23 Jul 2019 | 00:18
ގައުމީ ލޯބި އާލާކޮށްދިން ހުނަރުވެރި އަންހެން ފަހުލަވާނުން!

ޒަމާނުއްސުރެ ދިވެހިންނަށް ކުޅިވަރަކާއި އަމިއްލަ ލެޔާއި ގުޅުވާލެވޭނެ ނަމަ އެއީ ފުޓުބޯޅައެވެ. ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ. ސަރަހައްދީ ބޮޑު ކުޅިވަރު މުބާރާތެއްގައި ރާއްޖެއިން ފުރަތަަމަ ރަންމެޑަލެއް ހާސިލްކުރެވުނީ ފުޓުބޯޅަ މުބާރާތެއްގައެވެ. ދިވެހިންގެ ލެޔާއި ފުޓުބޯޅަ ގުޅިފައިވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މުއައްސަސާތަކާއި އާންމު ފަރުދުންވެސް ފުޓުބޯޅަ ފިޔަވައި އެހެން ކުޅިވަރުތަކަށްދޭ ސަމާލުކަން ކުޑަވެގެން ދިއުމެވެ.

އޭރުން ފެށިގެންވެސް އަބަދުވެސް ދެކެވޭ ވާހަކައެއް އޮވެއެވެ. ފުޓުބޯޅައިން ރަންމެޑަލް ގެނެވުނީ އެތައް އަހަރެއްގެ ބުރަ މަސައްކަތާއި ހިންމަތުންނެވެ. އެތައް މެޗަކުން ދަށް ނަތީޖާތަކަކާއި މޮޅު ނަތީޖާވެސް ހޯދައިގެންނެެވެ. އެހެންކަމުން ފުޓުބޯޅައަށް އެކަން ކުރެވޭނެ ނަމަ އެހެން ކުޅިވަރުތަކުންވެސް ބުރަ މަސައްކަތުން ރަން މެޑަލް ހޯދިދާނޭ ކުޅިވަރުގެ އާއިލާގެ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ލިބުނުތަނެއް ފެނިގެންނެއް ނުދެއެވެ. ފުޓްބޯޅަ ކުރިއެރުވުމުގެ ނަމުގައި ދައުލަތުގެ ފައިސާއިން އެތައް މިލިޔަން ރުފިޔާއެއް ހަަރަދުކުރިއެވެ. އުސޫލީ ގޮތުން ބަލާކަމުގައި ވަނީނަމަ އެއީ މައްސަލައެއް ނޫނެވެ. ފުޓުބޯޅައަށް ހަމަ ޚަރަދު ކުރަންވާނެއެވެ. އެއީ ރާއްޖޭގެ އާބާދީގެ ގިނަބަަޔަކު ކުޅޭ ކުޅިވަރެކެވެ. ނަަމަވެސް މައްސަލައަކީ އެހެން ކުޅިވަރުތަކަށް ދޭންވީ އެއްބާރުލުމާއި ސަމާލުކަން ދެވިގެން ނުދިއުމެވެ.

މިގޮތުން އެއް ކުޅިވަރަކީ ޓޭބަލް ޓެނިސްއެވެ. ޒަމާނުއްސުރެ ޓީޓީ ކުޅުމަށް މާލޭގައި ބޭނުންކުރަމުންދިޔައީ ކުޅިވަރު އެކުވެނީގައި ހުންނަ އިންޑޯ ކޯޓެކެވެ. އެތަން ބާވުމުގެ ސަބަބުން ސޯޝަލް ސެންޓަރަށް ކުޅުން ބަދަލުކުރަން ޖެހުނެވެ. ނަަމަވެސް އެތަނުންވެސް ޓީޓީ ކުޅުންތެރިންނަށް ދިމާވީ ބަދުނަސީބާއިއެވެ. ކޮރަލް ބުލޮވާޑް ފްލެޓްތައް އެޅުމަށްޓަކައި ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުވެސް ނަގަން ޖެހުނީއެވެ.

ޓީޓީ ކުޅުންތެރިންނަށް މުބާރާތްތަކަަށް ކުޅެ އަދި ޕްރެކްޓިސްކުރާނެ ދާއިމީ ތަނެއް ލިބުނީ ވަރަށް ހާލުންނެވެ. ހެންވޭރު މުނިއުފާ ޔޫތު ސެންޓަރުގެ މަރާމާތުތަކެއް ކޮށްގެންނެވެ. އެ ދުވަހު އެފަރާތްތައް އެ ހާލުގައި ޖެހުނެވެ. މިއަދު އެއީ ގައުމީ ބަަތަލުންނާއި އެއްފަދަ ބަޔެކެވެ.

ސިޔާސީ ނުތަނަވަސްކަމުގައި ދިވެހި ގައުމު އަބަދުވެސް އޮންނަ ވަގުތުގައި އެއްބައިވަންތަކަމާއި ގައުމީ ލޯބި އަަބަދުވެސް ގެނުވައިދެނީ ކުޅިވަރެވެ. މިކަމުގެ މިސާލަކަށް ރޭ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލް ހާސިލްކުރި ގައުމީ އަންހެން ޓީޓީ ޓީމް ފާހަގަކޮށްލެވެއެވެ.

ފާތިމަތު ދީމާ އަލީއާއި، އައިޝަތު ރަފާ ނާޒިމާއި މުއީނާ މުހައްމަދު އަދި ފާތިމަތު ޖުމާނާ ނިމާލްއަކީ ދިވެހި ގައުމަށް ކުޅިވަރެއްގައި ރަންމެޑަލް ގެެނެސްދިން ފުރަތަަމަ އަންހެންޓީމެވެ. ސިޔާސީ ނުފޫޒުން ގައުމު ބައިވަމުން ދިޔަ ދުވަހެއްގައި މުޅި ގައުމު އުފަލުން ފޮޅުވާލީ އެ ފަހުލަވާނުންނެވެ. އެ މެޗް ބައްލަވަން އިންނެވި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް މެޑަލް ކަށަވަރުވުމާއި އެކު ދުވެވަޑައިގެންފައި ޓީމާއި ދިމާލަށް ވަޑައިގެންނެވިއެވެ.

މީގެ އިތުރުން އެ މެޗް ބައްލަވަން އިންނެވި އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގު އުފަލުން ރޮވުނު މަންޒަރުވެސް ވަނީ ކެމެރާތަކަށް އަރާފައެވެ. މަރޭގެ މޭސްތިރިކަމުގެ ދަށުން ޓާގެޓްހިފި ފަަނަރަ މެޑަލްގެ ތެރެއިން އެއް މެޑަލް ހާސިލްވީއެވެ.

ނާކާމިޔާބީތަކަކަށްފަހު ކާމިޔާބީގެ ރަހަ ދިވެހި ކުޅިވަރު އާއިލާގެ އަރުގައި ލައްވާލައިފިއެވެ. މި ކާމިޔާބީ ހޯދައިދިން ދިވެހި އަންހެން ޓީޓީ ޓީމުގެ ފަހުލަވާނުންނަށް އައްސަރިބަހާއި ސާބަހެވެ. ގައުމު އެދި ގޮވަނީ ތިފަދަ އަންހެން ދަރީންނަށެވެ. ގައުމު އެދެނީ ތިކުޅުންތެރިންނަށް ފާގަތި ދުވަސްތަކަކަށެވެ. މިއަދު ދިވެހިންގެ ލޭގައި ފުުޓުބޯޅަ ފިޔަވައި އިތުރު ކުޅިވަރެއްވެސް ދައުރުވާން ފަށައިފިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.