މަދަނީ އުދުހުންތަކާބެހޭ ވަޒީރު އަމީން- ފޮޓޯ/ މަޖިލިސް
ހަބަރު
30 Jun 2026 | 13:02
ވައިޑް ބޮޑީ އެއާކްރާފްޓުގައި މިހައިތަނަށް 67،000 ފަސިންޖަރުން އުފުލައިފި؛ މިއަހަރު އިތުރު ބޯޓެއް ގެންނަނީ

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް ބޮޑީ އެއާކްރާފްޓުގައި މިހައިތަނަށް 67،000 ފަސިންޖަރުން އުފުލާފައިވާ ކަމަށާއި މިއަހަރުގެ ފަހުކޮޅު އިތުރު ބޯޓެއް ރާއްޖެ ގެންނާނެ ކަމަށް މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް : ފޮޓޯ/ މަޖިލިސް

އަމީން ވިދާޅުވީ ވައިޑް ބޮޑީ އެއަރ ކްރާފްޓުގެ ޚިދުމަތް ތަޢާރަފުކުރި ފަހުން ހޭދަވީ 16 މަސް ދުވަހުގެ ތެރޭގައި 67000 މީހުން އެ ޚިދުމަތް ބޭނުންކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން 55000 މީހުންނަކީ ފަތުރުވެރިން ކަމަށްވާއިރު، ޙައްޖު ދަތުރުތަކާއި ޢުމްރާ ދަތުރުތަކުގެ އިތުރުން މުހިންމު އެހެން ހާލަތުތަކުގައި ވެސް ވައިޑް ބޮޑީ އެއަރ ކްރާފްޓުގެ ޚިދުމަތް ޗާޓަރުކޮށްގެން ހޯދާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރައީސް މުޢިއްޒުގެ ވަޢުދުފުޅާއެއްގޮތަށް އިތުރު ވައިޑް ބޮޑީ އެއާކްރާފްޓެއް ހޯދުމުގެ މަސައްކަތް މިހާރު ނިމުމަކާ ހިސާބަށް އައިސްފައިވާ ކަމަށެވެ. 

މިފަދަ ބޮޑެތި މަތިންދާބޯޓުތައް ހޯދުމުގައި ދުނިޔޭގެ ބާޒާރުގައި މިވަގުތު ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާ، ޚާއްސަކޮށް މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ދަތިތައް ހުރި ކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރު ދެވަނަ ވައިޑް-ބޮޑީ ބޯޓު ގެނެސް އަންނަ އަހަރު އޮޕަރޭޓް ކުރަން ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ހަނގުރާމައިގެ ހާލަތު ފަދަ ހާލަތެއް ދިމާވާއިރު ރާއްޖޭގެ އަމިއްލަ ކޮންޓްރޯލް އޮތް ވައިޑް ބޮޑީ އެއަރ ކްރާފްޓެއް މުހިންމު ކަމަށާ، ކޯވިޑުގެ ހާލަތުގައި ވެސް ރާއްޖޭގެ އެއަރބަސް އޮޕަރޭޝަން އޮތުމުން ޒަރޫރީ ބޭސް ގެނައުމަށް ފުރުސަތު ލިބިގެންދިޔަކަމަށެވެ. 

"އެނގިވަޑައިގަންނަވާނެ ކޯވިޑްގެ ހާލަތުގައި ވެސް ރާއްޖޭގެ އެއަރބަސް އޮޕަރޭޝަން އޮތީމަ ރާއްޖެއަށް ލިބިގެންދިޔަ ޒަރޫރީ ބޭސްގެނައުމަށް ފުރުސަތު." ވަޒީރު އަމީން ވިދާޅުވިއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން: ފޮޓޯ/ މަޖިލިސް

ވައިޑް ބޮޑީ އެއާކްރާފްޓުގެ ދަތުރުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ޗައިނާގެ ތިން މަންޒިލަކާއި އިންޑިއާ އާއި ބަންގްލަދޭޝްގެ އިތުރުން އޮސްޓްރޭލިއާއަށް ވެސް ދަތުރުތައް ފަށާފައިވާ ކަމަށެވެ. އަދި ޕީކް ސީޒަންގައި، އުމްރާވެރިން އަދި ހައްޖުވެރިން ސައުދީއަށް އުފުލުމުގައިވެސް އެ ބޭނުން ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. 

"ޗައިނާ އިންޑިއާ އަދި މީގެ އިތުރުން އަޅުގަނޑުމެން، މި ދިމާވި މެދުއިރުމަތީގެ ހަނގުރާމައިގައި ރާއްޖޭގެ ޓޫރިޒަމަށް ދިމާވި މައްސަލަތަކާ ގުޅިގެން އަޅުގަނޑުމެން އޮސްޓްރޭލިއާއަށް މިހާރު ޝެޑިއުލް ދަތުރުތައް ފެށިފައި ވަނީ، އަދި ވަރަށް ކާމިޔާބުކަމާ އެކީގައި ވަރަށް ރަނގަޅު ލޯޑް ފެކްޓާއެއްގައި އެ އޮޕަރޭޓު ކުރަމުން އެ ދަނީ،" އަމީން ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.