މާލެސިޓީގެ ކުރީގެ މޭޔަރު ޝިފާ... ފޮޓޯ: އެކްސް
ހަބަރު
09 Jul 2026 | 12:56
މާލެސިޓީ ކައުންސިލްގެ އޮޑިޓެއް، ރަޖިސްޓްރީ ނެތުމާއި ކޯޓޭޝަން ހޯދުމުގައި ބޮޑެތި އޮޅުވާލުންތަކެއް

މާލެސިޓީ ކައުންސިލް އިދާރާއިން 2020 ވަނަ އަހަރު މުއާމަލާތްތައް ހިންގުމުގައި އުސޫލާ ހިލާފް އެތައްކަމެއް ހިނގާފައިވާކަމަށް އެ ކައުންސިލުން ނެރުނު އެ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.

މާލެސިޓީ ކައުންސިލުން ވަނީ އެ ކައުންސިލުގެ 2020 ވަނަ އަހަރު އޮޑިޓް ފާމަކާ ހަވާލުކޮށްގެން ކުރި އޮޑިޓް ނެރެ އާއްމުކޮށްފައެވެ. މި އޮޑިޓްގައިވާގޮތުން މާލެސިޓީ ކައުންސިލަށް ބޭނުންވާ ހިދުމަތްތައް ހޯދުމާއި، ރަޖިސްތްރީ ހައްދައިދިނުމާއި އަދި ހަރުމުދާ ބެލެހެއްޓުމުގައި އޮޅުވާލުންތަކެއް ހިނގާފައިވާކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ކައުންސިލަށް ލިބޭ އާމްދަނީގެ މުއާމަލާތްތައް ބެލެހެއްޓުމާއި، އެނޫންވެސް ގިނަ ކަންތައްތަކެއް ވަނީ ފާަހަގަކޮށްފައެވެ.

ކައުންސިލަށް ބޭނުންވާ ހިދުމަތްތައް ހޯދުމުގައި އޮޑިޓްގައިވާ ކަންތައްތަކަށް ބަލާއިރު، ކޯޓޭޝަންތައް ހޯދާފައިވަނީ ވަކިބަޔަކަށް މަންފާލިބޭގޮތަށް ކަމަށް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ތަކެތި ހޯދުމާއި، މަސައްކަތް ހަވާލުކުރުމުގައި ކޯޓޭޝަންތައް ހޯދާފައިވަނީ ވަކި ވިޔަފާރިތަކަކުންކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުްނ އޮޑިޓަށް މައުލޫމާތު ނެގުނު 46 ޕޭމަންޓް ވައުޗަރުގެ ތެރެއިން 27 ވައުޗަރު ހޯދާފައިވަނީ ގުޅުންހުރި ވިޔަފާރިތަކުންނެވެ. އެ ވައުޗަރުތަކަށް އެކަނިވެސް 7 ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.

އޮޑިޓަރު ވަނީ އެކަން އެގޮތަށް ނުކޮށް ވާދަވެރި މާހައުލެއްގެ ތެރެއިން އެބާވަތުގެ ކަންކަން ކުރުމަށް ލަފާދީފައެވެ.

2020 ވަނަ އަހަރު ހެއްދި ރަޖިސްޓްރީތައް ގެއްލުނު މައްސަލައާ ގުލޭގޮތުން އޮޑިޓްގައި ބުނެފައިވަނީ، އޮޑިޓަށް ފޯމުތައް ނަގައި ރަޖިސްޓްރީ ހޯދަން ބެލިއިރު ހޯދަން އެދުނު ފޯމަތަކުގެ ދެބައިކުޅަ އެއްބައިވެސް ނެތްކަމަށެވެ.

ކައުންސިލަށް ލިބޭ އާމްދަނީގެ މައުލޫމާތު ހޯދަން އެދުނުއިރު، ބިންތަކާ ގުޅޭ ލިޔެކިޔުންތަކުގައި ހިނަމަންޖެހޭ ނަމްބަރުތަކާއި، ބިމުގެ ސަރަހައްދުވެސް އެނގެން ނެތްކަމަށެވެ. 

މާލެސިޓީ ކައުްނސިލްގައި 2020 ވަނަ އަހަރު މޭޔަރެއްގެ ގޮތުގައި ހުންނެވީ އެމްޑީޕީއަށް ނިސްބަތްވާ ޝިފާ މުހައްމަދެވެ. މޭޔަރަކަށް ހުންނެވި ދުަވސްވަރު ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކުރުމުގެ ތުހުމަތު މީގެ ކުރިންވެސް ޝިފާގެ މައްޗަށް ވަނީ ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ