ކުޑަ އިންޓްރަސްޓަކާއެކު އަންނަ މަހު ގެދޮރު އަޅަން ލޯނު ދޫކުރަނީ

24 Jul 2019 | 14:41

ގެ ދޮރު އިމާރާތްކުރުމަށް ކުޑަ އިންޓްރެސްޓަކާއެކު އަންނަ މަހު ލޯނު ދޫކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު އާމިނާތު އާތިފާ ވިދާޅުވެއްޖެއެވެ.

އާތިފާ މިހެން ވިދާޅުވީ ފުލެޓްތަކުގެ މަސައްކަތްތައް ކުރިއަށްދާ މިންވަރު ބެލުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރު ކުރައްވައި، މެންބަރުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އާތިފާ ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމުގެ މަސައްކަތް އިތުރަށް ފުޅާ ކުރުމަށްޓަކައި ފަސްޕަސެންޓާއި ހަ ޕަސެނެޓްގެ އިންޓްރެސްޓު ލޯނުގައި ގެދޮރު އިމާރާތް ރުުމުގެ މަޝްރޫއުތައް ފެށުމަކީ މި ސަރުކާރުގެ ވައުދުތަކުގެތެރޭގައި ހިމެނޭ ކަމެކެވެ.

އަދި އަންނަ މަހުގެ ފަހުކޮޅު ފަސް ޕަސެންޓާއި ހަ ޕަސެންޓްގެ އިންޓްރެސްޓުގައި ރާއްޖޭގެ އެތަން މިތަނުގައި ގެދޮރު އިމާރާތް ކުރުމަށްޓަކައި ލުއިލޯނު ލިބުމުގެ މަސައްކަތް އާއްމުވެގެންދާނެކަމަށް އާތިފާ ވިދާޅުވިއެވެ.

އާތިފާ ވިދާޅުވީ ލޯނު ދޫކުރުމުގެ ކަންކަން ހަމަޖެހުމުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިގެން ދާނެ ކަމަށެވެ.

ގެދޮރު އެޅުމަށް ދޫކުރާ ލުއިލޯނާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީން ވަނީ އެމްއެމްއޭ އާއެކު ތިން ބައްދަލުވުމެއް ބާއްވައި މަޝްވަރާތައް ކުރައްވާފައެވެ.

Advertisement

ކޮމެންޓް