ފޮތްތައް ހަދިޔާކުރުމުގެ ހަފްލާގެ ތެރެއިން - ފޮޓޯ: އެމްއެންޔޫ
ހަބަރު
13 Jul 2026 | 11:39
ބަންގުލަދޭޝްގެ ސަފީރު ލިޔުއްވި ފޮތެއް ޤައުމީ ޔުނިވަރސިޓީއަށް ހަދިޔާކުރައްވައިފި

ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބަންގުލަދޭޝްގެ ސަފީރު ޑރ. މުޙައްމަދު ނަޒްމުލް އިސްލާމް އަމިއްލަފުޅަށް ލިޔުއްވި ފޮތެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އަށް އަންގާރަ ދުވަހު ހަދިޔާކުރައްވައިފިއެވެ.

މި ފޮތް ހަދިޔާކުރެއްވުމަށްޓަކައި އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރު ހަދިޔާ ކުރެއްވި ފޮތުގެ ނަމަކީ "ޕަވަރ އޮފް ބޮންޑިންގ އެންޑް ނަން-ވެސްޓަން ސޮފްޓް ޕަވަރ ސްޓްރެޓެޖީ އިން އީރާން: ކޮމްޕެއަރިންގ ޗައިނާ އެންޑް އިންޑިއާސް އެންގޭޖްމަންޓް" އެވެ. މި ފޮތުގައި ބައިނަލްއަޤުވާމީ ގުޅުންތަކާއި ޑިޕްލޮމަސީ އާއި ސޮފްޓް ޕަވަރ އާއި ސުލްޙައާއި ހަމަނުޖެހުންތަކުގެ ދިރާސާތަކާއި ދެކުނު އޭޝިޔާގެ ކަންކަމާ ބެހޭ ގޮތުން މުހިންމު މަޢުލޫމާތުތަކެއް ހިމަނާފައިވެއެވެ.

ސަފީރު ޑރ. މުޙައްމަދު ނަޒްމުލް އިސްލާމް އަކީ ބަންގުލަދޭޝުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސިޔާސީ ސައިންޓިސްޓެއް އެކަޑަމިކެއް ދިރާސާވެރިއެއް އަދި ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ބޭފުޅެއް ކަމުގައި ފާހަގަކުރެވެއެވެ.

ފޮތް ހަދިޔާކުރެއްވި ރަސްމިއްޔާތުގައި މި ފޮތް އެމްއެންޔޫގެ ލައިބްރަރީ ކަލެކްޝަނަށް ރަސްމީކޮށް އިތުރުކުރެވިފައިވާކަން ފާހަގަކުރެވިފައިވެއެވެ. މި ހަދިޔާއަށްޓަކައި ޔުނިވަރސިޓީން ޝުކުރު އަދާކުރައްވާފައިވާއިރު މި ފޮތަކީ ދަރިވަރުންނާއި އެކަޑަމިކުންނާއި ދިރާސާވެރިންނަށް ޚާއްޞަކޮށް ބައިނަލްއަޤުވާމީ ގުޅުންތަކާއި ސިޔާސީ ސައިންސާއި ޑިޕްލޮމަސީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މުހިންމު މަޞްދަރެއް ކަމުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.