ބަންގްލަދޭޝްއަށް މިމަހު ކުރި ވިއްސާރައިގައި ފެންބޮޑުވެފައި-
ހަބަރު
23 Jul 2026 | 13:16
ބަންގްލަދޭޝްގައި ފެންބޮޑުވެ ދެލައްކައަށްވުރެ ގިނަ މީހުން ދަތިހާލުގައި؛ އެހީވުމުގެ ފުރުސަތު އައިއޭސީން ހުޅުވާލައިފި

މޫސުމީ ވިއްސާރައިގެ ސަބަބުން ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން "ކްރައިސިސް އެމެޖެންސީ ރިލީފް ފަންޑް" ހުޅުވައިފިއެވެ.

ބަންގްލަދޭޝްގެ އިރުދެކުނުގެ ހަތް ޑިސްޓްރިކްޓެއް ކަމަށްވާ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންޑަރުބަން، ރަންގަމަތީ، ޚަގްރަޗާރީ، މޯލްވީބާޒާރު އަދި ހަބީގަންޖްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން 267,918 އާއިލާއެއް ވަނީ އެކަހެރިވެ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ.

އައިއޭސީން ބުނި ގޮތުގައި މި ވަގުތު އެންމެ ބޮޑަށް ބޭނުންވަނީ އެމަރޖެންސީ އެހީތެރިކަމެވެ. އޭގެ ތެރޭގައި ކައްކައިގެން ކެވޭނެ ގޮތެއް ނެތް އާއިލާތަކަށް ބޭނުންވާ ކެއިންބުއިމުގެ ސާމާނާއި، ހިފާގެންގުޅޭ ސާމާނުގެ އިތުރުން ބޭސްފަރުވާގެ ސާމާނު ހިމެނެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ގިނަ ބައެއްގެ ބަދިގެތައް ބޭނުންނުކުރެވޭވަރުވެފައި ވާއިރު، ގިނަ ބަޔަކު މިހާރު ބަރޯސާވަމުންދަނީ ހިކި ކާނާއަށެވެ.

އަވައްޓެރި ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީވުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށް އައިއޭސީން އެދެއެވެ.

ބީއެމްއެލް އިސްލާމިކް: 7770000062744

އެމްއައިބީ: 90101555002111003

އެކައުންޓް ނަން: International Aid Campaign

އައިއޭސީން އިތުރަށް ބުނީ، އެ ޖަމިއްޔާގެ މަޝްރޫއުތަކުގެ އަގުތައް ކަނޑައެޅިފައިވަނީ މަޝްރޫއު ހިންގުމާއި، ބެލެހެއްޓުމާއި، އިދާރީ ހިންގުމުގެ ޚަރަދުތަކަށް އެވްރެޖްކޮށް 12.5 އިންސައްތަ ހިމެނޭ ގޮތަށް ކަމަށެވެ.

ބަންގްލަދޭޝްގައި ހުރި ރޯހިންޔާ ރެފިއުޖީ ކޭމްޕުތަކަށްވެސް މި ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ކޭމްޕުތަކުންވެސް 16 މީހަކު ވަނީ މަރުވެފައެވެ. އެހީ ފޯރުކޮށްދިނުމުގައި ބަންގްލަދޭޝްގެ އަސްކަރިއްޔާއިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ
24 Aug 2026
އެމްޓީސީސީގެ މިދިޔަ އަހަރުގެ ސާފްފައިދާ އިތުރުވެއްޖެ
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ލިބުނުއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 98.4 މިލިއަން ރުފިޔާއެވެ
24 Aug 2026
ޓައިވާން ކަނޑުއޮޅިމަތިން އެމެރިކާގެ މަތިންދާބޯޓެއް ދަތުރުކޮށްފި
ޗައިނާގެ ސަރުކާރުގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން، ޢަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ފްލައިޓްގެ ހަރަކާތްތައް ޗައިނާއިން ވަނީ ބަލައި މޮނިޓަރުކޮށްފައެވެ
24 Aug 2026
ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، ކުދިން މަރުވާ އަދަދު އިތުރުވަނީ
ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމަޔަށް އިތުރު 5 ކުއްޖަކު މަރުވެފައިވާކަމަށެވެ.
24 Aug 2026
އިންފިނިކާ އެކަޑަމީން ރަށްރަށުގައި ފޮޓޯގްރަފީ ވޯކްޝޮޕް ހިންގުމަށް ހުޅުވާލައިފި
ސިލްސިލާގެ އެންމެ ފުރަތަމަ ވޯކްޝޮޕް ބާއްވަން ރާވާފައި އޮތީ މި މަހުގެ 28 އިން 31 އަށް ގއ. ކޮނޑޭގައެވެ
24 Aug 2026
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޝެއިޚް އަބޫ ތައިމިއްޔާގެ ބޮޑު ދަރުހެއް
މަހަލްދީބު ފައުންޑޭޝަނުގެ "Enlighten Program" ގެ ދަށުން ދިވެހިރާއްޖެއަށްއުސްތާޛް އަބޫ ތައިމިއްޔާ ކުރައްވާ ދަތުރުގެ ތެރެއިން މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ، ފުވައްމުލައް ސިޓީގައި ޝެއިހުގެ ބޮޑު ދަރުހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
24 Aug 2026
ބޭރުފައިސާ ގަނެވިއްކުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކުރަނީ
ގަވަރުނަރު ވިދާޅުވީ، އަލަށް ގެންނަ އިސްލާޙުތަކުގެ ތެރޭގައި، މި ވިޔަފާރި ކުރާ ފަރާތްތަކުގެ ކެޕިޓަލް (ރައުސްމާލު) އިތުރުކުރުމާއި، އެ ފަރާތްތަކުގެ ޑިޕޮސިޓްތައް ރައްކާތެރިކޮށް (ސެކިއުއަރ) ދެމެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ