ކައިވެނި ހަފްލާއެއްގެ ތެރެއިން-
ހަބަރު
15 Jul 2026 | 15:44
އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދެނީ

އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށްޓަކައި މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދިނުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ، މި ޚިދުމަތް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް އާންމުކޮށް އިއުލާނުކުރުމާއެކު ފުރުސަތު ހުޅުވާލުމަށެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ވިދާޅުވީ، މިއީ މޭޔަރު އާދަމް އާޒިމްގެ ވައުދަކަށް ވާތީ، ވީހައިވެސް އަވަހަށް މިކަން ނިންމުމަކީ ކައުންސިލްގެ އަމާޒެއް ކަމަށެވެ.

"މި ކަމުގައި ވީހައި ވެސް އަވަހަށް، އުސޫލެއް ހަމަޖައްސައި، ޒުވާނުންނަށް މި ފުރުސަތު ލިބޭނެ މަގެއް ފަހިވުމަކީ، އަޅުގަނޑުމެން ބޭނުންވާ ގޮތް،" ލަބާން ވިދާޅުވިއެވެ.

ލަބާންގެ ވާހަކައަށް ތާއީދު ކުރައްވަމުން ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަޙުމަދު ޣާލިބު ވިދާޅުވީ، ޒުވާނުންނަށް ކޮށްދެވޭ ކޮންމެ ކަމަކަށް މުޅި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމަށެވެ.

މޭޔަރު އާދަމް އާޒިމް ވަނީ މި މައްސަލައަކީ ބަޖެޓާ ގުޅުންހުރި ކަމަކަށް ވާތީ، މިއީ އިތުރަށް ދިރާސާކުރުމަށް ފައިނޭންޝަލް ބަޖެޓް ކޮމިޓީއަށް ފޮނުއްވާފައެވެ. މީގެ އިތުރުން، ސޯޝަލް ސާވިސް އެންޑް ޖެންޑާ އެންޑް ކޮމިއުނިޓީ ފޭސް ކޮމިޓީ ގުޅިގެން މިކަމުގައި ގޮތްތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މި މައްސަލައިގައި ދާއިމީ ގޮތެއް ނިންމުމަށް ކައުންސިލްގެ ދެން އޮންނަ ޖަލްސާއަކަށް މިކަން ތާވަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އަލަތު ކައިވެނިކުރާ ފަރާތްތަކަށް ހިލޭ ހޯލް ނުވަތަ މައިޒާންތައް ދޫކުރުމަށް ކައުންސިލުން ނިންމިއިރު، މިއީ އެ އިދާރާގެ އާމްދަނީއަށް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ. ސަބަބަކީ މިފަދަ ހަފުލާތަކަށް ޖާގަ ކުއްޔަށް ދީގެން ސިޓީ ކައުންސިލަށް މިހާރުވެސް ބޮޑު މާލީ ފައިދާއެއް ލިބެމުންދާތީއެވެ. ޚާއްސަކޮށް މާލޭގައި ކައިވެނީގެ ވަލީމާތައް ބޭއްވުމަށް އެންމެ މަގުބޫލު އެއް މަންޒިލް ކަމަށްވާ ލޮނުޒިޔާރަތް ޕާކަކީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ، އަދި ބޮޑު ކުއްޔެއް ނަގަމުންދާ ތަނެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ
24 Aug 2026
އެމްޓީސީސީގެ މިދިޔަ އަހަރުގެ ސާފްފައިދާ އިތުރުވެއްޖެ
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ލިބުނުއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 98.4 މިލިއަން ރުފިޔާއެވެ
24 Aug 2026
ޓައިވާން ކަނޑުއޮޅިމަތިން އެމެރިކާގެ މަތިންދާބޯޓެއް ދަތުރުކޮށްފި
ޗައިނާގެ ސަރުކާރުގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން، ޢަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ފްލައިޓްގެ ހަރަކާތްތައް ޗައިނާއިން ވަނީ ބަލައި މޮނިޓަރުކޮށްފައެވެ