މީގެ ކުރިން ކުޅުނު މެޗެއް ބޮޑުއިސްކްރީނުން ބަލަނީ
ހަބަރު
19 Jul 2026 | 19:09
ފައިނަލް މެޗާ ގުޅިގެން އުފާފާޅުކުރުމުގައި އާއްމު އިޖުތިމާއީ މިންގަނޑުން ބޭރުނުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މިރޭ ކުޅުމަށް ހަމަޖެހިފައިވާ ވަރލްޑްކަޕް ފައިނަލްމެޗާ ގުޅިގެން އުފާފާޅުކުރުން ކުރިއަށްގެންދާއިރު، އާއްމު އިޖުތިމާއީ މިންގަނޑުން ބޭރުނުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން އާއްމުކުރި އިލްތިމާސެއްގައި ބުނެފައިވަނީ، މިރޭގެ މެޗާއި ގުޅިގެން އުފާފާޅުކުރުމުގައި ޒިންމާދާރުވުމަށާއި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށް އިލްތިމާސްކުރާކަމަށެވެ.

މެޗު ކުޅޭ ވަގުތަކީ ދަންވަރުގެ ވަގުތަކަށް ވެފައި، ގިނަ ބަޔަކު އަރާމުކުރަމުންދާނެ ވަގުތަކަށް ވާތީ، މީހުން ދިރިއުޅޭ ސަރަހައްދުތަކާއި އާންމު މަގުތަކުގައި ބާރަށް ހަޅޭއްލެވުމާއި، ބާރަށް ލަވަ ނުވަތަ މިއުޒިކް ޖެހުމާއި އަދި އުޅަނދުފަހަރުގެ ބަަރުގޮނު އެޅުން ފަދަ، އާންމުންނަށް އުނދަގޫވާނެ ފަދަ ކަންކަމުން ދުރުހެލިވުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި އާންމު ތަންތަނުގައި ސްކްރީން ބަހައްޓައިގެން މެޗު ބަލާ ފަރާތްތަކުން، މަގުތައް ބަންދުނުވާނެހެން އަދި މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް ދަތިނުވާނެހެން އުޅަނދުފަހަރު ޕާކުކުރުމަށް ސަމާލުކަން ދިނުމާއި މެޗު ނިމުމަށްފަހު، ގިނަ މީހުން އެއްވެ އުޅުމާއި، ސައިކަލު ބުރުތައް ބޭއްވުމަކީ ކައިރީގައި ދިރިއުޅޭ މީހުންނަށް އުނދަގޫވެ، ޓްރެފިކަށް ބާރުބޮޑުވާނެ ކަމެއް ކަމަށްވާތީ އެފަދަ ކަންކަން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހަމަ އެހެންމެ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އަވަށްޓެރިންގެ އިތުރުން މުޅި މުޖުތަމައުގެ ހަމަޖެހުމަށް އިސްކަންދީގެން މެޗް ބެލުމުގެ ކަންކަން ކުރިއަށްގެންދިއުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

ވަރލްޑްކަޕް ފައިނަލް މެޗްގައި މިރޭ އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާއިރު، މި ދެޓީމަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ރާއްޖޭގައި އުޅެއެވެ. ހާއްސަ ގޮތެއްގައި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ސަޕޯޓަރުގެ އެއްވަނަ ޓީމަކީ އާޖެންޓީނާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.