ބަންގްލަޑޭޝްގައި ފެންބޮޑުވެފައިވާ ފޮޓޯއެއް -
ދުނިޔެ
14 Jul 2026 | 11:58
ބަންގްލަދޭޝްގައި ފެންބޮޑުވެ 51 މީހުން މަރުވެ އެތައްހާސް ރައްޔިތުން މަގުމަތިވެއްޖެ

ބަންގްލަދޭޝްގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަދުވެގެން 51 މީހުން މަރުވެ 39 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ބުނެފިއެވެ.

ވެރިރަށް ޑާކާ ހިމެނޭ ގޮތަށް ޤައުމުގެ ބޮޑެތި ސަރަޙައްދުތަކަށް ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ދިމާވެ އެތައްހާސް ރައްޔިތުން ވަނީ ގެދޮރު ގެއްލިފައެވެ. މިހާތަނަށް ރިޕޯޓުކުރެވިފައިވާ މަރުތަކުގެ ދެބައިކުޅަ އެއްބައި ހިނގާފައި ވަނީ ބޮޑު ރޮހިންޔާ ރެފިއުޖީ އާބާދީއެއް ދިރިއުޅޭ ކޮކްސް ބާޒާރު ސަރަޙައްދުގައެވެ.

ފާއިތުވި ހަފުތާގައި އެ ސަރަޙައްދުގައި ސްކޫލެއްގެ ތެރޭ ބޮޑުވެގެން ދިއުމުން ދަރިވަރުންތަކަކާއި ޓީޗަރަކު ވަނީ މަރުވެފައެވެ. ބަންގްލަދޭޝްގެ ޑިޒާސްޓާ މެނޭޖްމަންޓް އެންޑް ރިލީފް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިހާތަނަށް 10 ލައްކައަށްވުރެ ގިނަ މީހުންނަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވާއިރު 267,918 އާއިލާ ފެނުގެ ތެރޭގައި ތާށިވެފައި ވެއެވެ. 44,457 މީހުން ވަނީ ހިޔާވަހިކަމުގެ މަރުކަޒުތަކަށް ދިއުމަށް ފުރުޞަތު ހޯދާފައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާން ވަނީ ފެންބޮޑުވުމުގެ ސަބަބުން ދިމާވެފައިވާ ނުރައްކާތެރި ހާލަތުގައި ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމަށް ހުރިހާ ކަމާބެހޭ އިދާރާތަކާއި ދާއިރާތަކުގެ ފެންވަރުގައި ސަމާލުކަން އެންމެ މަތީ ދަރަޖައިގައި ބެހެއްޓުމަށާއި އަވަހަށް ރިލީފް ބަހައި ފަރުވާދިނުމުގެ ކަންކަން ކުރިއަށްދިއުމަށް އަމުރުކުރައްވައިފައެވެ. 

ބޮޑުވަޒީރު ރަޙްމާން ވިދާޅުވެފައި ވަނީ ނުރައްކާތެރި މި ހާލަތުގައި ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު ވާޖިބުކަމަށެވެ.

އެގޮތުން، ކާނާ، ސާފު ބޯފެން، ކުޑަކުދިންގެ ކާނާ، މުހިންމު ބޭސްފަރުވާއާއި، ފަރުވާގެ ޚިދުމަތްތައް އަވަހަށް ބެހުމަށް ވެސް އޭނާ އަމުރުކުރެއްވިއެވެ. މީގެ އިތުރުން މި ނުރައްކާތެރި ހާލަތުގެ ފައިދާ ނަގައިގެން ވައްކަން ކުރުމާއި ސަރަކާރު ސާމާނު ފޮރުވުމާއި ރިލީފް ސާމާނުގައި ޚިޔާނާތްތެރިވުން ފަދަ ކުށްތައް ހުއްޓުވުމަށް ފުލުހުންނާއި ކަމާބެހޭ އިދާރާތައް އެންމެ މަތީ ސަމާލުކަމުގައި ބައިތިއްބުމަށް ވެސް އޭނާ އަމުރުކުރެއްވި ކަމަށް ޔޫއެންބީ ރިޕޯޓުގައި ވެއެވެ.

މިހާތަނަށް ރިޕޯޓުކުރެވިފައިވާ 51 މަރުގެ ތެރެއިން 28 މަރު ހިނގާފައި ވަނީ ކޮކްސް ބާޒާރުގައި ކަމަށާއި އެ ސަރަޙައްދަކީ ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ސެޓްލްމަންޓް ކަމަށްވާ 10 ލައްކައަށްވުރެ ގިނަ ރޮހިންޔާ ރެފިއުޖީން ދިރިއުޅޭ ސަރަޙައްދު ކަމަށެވެ.

ވެރިރަށް ޑާކާގައި ފެންބޮޑުވެ މަގުތަކުގައި ފެންހަރުވެފައިވާތީ ބައެއް ސަރަޙައްދުތަކުގައި ފެންގަނޑު ކަކުލާ ހަމައަށް އަރާފައިވާ ކަމަށާއި ދަތުރުފަތުރަށް ބުރޫއަރާފައިވާ ކަމަށް ބީބީސީ ބަންގްލައިން ރިޕޯޓުކޮށްފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.