ހިމަބިހި ޖެހިފައިވާ ކުއްޖެއް --
ހަބަރު
07 Jul 2026 | 21:57
އިތުރު 55 ކޭސް، ހިމަބިހިޖެހުނު މީހުންގެ އަދަދު 121 އަށް

ރާއްޖޭގައި ހިމަބިހި (މީސަލްސް) ފެތުރެމުންދާ މި ދަނޑިވަޅުގައި، ބަލި ޖެހުނު މީހުންގެ އަދަދު 121 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެން ކަމުން މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު ވަނީ 121 އަށް އަރާފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންނެވެ. ބަލީން ރައްކާތެރިވުމަށް މިހާރު ދަނީ ވެކްސިން ވެސް ދެމުންނެވެ.

މިހާތަނަށް 5,495 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ.

ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ދޭ އިރުޝާދުތައް:

ބައްޔަށް ޝައްކުވެގެން ޓެސްޓެއް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން.

ހުން އައުމާއެކު ގައިގައި ރަތް ބިހި ނެގުން ނުވަތަ ރޯގާގެ އަލާމާތެއް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.

ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން.

ހޮސްޕިޓަލަށް ދާއިރު، އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި މާސްކު އެޅުން.

ހިމަބިހިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން ކަމުން އެޗްޕީއޭ އިން މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފުޅާކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ސަޕްލައި ދޯންޏެއް އަރިއަޅާލައި ކާށިދޫ ކަނޑަށް ދިޔަވަނީ
ފުލުހުން ބުނީ "ސީލައިން 3" ނަމަކަށް ކިޔާ ސަޕްލައި ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތައް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެން ދިޔުމުގެ ސަބަބުން އެ ދޯނި އަރިއަޅާލައި ދިޔަވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:57 އެހައިކަންހާއިރު ކަމަށެވެ.
16 Sep 2026
ޕީއެންސީގެ ނައިބު ރައީސްކަމަށް 6 ބޭފުޅަކު އިންތިޚާބުވެއްޖެ
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަގާމަށް ހަ ބޭފުޅަކު އިންތިޚާބުކޮށްފިއެވެ. މި އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ މަޖިލިސް މެންބަރު އަސްމާ ރަޝީދު އަދި މުހައްމަދު ނިމާލަށެވެ.
16 Sep 2026
ހުޅުމާލޭގައި އެކްސިޑެންޓުވި ދެބަފައިންގެ ތެރެއިން ބައްޕަ ނިޔާވެއްޖެ
ފުލުހުންގެ މީޑިއާ އޮފިޝަލް "ވޮއިސް" އަށް މައުލޫމާތު ދެމުން ވިދާޅުވީ، 2026 އޮގަސްޓް 31 ވަނަ ދުވަހުގެ ހެނދުނު 07:36 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2 ގެ ދުނބުރިގަސްމަގާއި ހީނާމާހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި 62 އަހަރުގެ ދިވެހި ފިރިހެން މީހާ ނިޔާވެފައިވަނީ ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އޭނާއަށް ފަރުވާ ދެމުންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.
16 Sep 2026
ޝޯޓް ކަޓް ދޫކޮށް ރަނގަޅު ގޮތުގައި ބަރުދަން ލުއި ކުރާނެ ގޮތް
ބަރުދަން ލުއިކުރާ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ބައެއް މީހުންގެ ފަރާތުން "10 ދުވަހުން 10 ކިލޯ ލުއިކުރެވޭ" ކަމަށް ބުނެ އެކިއެކި އެއްޗެހީގެ ވާހަކަތައް ދައްކާ އަޑު އިވެއެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުން އެ ކަހަލަ ”ޝޯޓްކަޓް“ ތަކަށް ޝައުގުވެރިވަނީ އެހާ އަވަހަށް ނަތީޖާ ފެންނާނެ ކަމަށް ވައުދުވާތީއެވެ. އެކަމަކު ހަޤީޤަތަކީ އެ ގޮތް ނޫން ގޮތެއް ޚިޔާރުކުރުން މާ ބުއްދިވެރިވާނެ ކަމެވެ. މިއަދު މި ބަލައިލަނީ ޝޯޓް ކަޓް ދޫކޮށް ރަނގަޅު ކެއުމާއި ކަސްރަތުން ހިކުމުގެ ފައިދާތަކަށެވެ.
16 Sep 2026
މަނީ ލޯންޑްރިންގެ މައްސަލާގައި މަދޫރޯގެ އަރިސް އެލެކްސް އިއުތިރާފުވެއްޖެ
ވެނެޒުއެލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯގެ އެންމެ އަރިސް އެއް އެހީތެރިޔާ އަދި އެ ގައުމުގެ ކުރީގެ އޮފިޝަލެއް ކަމަށްވާ އެލެކްސް ސާބް، އެމެރިކާގެ ކޯޓެއްގައި މަނީ ލޯންޑްރިންގެ ކުށަށް އިއުތިރާފުވެއްޖެއެވެ.
16 Sep 2026
މައްކާގެ ދެކުނަށް ހޫތީން ފޮނުވާލި ޑްރޯނެއް ސައުދީ އަސްކަރިއްޔާއިން ވައްޓާލައިފި
މުސްލިމުންގެ އެންމެ މާތް އެއް ބިން ކަމުގައިވާ މައްކާގެ ވައިގެ ސަރަހައްދަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ޑްރޯނެއް ސައުދީ އެއާ ޑިފެންސުން ވައްޓާލައި ނައްތާލައިފިއެވެ.
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.