އައިއޭސީން އެހީގެ ތަކެތި ބެހުން...
ހަބަރު
24 Jul 2026 | 00:27
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް ފުޅާކޮށްފި

ބަންގްލަދޭޝްއަށް ކުރިމަތިވި މޫސުމީ ވިއްސާރާގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ރާއްޖޭގެ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ފުޅާކޮށްފިއެވެ.

ބަންގްލަދޭޝްއަށް ކުރިމަތިވި މޫސުމީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދެވަނަ ދުވަހު، އައިއޭސީން ވަނީ ކާބޯތަކެތީގެ 300 ޕެކޭޖް ބަހާފައެވެ.

ބަންގްލަދޭޝްއަށް ކުރިމަތިވި މޫސުމީ ވިއްސާރާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް އައިއޭސީން މިމަހުގެ 22 ވަނަ ދުވަހު އެހީގެ ތަކެތި ބަހަން ފެށިއިރު، މި އެހީ ބެހުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ކޮކްސް ބާޒާރު ސަދަރުގެ އެސް.އެމް ޕާރާ ގާލްސް މަދްރަސާ ދަނޑުގައެވެ.

އައިއޭސީން އެހީގެ ތަކެތި ބެހުން...

މި މަސައްކަތް ކުރިއަށް ދިޔައީ ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ލުތުފުއްރަހްމާން ކާޖޮލް އާއި ކޮކްސް ބާޒާރު ސަދަރުގެ އުޕަޒިލާ ނިރްބާހީ އޮފިސަރު (ޔޫ.އެން.އޯ) ތަހްމީނާ އަކްތަރުގެ ބެއްލެވުމުގެ ދަށުން، އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއެކުގައިކަމަށް އައިއޭސީން ބުނެއެވެ.

މި އެހީގެ ދަށުން ކޮކްސް ބާޒާރު ސަދަރު، ރާމޫ އަދި އީދުގާއޯ ސަރަހައްދުގެ ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ ތަކެތި ވަނީ ފޯރުކޮށްދީފައެވެ.

އައިއޭސީން އެހީގެ ތަކެތި ބެހުން...

އައިއޭސީން ބަންގްލަދެޝްގައި އެހީގެ ތަކެތި ބަހަމުންދާއިރު، އެ ޖަމިއްޔާއިން ދަނީ މޫސުމީ ވިއްސާރާގައި އަފްޢާނުސްތާނުގައި ހާލުގައި ޖެހުނު ފަރާތްތަކަށްވެސް އެހީގެ ތަކެތި ފޯރުކޮށްދެމުންނެވެ.

ބަންގްލަދޭޝްގެ އިރުދެކުނުގެ ހަތް ޑިސްޓްރިކްޓެއް ކަމަށްވާ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންޑަރުބަން، ރަންގަމަތީ، ޚަގްރަޗާރީ، މޯލްވީބާޒާރު އަދި ހަބީގަންޖްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން 267,918 އާއިލާއެއް ވަނީ އެކަހެރިވެ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ.

އަވައްޓެރި ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީވުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށް އައިއޭސީން އެދެއެވެ.

ބީއެމްއެލް އިސްލާމިކް: 7770000062744

އެމްއައިބީ: 90101555002111003

އެކައުންޓް ނަން: International Aid Campaign

އައިއޭސީން އިތުރަށް ބުނީ، އެ ޖަމިއްޔާގެ މަޝްރޫއުތަކުގެ އަގުތައް ކަނޑައެޅިފައިވަނީ މަޝްރޫއު ހިންގުމާއި، ބެލެހެއްޓުމާއި، އިދާރީ ހިންގުމުގެ ޚަރަދުތަކަށް އެވްރެޖްކޮށް 12.5 އިންސައްތަ ހިމެނޭ ގޮތަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.