އާރްޓީއެލް ފެރީ ގެ ތަސްވީރެއް.
ހަބަރު
29 Jun 2026 | 14:31
އާރްޓީއެލް ފެރީގެ ޚިދުމަތް ރައްޔިތުން ބޭނުންވާ ފެންވަރަށް ގެނެސްދޭނަން: ރައީސް މުޢިއްޒު

އާރްޓީއެލް ފެރީގެ ޚިދުމަތަކީ ރައްޔިތުން ބޭނުންވާ ފެންވަރުގައި ދެވޭ ހިތްފަސޭހަ ޚިދުމަތަކަށް ހެއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މި ޚިދުމަތް މުޅި ރާއްޖެއަށް ގުޅައިލުމުގެ މަސައްކަތް ކަނޑައެޅި ތާވަލާ އެއްގޮތަށް ނުނިމި ލަސްވެފައިވާ ކަމަށެވެ.

އެކަން ލަސްވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި ދަތިތަކުގެ ސަބަބުން ފައިސާ ޚަރަދުކުރުމުގައި އިސްކަންދޭ ތަރުތީބު ކަނޑައަޅަން ޖެހުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އާރްޓީއެލް ޚިދުމަތަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ގާއިމުކުރަން މަސައްކަތްކުރާކަމެއް. ކަނޑައެޅި ޓާގެޓަށް ނިންމުމުގަ ޑިލޭތަކެއް އައިއްސި. ހަނގުރާމައިގެ ހާލަތުގަ ރާއްޖެއަށް ވެސް ދިމާވި ދަތިތައް ފައިސާ ޚަރަދުކުރުމުގަ އިސްކަންދޭންޖެހޭ ތަރުތީބު ކަނޑައެޅުމުގައި. ބައެއް ކަންކަން މަޑުޖެހިފައި އެބަހުރި. އަޅުގަނޑުމެން މި ބަލަނީ އާރްޓީއެލް ޚިދުމަތަކީ ހިތްފަސޭހަ ޚިދުމަތަކަށް ހަދަން. މީހުން ބޭނުންވާ ފެންވަރުގަ އަވަހަށް ރަނގަޅަށް ދެވޭ ޚިދުމަތަކަށް ހެދުމަށް" ރައީސް ވިދާޅުވިއެވެ.

2022 ވަނަ އަހަރު ފެށި މި ޚިދުމަތް މިހާތަނަށް 15 އަތޮޅެއްގައި ވަނީ ޤާއިމުކޮށްފައެވެ. މިހާރު 35 ލޯންޗު ބޭނުންކުރަމުން އަންނައިރު އިތުރު 12 ލޯންޗު ބަނުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މި ޚިދުމަތް ރާއްޖޭގެ 145 ރަށަކަށް ލިބެމުން އަންނައިރު މުޅި ރާއްޖޭގައި ޚިދުމަތް ފެށުމަށް ފަހު ދެން ފަށާނީ އެއް އަތޮޅުން އަނެއް އަތޮޅާ ގުޅުވައިލުމުގެ މަސައްކަތް ކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.