މިރޭގެ ހަފްލާގައި މިނިސްޓަރު ވާާހަކަފުޅު ދައްކަވަނީ --
ހަބަރު
05 Jul 2026 | 23:02
ހުޅުމާލެއިން ދޫކުރި ގޯތިތަކުގައި ވިޔަފާރި ބޭނުމަށް ކަންކަން ކުރެވޭނެ ގޮތް ހަދަނީ

ހުޅުމާލެއިން ދޫކުރި ގޯތިތަކުގައި ވިޔަފާރި ބޭނުމަށް ކަންކަން ކުރެވޭނެ ގޮތް ހަމަޖައްސަން ނިންމާފައިވާ ކަމަށް ސަރުކާރުން މިރޭ ހާމަކޮށްފި އެވެ.

ސަރުކާރުން އެ ނިންމުން ހާމަކުރީ ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރުކޮށް ނިންމުން ފާހަގަކުރުމަށް މިރޭ ބޭއްވި ހަފްލާއެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގަ އެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ ހުޅުމާލޭގައި ފޯރުކޮށްދޭ ކޮންމެ ހިދުމަތަކީ އެޗްޑީސީގެ ބިމަކުން ފޯރުކޮށްދޭނެ ހިދުމަތަކަށްވާން ނުޖެހޭ ކަމަށެވެ. ހުޅުމާލޭގައި އެޗްޑީސީގެ ގިނަ ބިންތަކެއް މިހާރު ނެތްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ދެ ފޭސް އިން އާންމުންނަށް ދެހާހަށްވުރެ ގިނަ ގޯތި ދޫކޮށްފައިވާ ކަމަށެވެ.

ނަމަވެސް ބިންތަކުގައި އިމާރާތްކުރާއިރު ވަރަށް ބޮޑަށް "ތަޅުއެޅިފައި" ވާ ކަމަށެވެ. އެ ބިންތަކުގައި އިމާރާތް ކުރަން ޖެހެނީ ހަމައެކަނި ދިރިއުޅުމަށް ކަމަށާ ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ ބިންތަކުގައި ޕްރީސުކޫލާއި ކްލިނިކާއި ޝޮޕިން ކޮންޕްލެސްތައް ތަރައްގީކުރަން ފުރުސަތު ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ. އެއީ މާލޭގައި ވެސް އެ ފުރުސަތު އޮތްގޮތް ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަޖެހެއޭ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުގައި ވިޔަފާރީގެ އުސޫލުން ތަރައްގީކޮށްގެން އެ ބިންތަކުން ފައިދާ ހޯދާ, މިތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ހިދުމަތް ލިބޭނެ ގޮތްވެސް ތަނަވަސްކޮށްދޭން,"

މިނިސްޓަރު ވިދާޅުވީ މިކަމުން ބިންތައް ލިބިފައިވާ މީހުންނަށް ފައިދާވުމާއި މުޅި މުޖްތަމައުއަށް ފައިދާވާނެ ކަމަށެވެ. އަދި އިގްތިސާދަށް އަންނާނެ ހެޔޮ ބަދަލުތައް ފާހަގަ ކުރެއްވި އެވެ.

"ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނަށް ފަސޭހަކަމާ ލުއިކަމާ ތަނަވަސްކަން ލިބޭނެ ގޮތަށް އެ ބިންތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތަކެއް ތަނަވަސްކޮށްދެވޭތޯ," މުއްތަލިބު ވިދާޅުވި އެވެ.

ކޮމެންޓް
އަލި
މިނިސްޓަރ އެވިދާޅުވީ ވ.ރަނގަޅު ވާހަކައެއް. އެޗް.ޑީ.ސީގެ ގަވައިދުތަކުގެ ސަބަބުން މިއޮންނަނީ ތަޅެއް އެޅިފައި. އަނެއްކާ ގޯތީގެ ބޮޑުބައެއް އެބަ ގެއްލޭ. ގަވައިދުތައް ހުންނަންވާނީ ރައްޔިތު މީހާއަށް ފައިދާ ލިބޭ ގޮތަށް.
06 Jul 2026
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.