މެސީ ޖެހި ޕެނަލްޓީ މިސްރުގެ ކީޕަރު ދިފާއުކުރަނީ... ފޮޓޯ؛ ސްކައި ސްޕޯޓްސް
ކުޅިވަރު
08 Jul 2026 | 07:10
އުނދަގޫ މެޗަކަށްފަހު އާޖެންޓީނާ ކުއާޓާ ފައިނަލަށް

ފަހަތުން އަރައި މިސްރު ބަލިކޮށް އެންމެފަހުގެ ވަރލްޑްކަޕް ޗެމްޕިއަން އާޖެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ރޭ ކުޅުނު މިމެޗްގެ އޮއިވަރު ދިޔައީ ކުރިން ހީކުރިވަރަށްވުރެ މާބޮޑަށްވެސް ތަފާތުކޮށެވެ. އެގޮތުން މެޗްގައި އާޖެންޓީނާ ގޯލެއް ކާމިޔާބުކުރުމާ ހަމަޔަށް މިސްރުންދިޔައީ ވަރަށް ރަނގަޅަށް ޑިފެންސްކޮށް ލިބޭ ބޯޅަތަކުގައި އާޖެންޓީނާގެ ޑިފެންސްލައިނަށް ބާރުބޮޑުކުރަމުންނެވެ. 

މެޗުން އާޖެންޓީނާ މޮޅުވީ މިސްރުން ދެ ލަނޑު ޖަހައި މޮޅުވާންދަނިކޮށެވެ. މިމެޗްގައި މިސްރުގެ ފުރަތަމަ ލަނޑު ފެނިގެންގޮސްފައިވަނީ 15 ވަނަ މިނެޓް ތެރޭގައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ، ޔާސިރު އިބްރާހީމެވެ. މިސްރުން ލީޑް ނަގާފައިވަނިކޮށް އާޖެންޓީނާއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް ލިއޮނެލް މެސީ ފޮނުވާލި މި ޕެނަލްޓީ މިސްރުގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިމެޗްގެ ފުރަތަމަ ހާފް ނިމުނީ 1-0 ގެ ނަތީޖާއިން މިސްރު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފަށައި މާގިނައިރުތަކެއް 58 ވަނަ މިނެޓް ތެރޭގައި މިސްރުގެ އަބްދުލްރައޫފް ލަނޑެއް ޖެހިނަމަވެސް ފަހުން ވީއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ލަނޑެއް ނޫންކަމަށެވެ. އޭގެ 9 މިނެޓްފަހުން އަބްދުލްރައޫފް ވަނީ މިސްރުގެ ދެވަނަ ލަނޑު  ޖަހައި އާޖެންޓީނާ ހާސްކަމުގެ ތެރެއަށް ވައްޓާލާފައެވެ. 

ނަމަވެސް އާޖެންޓީނާގެ ޓީމަށް ބަދަލުތަކެއް ގެނައުމުގެ ނަތީޖާއަކަށްވެގެން ދިޔައީ ޓީމްގެ ކުޅުން ރަނގަޅުވެ މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި 79 ވަނަ މިނެޓް ތެރޭގައި ރޮމޭރޯ ގޯލެއް ޖެހުމެވެ. އަދި އޭގެ ދެ މިނެޓްފަހުން މެސީ ވަނީ އިތުރު ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުން އާޖެންޓީނާ މޮޅުކޮށްދިން ލަނޑު ޖަހައިދިނީ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި އެންޒޯ ފެނާންޑެޒް އެވެ.

މިމެޗްގައި ރެފްރީންގެ ނިންމުންތަކާމެދު ހިތްހަމަނުޖެހިގެން މިސްރުން ވަނީ އެކަމުގެ ޝަކުވާކޮށްފައެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ ނިކުންނާނީ ސްވިޒަރލެންޑާ ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Jul 2026
ވޯލްޑް ކަޕް ކުއާޓާ ފައިނަލްގެ ޓިކެޓް އަގުތައް ބޮޑުތަނުން ވެއްޓިއްޖެ
ޓިކެޓް ވިއްކާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ޓިކްޕިކް" އިން ހާމަކުރި ގޮތުގައި، މި އަންނަ ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެ މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގު ކުރިން 2,950 ޑޮލަރުގައި ހުރުމަށްފަހު، އަންގާރަ ދުވަހުގެ މެންދުރުފަހާ ހަމައަށް ވަނީ 1,200 ޑޮލަރަށް ތިރިވެފައެވެ.
08 Jul 2026
މިސްރު ކޯޗުގެ އުދާސްތައް ބަންޑުންކޮށްލައިފި
އެޓްލާންޓާގައި ކުޅެވުނު ވޯލްޑް ކަޕްގެ ގަދަ 16 ގެ ފޯރިގަދަ މެޗަށްފަހު، މިޞްރުގެ ކޯޗު ހުސާމް ހަސަން ވަނީ އާޖެންޓީނާ އަތުން ބަލިވި މެޗުގައި އިންސާފުން ބޭރުން ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފީފާއަށް ފާޑުކިޔާފައެވެ.
08 Jul 2026
ކޮލަމްބިއާ ބަލިކޮށް ސްވިޒަރލޭންޑުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި
ވަރލްޑްކަޕް ކުއާޓާ ފައިނަލުގެ ޖާގައެއް ސްވިޒަރލޭންޑުން ހޯދިއިރު މިއީ ވޯލްޑް ކަޕް ތާރީޚުގައި އެޓީމް ޕެނަލްޓީ ޝޫޓްއައުޓަކުން ހޯދި ފުރަތަމަ މޮޅެވެ
08 Jul 2026
އުނދަގޫ މެޗަކަށްފަހު އާޖެންޓީނާ ކުއާޓާ ފައިނަލަށް
މިމެޗްގައި ރެފްރީންގެ ނިންމުންތަކާމެދު ހިތްހަމަނުޖެހިގެން މިސްރުން ވަނީ އެކަމުގެ ޝަކުވާކޮށްފައެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ ނިކުންނާނީ ސްވިޒަރލެންޑާ ދެކޮޅަށެވެ.
07 Jul 2026
އިތުރު 55 ކޭސް، ހިމަބިހިޖެހުނު މީހުންގެ އަދަދު 121 އަށް
އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެން ކަމުން މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު ވަނީ 121 އަށް އަރާފަ އެވެ.
07 Jul 2026
ގާނޫނާ ފުށުއަރާތީ ހދ. އަތޮޅުގައި ބޯޑެއް ހަދަންކުރާ މަސައްކަތް ހުއްޓާލަން އަންގައިފި
ކުޅުދުއްފުށީ ކައުންސިލުން އިސްވެ ހދ. އަތޮޅުގެ ރަށްތައް ހިމެނޭހެން ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.
07 Jul 2026
ރައީސް މައުމޫންގެ ތާއީދާއި ހެޔޮ ދުއާ އޮތީ މިސްރު ޓީމާއެކު
މިސްރަށް އޮތީ ބޮޑު ލޯތްބެއްކަން ހާމަކުރައްވާ އެ ޓީމަށް ކާމިޔާބު ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައިވެ އެވެ.
07 Jul 2026
ހިމަންދޫގައި ދެ ކުއްޖަކު ގެނބުނު ހާދިސާ: ދެ ކުދީން ސަލާމަތްކުރި ހީރޯއިންނަކީ މިއީ
މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.