ފާމަސީއެއް
ހަބަރު
22 Jul 2026 | 10:25
އާސަންދައިގެ ބަޖެޓުން 60 އިންސައްތައަށް ވުރެ ބޮޑު ބައެއް ފާމަސީތަކަށް

މިދިޔަ އަހަރު އާސަންދަ ސްކީމުގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ހިނގީ ފާމަސީތަކުގެ ބިލްތައް ދެއްކުމަށް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޒީނިޔާ ވިދާޅުވީ, އާސަންދައިގެ ބަޖެޓުން ބޭސްފަރުވާ އަށް ކުރާ ޚަރަދު އަހަރުން އަހަރަށް މަތިވަމުންދާ ކަމަށެވެ.

"ޕޭބަލް މި އިންނަނީ ސަރުކާރުގެ ސެކްޓަރ އަކަށް ޕޭއައުޓް އެއް ނުކުރާނެ. ޕްރައިވެޓް ސެކްޓަރ އަށް އެކަނި ޕޭ ކުރަން ޖެހެނީ. އަޅުގަނޑުމެންގެ ޕޭބަލްގެ، ގާތްގަނޑަކަށް މިދިޔަ އަހަރުވެސް 60 ޕަސެންޓަށްވުރެ މަތިން ހުރީ ފާމަސީތަކަށް އެންމެ ބޮޑު ޚަރަދެއް ކުރެވިފައި " ޒީނީޔާ ވިދާޅުވިއެވެ. 

ފާމަސީތަކަށް ފަހު ދެން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކަށް ކަމަށް ޒީނިޔާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުގައި އާސަންދައިގެ ޚިދުމަތް ދޭ ހޮސްޕިޓަލްތަކަށް ވެސް ބޮޑު ޢަދަދެއް ދައްކަން ޖެހޭ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

ޒީނިޔާ އިތުރަށް ވިދާޅުވީ، އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުގައި ފަރުވާ ދިނުމަށް މިހާރުވެސް 57 ހޮސްޕިޓަލަކާއެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި، އިންޑިޔާ، ސްރީލަންކާ، ތައިލެންޑް އަދި ޔޫއޭއީ ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި އާސަންދައިގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ގިނަ ހޮސްޕިޓަލްތައް ހުރީ އިންޑިއާގައިކަންވެސް ފާހަގަކުރެއްވިއެވެ.

"އެންމެ ފަހުގެ ޚިދުމަތްތައް ދެވޭ ކަހަލަ ތަންތަން ބަލާފައި މި އެއްބަސްވުންތައް ހަދަނީ. ކޮލިޓީއަށާއި އެފޯޑަބަލް ޕްރައިޒްތަކަށްވެސް ބަލަން. ޕެކޭޖް ޕްރައިޒްތަކާއެކު އެއްބަސްންތައް ހަދަނީ." ޒީނީޔާ ވިދާޅުވިއެވެ. 

އާސަންދަ ސްކީމުގެ ދަށުން ރައްޔިތުންނަށް ބޭސްފަރުވާ ފޯރުކޮށްދިނުމަށް ކުރާ ޚަރަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ ކަމަށް އާސަންދަ ކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ