ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން: ފޮޓޯ/ އިޖްތިމާޢީ ވުޒާރާ
ހަބަރު
07 Jul 2026 | 14:27
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރާއި ސަރުކާރު ކުންފުނިތަކުން ވަޒީފާ ދިނުމަށް އުސޫލަށް ބަދަލެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި އެކުލަވައިލާފައިވާ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑު" އަށް މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.

ސަރުކާރުން އިއްޔެ އާންމުކުރި މި އިސްލާހުތަކުގެ ތެރޭގައި، އެ މިންގަނޑަށް އަމަލުކުރަންޖެހޭ ދާއިރާތައް ވަނީ ސާފުކޮށްދީފައެވެ.

އެގޮތުން، މި މިންގަނޑު ހިނގާ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުގެ އިތުރުން ވަޒީފާ ދޭ އަމިއްލަ ފަރާތްތައް ވެސް ހިމެނެއެވެ.

އަލަށް ގެނެވުނު އިސްލާހުގައިވާ ގޮތުން، ސިވިލް ސަރވިސްގެ އިދާރާތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކުރާނެ މަޤާމުތަކެއް ކަނަޑައަޅާއިރު އެ ކަނޑައަޅާނީ ސިވިލް ސަރވިސް ކޮމިޝަނުންނެވެ.

އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މިފަދަ ފަރާތްތަކަށް ޚާއްޞަކުރެވޭ މަޤާމުތަކެއް ކަނޑައަޅަންޖެހޭއިރު އެ ކަނޑައަޅާނީ އެ ކުންފުންޏެއްގެ ބޯޑުން ނުވަތަ އެ ކުންފުންޏަކުން ކަނޑައަޅާ އުސޫލެއްގެ މަތީންނެވެ.

މީގެ އިތުރުން، އެފަދަ ފަރާތްތަކަށް ވަޒީފާއަށް އިޢުލާނުކުރުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުގައި މަސައްކަތްކުރާ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކަށް ވަޒީފާގެ އިޢުލާނުތައް ހިއްސާކުރަންޖެހޭނެއެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މެދުގައި އެ އިޢުލާނުތައް ފުޅާދާއިރާއެއްގައި އާންމުކުރުމަށް، ވަޒީފާ ދޭ ފަރާތްތަކާއި ކަމާބެހޭ މިނިސްޓްރީން ގުޅިގެން މަސައްކަތް ކުރަންވާނެ ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް
އަބުދުންލޯހިސާގި
ވަޒީފާއެންހޯދަންބޭނު
08 Jul 2026
ސާގިބު
ނުކުޅެދޭކުންޖެންބޭނުމީވަޒީފާއެން
08 Jul 2026
ގުޅޭ ލިޔުންތައް
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.