށެވެ.  

އެގޮތުން، އަންނަ އަހަރު ނިމޭކޮޅު ބައެއް ހައުސިން މަޝްރޫޢުތައް ނިންމާލެވޭނެ ކަމަށާ، 2028 ވަނަ އަހަރުގެ މެދުތެރޭގައި އަނެއްބައި މަޝްރޫޢުތައް ނިންމާލެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މަޝްރޫޢުވެސް ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.