ރާއްޖެއާ އިތިއޯޕިއާ އާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުން-
ހަބަރު
21 Jul 2026 | 13:47
ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރު ފެށުމަށް އެއްބަސްވުމެއް

ދިވެހިރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ މަގު ފަހިކުރުމަށްޓަކައި އެއާ ސާވިސަސް އެގްރީމަންޓެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީނެވެ. އިތިއޯޕިއާ ސަރުކާރު ތަމްސީލުކުރެއްވީ އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑައިރެކްޓަރ ޖެނެރަލް ޔޯހަނެސް އަބޭރާ ބެލެޓޭއެވެ. މި އެއްބަސްވުމުން ދެ ޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ހިންގުމަށް ބޭނުންވާ ޤާނޫނީ އަދި އޮޕަރޭޝަނަލް އޮނިގަނޑު އެކުލަވައިލެވޭނެއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އިތިއޯޕިއާއަކީ ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއް ރާއްޖެއިން ޤާއިމުކުރި އެފްރިކާގެ ހަވަނަ ޤައުމު ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި ވިޔަފާރީގެ އާ ފުރުޞަތުތައް ތަނަވަސްވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ އެއަރލައިންތަކުގެ މެދުގައި ސީދާ ޝެޑިއުލް ދަތުރުތައް ފެށުމުގެ މަގުފަހިވެގެންދާނެ. ދިވެހިރާއްޖެއާއި އިތިޔޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއް ޤާއިމުކުރެވިފައިމިވަނީ، އިތިއޯޕިއާގެ ޤައުމީ އެއަރލައިން، "އިތިޔޯޕިއަން އެއަރލައިންސް"އިން އެ ޤައުމުގެ އެޑިސް އަބާބާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި. އިތިޔޯޕިއާއަކީ އެފްރިކާ ބައްރުގައި އެންމެ ހަލުވިކަމާއެކު އިޤްތިސާދު ކުރިއަރަމުން އަންނަ އެއް ޤައުމު. އަދި އިތިޔޯޕިއަން އެއަރލައިންސްއަކީ އެފްރިކާ ބައްރުގެ އެންމެ ބޮޑު އެއަރލައިން. އަދި ވައިގެ ދަތުރުފަތުރުގެ އެންމެ ފުޅާ ވިއުގައެއް ޤާއިމުކޮށްފައިވާ އެއަރލައިން" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މީގެ ކުރިން މި ސަރަހައްދުތަކުގެ ފަތުރުވެރިން ރާއްޖެ އައުމަށް ޓްރާންސިޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި މެދުއިރުމަތި ބޭނުންކުރި ނަމަވެސް ހަނގުރާމައިގެ ސަބަބުން އެ ދަތުރުތަކަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.