ބަންގްލަދޭޝް އިން ރާއްޖެއަށް ގަސް ހަދިޔާ ކުރުން- ފޮޓޯ/ ފޮރިން މިނިސްޓްރީ
ހަބަރު
27 Jul 2026 | 10:01
ބަންގްލަދޭޝުން ރާއްޖެއަށް 20,000 ގަސް ހަދިޔާކޮށްފި

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް 20000 ގަސް ހަދިޔާކޮށް އިއްޔެ ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރަމްޒީ ގޮތުން ހަވާލުކޮށްދެއްވައިފިއެވެ.

ބަންގްލަދޭޝްގެ ފަރާތުން ގަސްތައް ހަވާލުކޮށްދެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާނެވެ. ދިވެހި ސަރުކާރުގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފެވެ.

ރަސްމިއްޔާތުގެ ތެރެއިން ތިން ވަޒީރުން ވެސް ވަނީ ލޮނުޒިޔާރަތް ޕާކުގައި ގަސް އިންދަވައިދެއްވައިފައެވެ. ހަވާލުކުރެއްވި ގަސްތަކުގެ ތެރޭގައި ހިމެނެނީ ހިޔާދޭ ގަހާއި މާ އަޅާ ގަހާއި މޭވާ ގަސް ކަމަށް ހާމަކޮށްފައިވެއެވެ. މީގެ ކުރިން ބޭރު ޤައުމަކުން ރާއްޖެއަށް އެންމެ ގިނައިން ހަދިޔާކޮށްފައިވަނީ ސްރީ ލަންކާއިން ދިން 1,000 ގަހެވެ.

ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ ބަންގްލަދޭޝުން ގަސް ގެނައުމުގެ މަސައްކަތަށް އެ ޤައުމުގެ ތިމާވެށީގެ ވަޒީރާ އެކު މަޝްވަރާކުރައްވައި ކުރު މުއްދަތެއްގެ ތެރޭގައި އެ ކަން ކާމިޔާބުކޮށްފައިވާ ކަމަށެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ ފަސް އަހަރު ތެރޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް މި ހަދިޔާގެ ސަބަބުން އިތުރު ބާރެއް ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ ތިމާވެށީގެ ރޮނގުން ދެ ޤައުމު ގުޅިގެން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ހަދިޔާކުރެއްވި ގަސްތަކުން ކުރިއަށް އޮތް ޖީލުތަކަށް ފައިދާ ކުރާނެ ކަމަށެވެ. ރަމްޒީ ގޮތުން ހަވާލުކުރެއްވި 10 ގަހަކީ ދެ ޤައުމުގެ ގާތް ގުޅުމުގެ ހެއްކެއް ކަމަށް ވެސް ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާން ވިދާޅުވީ ދެ ޤައުމަކީ ވެސް ތިމާވެށީގެ ބަދަލުތަކުގެ އަސަރު ބޮޑަށް ކުރާ ޤައުމުތައް ކަމަށާއި ހަދިޔާކުރެއްވި ގަސްތައް ރަމްޒުކޮށްދެނީ ދެ ޤައުމުން ވިލުންތެރިކަމާ އެކު ތިމާވެށި ޙިމާޔަތްކުރަން ކުރާ މަސައްކަތް ކަމަށެވެ. ބަންގްލަދޭޝަކީ ސަގާފީ ގޮތުން ވެސް އެކުވެރި ޤައުމުތަކަށް ގަސް ހަދިޔާ ކުރުމުގެ ތާރީޚެއް އޮތް ޤައުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ބަންގްލަދޭޝުން ހަދިޔާކުރި ތިން ބާވަތެއްގެ ގަސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިންދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައީސް ޑރ. މުޢިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.