އީރާނާއި ޗައިނާގެ ދިދަ-
ދުނިޔެ
29 Jul 2026 | 11:37
އީރާނުން ޗައިނާގެ ވަރުގަދަ މިސައިލް ސިސްޓަމްތަކެއް ހޯދަނީ

އެމެރިކާއާއި އިސްރާއީލާއެކު ހިނގަމުންދާ ހަނގުރާމައިގައި އީރާނުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން، ޗައިނާގައި އުފައްދާފައިވާ ކޮނޑަށްލައިގެން ފޮނުވާލެވޭ ވައިގެ ދިފާއީ މިސައިލް ސިސްޓަމްތަކެއް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެ ގައުމަށް ލިބޭނެ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފިއެވެ.

މި މުއާމަލާތާ ބެހޭ މައުލޫމާތު ހުރި ތިން މަސްދަރަކުން ރޮއިޓާސްއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ގާތްގަނޑަކަށް 60 އާއި 70 މިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި މި އެއްބަސްވުމުގެ ދަށުން 300 އާއި 400 އާ ދެމެދުގެ އަދަދަކަށް "މޭން-ޕޯޓަބަލް އެއާ ޑިފެންސް ސިސްޓަމްސް" އީރާނަށް ލިބޭނެއެވެ. މީގެ ތެރޭގައި ޗައިނާގެ QW-12 އާއި FN-16 މަރުކާގެ މިސައިލްތައް ހިމެނެއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހޮންކޮންގްގައި ގާއިމުވެފައިވާ ކުންފުންޏެއް ކަމަށްވާ "ޒޮންގްކިންގް ބައޯޝަންގް އިންޓަނޭޝަނަލް އިންވެސްޓްމަންޓް" މެދުވެރިކޮށެވެ. މިއީ އީރާނާއި ޗައިނާގެ ސަޕްލަޔަރުންނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރާ ކުންފުންޏެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އީރާނުން ދިފާއީ ބާރު ވަރުގަދަކުރަން މި ފެށީ، ފާއިތުވި މަސްތަކުގައި އެމެރިކާއާއި އިސްރާއީލުން އީރާނުގެ މިސައިލް، ޑްރޯން އަދި ވައިގެ ދިފާއީ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި އީރާނުގެ ދިފާއީ ނިޒާމުގެ ބަލިކަށިކަން ފާހަގަވުމާ ގުޅިގެންނެވެ. މިފަދަ ހަތިޔާރުތަކަކީ ކޮނޑަށްލައިގެން ކުދި ޓީމުތަކަށް އޮޕަރޭޓްކުރެވޭ، އަދި އަވަސްއަވަހަށް ތަން ބަދަލުކުރެވޭ ހަތިޔާރުތަކަކަށް ވުމުން، މިއީ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި ޑްރޯންތަކުން ދިފާއުވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

ނަމަވެސް، ޗައިނާގެ ފޮރިން މިނިސްޓްރީން މި ޚަބަރުތައް ދޮގުކުރަމުން ބުނެފައިވަނީ، މިއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، ޗައިނާއިން އަބަދުވެސް މަސައްކަތްކުރަނީ ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ގާއިމުކުރުމަށް ކަމަށެވެ. މީގެ އިތުރުން، މި މިސައިލްތައް ޗައިނާގެ އުރުމްޗީއިން ޕާކިސްތާން މަގުން އީރާނަށް ގެންދާނެ ކަމަށް ދެކެވޭ ވާހަކަތައް ޕާކިސްތާން އަސްކަރިއްޔާއިން ވެސް ވަނީ ދޮގުކޮށްފައެވެ.

އީރާނުން ދަނީ އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި އެ ގައުމުގެ އަސްކަރީ މަރުކަޒުތަކާއި ހަކަތަ އުފައްދާ ތަންތަން ފަދަ މުހިންމު ބިނާތަކުގެ ދިފާއު ވަރުގަދަކުރަމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވަނީ މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ އަލުން ހަމަލާތައް ދޭން ފަށާނެ ކަމުގެ އިންޒާރު ދީފައެވެ.

މީގެ ކުރިން ވެސް އީރާނުން ޗައިނާގެ އެންޓި-ޝިޕް ކްރޫޒް މިސައިލްތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ރިޕޯޓުތަކެއް ވަނީ ފެންމަތިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.